މާލެ ލޮޮޮކްޑައުންގައި
މާލެ ލޮޮޮކްޑައުންގައި
ލޮކްޑައުންގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާކޮށް، ހައްޔަރުކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މިރޭ 20:30 ގެ ފަހުން މަގުމަތީގައި އުޅޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ގޭގައި ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ވިދާޅުވީ މަގުމަތީގައި އުޅޭ ފަރާތްތައް ފުރަތަމަ ފަހަރު ކުރާނީ ޖޫރިމަނާ ކަމަށާއި، ދެވަނަ ފަހަރު ޤާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރާނެ ކަމަށެވެ.

މާލޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން