މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި 57.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކައިފިއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 98.9 ޕަސެންޓްގެ އިތުރުވުމެކެވެ.

ރާއްޖޭގެ އިޤްތިޞާދީ އުސްއަލިތަކުގައިވާ ގޮތުން ގެރެންޓީޑް ޑެޓް ނުލައި، ދައުލަތުގެ ދަރަނި ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސެންޓް އިތުރުވެ، 57.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 838.7 މިލިއަން ރުފިޔާ އިން ވަނީ ދަށްވެފައެވެ. އެގޮތުން ރިކަރެންޓް ހަރަދު 675.8 މިލިއަން ރުފިޔާ ދަށްވިއިރު، ކެޕިޓަލް ހަރަދުން ދަށްކުރެވިފައި ވަނީ 162.8 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ހިލޭ އެހީއާ ނުލައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 828.5 މިލިއަން ރުފިޔާ ވަނީ މަދުވެފަ އެވެ. މިއީ 48 ޕަސެންޓްގެ ދަށްވުމެކެވެ.

ދައުލަތުގެ އާމްދަނީ މިހާބޮޑުތަނުން ދަށަށް ގޮސްފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީ އަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން ޓެކްސް ރެވެނިއު އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ދަށްވުމާ ގުޅިގެންނެވެ. އެގޮތުން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 275.9 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އަދި ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ 552.7 މިލިއަން ރުފިޔާ ވަނީ ދަށްވެފައިވެ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ 39 ޕަސެންޓް ދަށްވިއިރު، ދައުލަތުގެ ހަރަދުން ދަށްވެފައި ވަނީ އެންމެ އެއް ޕަސެންޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން