ރާއްޖޭގެ ޤައުމީ ޤައުމީ ޝިޕިންގ ލައިންގެ ފުރަތަމަ ބޯޓު- މިބޯޓުންވެސް ވަނީ ގިނަ އަދަދެއްގެ މުދާ ގެނަސްފަ
ރާއްޖޭގެ ޤައުމީ ޤައުމީ ޝިޕިންގ ލައިންގެ ފުރަތަމަ ބޯޓު- މިބޯޓުންވެސް ވަނީ ގިނަ އަދަދެއްގެ މުދާ ގެނަސްފަ
މާދަމާ 8:30 އިން 16:30 އަށް މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތް ފޯރުކޮށްދޭއިރު، ލޮކްޑައުންކުރި ދުވަހުން ފެށިގެން މުދާ މުއްދަތަށް ނުނެރުމުން ކުރާ ޖޫރިމަނާ ނުހިނގާނެ ކަމަށް އެމްޕީއެލް ގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މިވަގުތު މުދާ ދޫކުރާއިރު އިސްކަން ދޭނީ ކާބޯތަކެއްޗާއި ބޭހަށް ކަމަށެވެ.

މިހާރު ލޮކްޑައުނުގެ ހާލަތުގައި އާންމު ހާލަތެކޭ އެއްގޮތަށް މަސައްކަތް ނުކުރެވިދާނެ ކަމުގައި ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މުދާ އެތެރެކުރާ ފަރާތްތަކާ ވީހާވެސް ގާތުން މަސައްކަތްކޮށް ކާބޯތަކެތި ނޫނަސް ކޮންމެހެން ނެރެންޖެހޭ އެހެނިގެން މުދާވެސް ނެރެން އެދުމުން އެކަމަށް މަސައްކަތް ކުރާނެ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

ކުރިޔަށް އޮތީ ރޯދަމަސް ކަމަށާއި، ރޯދަ މަހު ވެސް ވީހާވެސް ގިނަ ވަގުތެއްގައި މަސައްކަތް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު މަސައްކަތް ކުރަމުން މިދަނީ ވީހާވެސް މަދު މުވައްޒަފުންނާއެކު މި މަސައްކަތްތައް ކުރެވޭތޯ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



އަދި މި ވަގުތު އޮންލައިންކޮށް ކުރެވޭ ކަންކަން އޮންލައިންކޮށް ކުރުމަށް ޝާހިދު ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން