ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއް ކަމަށް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ރައްޔިގުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަމާދާބެހޭ ގޮތުން ފާޅުކުރެއްވި ޚިޔާލުފުޅަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ޢަމަލުކުރާ ގޮތަކީ އެ ކުރާ ކަމެއް އަވަހަށް ނިންމުމަށް ފަހު ނަމާދަށް ދިޔުން ކަމަށެވެ.

"ނަމާދަކީ ވަގުތު ކަނޑަައެޅިގެންވާ އަޅުކަމެއް. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީވެސް ނަމާދު އޭގެ ވަގުތުގައި އަދާކުރުން. ﷲ ގެ ހަޟްރަތުން ކާމިޔާބަށް އަންނާށޭ ގޮވާލީމަ ވެސް އެގޮވާލުމަށް އިޖާބަ ނުދީ އެހެން ކަންކަމާއިގެން މަޝްޢޫލުވެ އުޅުމަކީ މޮޔަކަމެއް." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މި ޓްވީޓް ކުރަށްވާފައިވަނީ ކަމާ ގުޅޭ ކީރިތި ޤުރުއާންގެ އާޔަތަކާވެސް އެކީގައެވެ.



ރައީސް ނަޝީދު ނަމާދާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅާ ގުޅިގެން އިސްލާމް ދީނުގެ ޢިލްމުވެރީންނާއި ވަރަށް ގިނަ ޢާޢްމުން އަންނަނީ އެކަމާ ނުރުހުންފާޅުކޮށް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން