އަނބިމީހާ ވީ ދެބަސްވުމެއްގައި އައި ރުޅި ކޮންޓްރޯލް ކުރުމަށް ބޭރަށް ނުކުމެ ހިނގާލަން ދިއުމުން އިޓަލީގެ ފިރިހެނަކު ޖޫރިމާނާކޮށްފިއެވެ.

48 އަހަރުގެ މިފިރިހެން މީހާ ގެއިން ނުކުތީ އަނބިމީހާއާ ދެމެދު ވީ ދެބަސް ވުމެއްގައި ޒުވާބުކޮށް އަނބިމީހާ ދެކެ އައިސްފައި ހުރި ރުޅިކޮންޓްރޯލް ކުރުމަށެވެ. މިފިރެހެން މީހާ ހިނގަމުން ގޮސް އިޓަލީގެ އުތުރުން ދެކުނަށް 280 މޭލަށް ހިނގި ކަމަށްވެއެވެ.

އިޓަލީގެ ފުލުހުންނަށް މިފިރިހެން މީހާ ފެނިފައިވަނީ ގެއިން ނުކުތްތާ ހަފްތާއެއް ފަހުން އިޓަލީގެ ފާނޯ ނަމަކަށް ކިޔާ ބީޗް ރިސޯޓެއް ކައިރިންނެވެ. އޭނާ ފެނިފައިވަނީ ދަންވަރު ދޭއްވެސް ޖެހިފަހުންނެވެ. އިޓަލީގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 ވަންދެން ބޭރަށް ނުކުތުން މަނާކޮށް ކާފިއު ހިންގާފައިވުމުން، މިފިރިހެންމީހާ ފެނުމާ އެކު ފުލުހުންވަނީ ކާފިއު ގަޑީގައި ބޭރުގައި އުޅުމުން 400 ޔޫރޯ އިން އޭނާ ޖޫރިމާނާ ކޮށްފައެވެ.

އެފިިރިހެންމީހާ އާއި ފުލުހުން އިތުރު ސުވާލު ކުރުމުގެ ތެރެއިން، ގެއިން ނުކުމެގެން 280 މޭލު ދުރަށް ހިނގުނު ކަން އެނގުމުން އޭނާވެސް ހުރީ ހައިރާން ވެފައެވެ. އަދި ވަރުބަލިވުން ފިޔަވައި އިތުރުކަމެއް އިހުސާސް ނުވާކަމަށް މިފިރިހެންމީހާ ބުނެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާ ހިނގަމުން ދިޔަ އިރު މަގުމަތިން ދިމާވި މީހުން ފެނާއި ކާބޯތަކެތި ދިން ކަމަށްވެސް މިފިރިހެންމީހާ ވަނީ ބުނެފައެވެ.

ފަހުން ފުލުހުންނަށް އެނގުނު ގޮތުގައި އޭނާ ގެއްލިގެން އަނބިމީހާވެސް ވަނީ ފުލުހަށް ރިޕޯޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން