މީރުކޮށް ކެއްކިއަސް ގިނަ ފަހަރަ ބާކީވާ ބައި ގިނަވެއެވެ. އަދި އިސްރާފު ކުރުން މަދު ކުރުމަށްޓަކައި ބާކީވެފައި ހުންނަ ކާއެއްޗެހި ފިނިކޮަށް ބެހެއްޓުމަށްފަހު އަލުން ހޫނު ކޮށް ބޭނުން ކުރާނަމަ ބައެއް ކާތަކެއްޗަށް ސަމާލު ވާންވެސް ޖެހެއެވެ.

މިގޮތުން ބައެއް ކާތަކެއްޗަކީ އަލުން ހޫނުކޮށްގެން ކެއުމުން ހަށިގަނޑަށް ނުރައްކާވާފަދަ ތަކެއްޗެވެ. އެހެންކަމުން މިފަދަ ކާތަކެތި ދެނެގަތުމަކީވެސް މުހިންމުކަމެވެ. މިފަދަ ކާތެކި ބާކީވާ ވަރަށް ގިނައިން ނުހެދުމުން އަލުން ހޫނު ކޮށްގެން ބޭނުން ކުރާކަށްވެސް ނުޖެހޭނެއެވެ.

ބާކީވެފައި ހުންނަ ކާތަކެތީގެ ތެރެއިން އަލުން ހޫނު ކޮށްގެން ބޭނުން ކުރުމުން ނުރައްކާވާ ކާތަކެއްޗަކީ ކޮބާ؟

ސްޕިނޭޗް:

ސްޕިނޭޗް ފަތަކީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތެކެވެ. ނަމަވެސް މިއީ ކެއުމުގައި އަލުން ހޫނު ކޮށްގެން ބޭނުން ކުރުމުން ހަށިގަނޑަށް ނުރައްކާ ވެދާނެ ފަދަ ކާނާގެ ބާވަތެކެވެ. ސްޕިނޭޗް ފަތަކީ އޭގައި ނައިޓްރޭޓް ކިޔާ މާއްދާއެއް އެކުލެވޭ ކާނާގެ ބާވަތެކެވެ. ނަމަވެސް އަލުން ހޫނު ކުރުމުން މި ނައިޓްރޭޓްސް ނައިޓްރައިޓްސް އަށް ބަދަލުވެ ކެންސަރަށް މަގުފަހިވާ ކެމިކަލްގެ މާއްދާ ތަކެއް އުފެދެން ފަށައެވެ.

ސެލެރީ:

ތަރުކާރީގެ ބާވަތެއް ކަމަށްވާ ސެލެރީ އަކީވެސް ހަށިގަނޑަށް ފައިދާ ހުރި ތަރުކާރީގެ ބާވަތެކެވެ. ނަމަވެސް ސްޕިނޭޗް އެކޭ އެއްފަދައިން ސެލެރީ އެކުލެވޭ ކާއެއްޗެހި އަލުން ހޫނު ކުރުމުން ސެލެރީގައި އެކުލެވޭ ނައިޓްރޭޓްސް ކިޔާ މާއްދާ، ނައިޓްރައިޓްސް އަށް ބަދަލުވެ ކެންސަރަށް މަގުފަހިވާ ކެމިކަލްގެ މާއްދާ ތަކެއް އުފެދެން ފަށައެވެ. މިހެން ކަމުން ސެލެރީ ސޫޕް ފަދަ އެއްޗެހި އަލުން ހޫނު ކުރާ ނަމަ އެންމެ ރައްކާތެރިގޮތަކީ ސެލެރީ ކޮޅު ހޮވާލުމަށްފަހު ހޫނު ކުރުމެވެ.

ބީޓްރޫޓް:

ބީޓްރޫޓް އަކީ ހަށިގަނޑަށް ފައިދާ ހުރި އެތަކެއް މާއްދާތަކެއް އެކުލެވޭ ތަރުކާރީއެކެވެ. ކާނާގެ ގޮތުގައި ގިނައިން ބީޓްރޫޓް ބޭނުން ކުރުމަކީވެސް ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ނަމަވެސް ބީޓްރޫޓް އަކީވެސް ނައިޓްރޭޓްސް ކިޔާ މާއްދާއެއް އެކުލެވޭ ކާނާގެ ބާވަތެކެވެ. ކާނާގައި ނައިޓްރޭޓްސް އެކުލެވުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެކެވެެ. މިފަދަ ތަކެތި ނުރައްކާވަނީ އަލުން ހޫނު ކުރުމުން މި ނައިޓްރޭޓްސް ނައިޓްރައިޓްސް އަށް ބަދަލުވެ ކެންސަރަށް މަގުފަހިވާ ކެމިކަލްގެ މާއްދާ ތަކެއް އުފެދެންފެށުމުންނެވެ.

އަލުވި:

އަލުތްވަކީ ކެއްކުމަށް ފަހު ދެތިން ދުވަހަށް ބެހެއްޓިޔަސް ރަހަޔަށް ބަދަލު ނާންނަ ތަރުކާރީއެކެވެ. ނަމަވެސް މިފަދައިން ދެތިން ދުވަހު ބެހެއްޓުމުން އަލުވީގައި އެކުލެވޭ ހަށިގަނޑަށް ފައިދާހުރި ބާވަތްތައް މުޅިން ނެތިގެން ދެއެވެ. މިގޮތަށް ހަށިގަނޑަށް ފައިދާހުރި ކާނާގެ މާއްދާތައް ނެތި ދިއުމުން އަލުވި އަކީ ނުރައްކާތެރި ކާނާ އަކަށްވުން އެކަށީގެންވެއެވެ.

ބިސް:

ބިސް ކައްކައިގެން ނުވަތަ ބިސްގަނޑު އެޅުމަށް ފަހު ހިހޫވެ ފިނިވުމުން، އަލުން ހޫނުކޮށްގެން ކެއުމުން ހަށިގަނޑަށް ނުރައްކާވެއެވެ. ނަމަވެސް ބިސް ބޭނުން ކޮށްގެން ހަދާފައި ހުންނަ ކާއެއްޗެއް އަލުން ހޫނުކުރުމަކުންނެއް މާބޮޑެތި ނުރައްކާތަކެއް ކުރިމައްޗެއް ނުވެއެވެ.

ކުކުޅު:

ދިރާސާ ތަކުން ދައްކާފައިވާގޮތުން ކުކުޅު ކެއްކުމަށްފަހު ފިނިކޮށް ރައްކާކޮށް އަލުން ހޫނުކޮަށްގެން ބޭނުން ކުރުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫނެވެ. އަދި މިފަދައިން ކަންތައް ކުރާނަމަ ހަޖަމު ވުމަށްވެސް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށްވެއެވެ. އަދި މިހެންމިދިމާވަނީ ކުކުޅުގައި އެކުލެވޭ ޕްރޮޓީންސްގެ ސްޓްރަކްޗާއަށް ބަދަލު އައުމުންނެވެ. މިހެންކަމުން ދިރާސާ ތަކުން ދައްކަނީ ކުކުޅު ކެއްކުމަށްފަހު ފިނިކޮށްފިނަމަ އަލުން ހޫނު ނުކޮށް ބޭނުން ކުރުމަށެވެ.

މަޝްރޫމް:

މަޝްރޫމް އަކީވެސް އަލުން ހޫނުކޮަށްގެން ބޭނުން ކުރުމުން ސިއްހަތަށް ގެއްލުންވާ ކާނާއެކެވެ. މިހެން ކަމުން އެންމެ ރަނގަޅުގޮތަކީ މަޝްރޫމް އެކުލެވޭ ކާބޯތަކެތި ކެއްކުމަށްފަހު ފިނިކޮށް ރައްކާކޮށް އަލުން ހޫނުކޮަށްގެން ބޭނުންކުރުމުގެ ބަދަލުގައި ފިނިކޮށް ބޭނުންކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން