މާލޭ ވިޔަފާރި ބަނދަރު (ފޮޓޯ:- ޓްވިޓަރ)
މާލޭ ވިޔަފާރި ބަނދަރު (ފޮޓޯ:- ޓްވިޓަރ)
ނޯތް ހާބަރ އަދި ޓީޖެޓީ ސަރަހައްދުން މުދާ ބަރުކޮށްގެން ރަށްތަކަށް މުދާ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

މިއަދު ކަސްޓަމްސްއާއި، އެމްޕީއެލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ނޯތު ހާބަރ އަދި ޓީޖެޓީ ސަރަހައްދުން ބަރުކޮށްގެން ރަށްތަކަށް މުދާ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އެ ސަރަޙައްދުގައި ޚާއްސަ ޑެސްކެއް ބަހައްޓައިގެން ރަށްރަށުން ލަފާ ފުރުމުގެ ކަންކަން ކުރިޔަށް ގެންދަވާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ފުދޭ ވަރަކަށް ގިނަ މުދާ ނުނެރެވި އެބަހުރި ކަމަށާއި، އޭގެ އިތުރުން މިހާރު ވެސް ޕެރިޝަބަލް މުދާ ހުރި ބޯޓެއް މުދާ ހުސްނުކުރެވި އެބައޮތް ކަމަށެވެ. އަދި ކާޑުގެ ބާވަތްތަކާއެކު އެސްޓީއޯގެ ބޯޓެއް އެބައޮތް ކަމަށާއި، އެހެން ދެ ބޯޓެއް ވެސް ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

ޝާހިދު ވަނީ ރައްޔިތުން ކަންބޮޑު ނުވުމަށާއި، ގިނަ ޢަދަދަކަށް ރާއްޖެއަށް މުދާ އެބަ އަންނަ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ޝަރީފް ވިދާޅުވީ، ކަސްޓަމްސް އާއި، އެމްޕީއެލް ގުޅިގެން ކުރާ މަސައްކަތަކީ ލޮކްޑައުންގެ ތެރޭގައި ޢާއްމު ވިޔަފާރިތަކަށާއި، އާންމުންނަށް ބޭނުންވާ މުދާ ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވަނީ، ކަސްޓަމްސުން މި ދުވަސްވަރު ޗެކް ބަލައި ނުގަންނަކަން ފާހަގަ ކުރައްވައި ފައިސާ ދެއްކެވުމުގައި، ކޭޝް ކާޑު ބޭނުން ކުރެއްވުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން