އަލްހާން ފަހުމީ --- ގޫގުލް އިމޭޖްސް
އަލްހާން ފަހުމީ --- ގޫގުލް އިމޭޖްސް
ޢަރަބި ބަހުން ދަނދުވެރިކަން ކިޔެވިޔަސް ވަނީ ޝެއިޚަކަށް ކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ، ޝައިޚުގެ ލަގަބު ބޭނުން ކޮށްގެން އެކި ކަންކަމުގައި ވަކާލާތުކުރާ ފަރާތްކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޝައިޚުންވެސް ބޭނުންވަނީ މަޝްހޫރުވާން ކަމަށާއި އަރަބި ބަހުން ދަނޑުވެރިކަން ކިޔެވިޔަސް އެއީ ޝެއިޚެއް ކަމުގައި ވާ ކަމަށެވެ. އަދި ކޮންމެ ޝައިޚަކީވެސް ވަކި މަޒްހަބެއް ކަމަށް ވިދާޅުވެ އެކަމާ އަޖައިބުވާ ކަމަށް ވެސް އަލްހާން ވިދާޅުވެފައިވެ އެވެ.

"ރާއްޖޭގައި ޝައިޚުންވެސް ބޭނުންވަނީ ސެލެބްރިޓީ ވާން! މަޝްހޫރުވާން! އަރަބި ބަހުން ދަނޑުވެރިކަން ކިޔެވިޔަސް ޝޭޚެއް! ކޮންމެ ޝައިޚަކީވެސް ވަކި މަޒްހަބެއް! އަޖައިބެއް!" އަލްހާންގެ ޓްވީޓުގައިވެއެވެ.

އަލްހާން މިހެން ވިދާޅުވެފައި ވައިރު މިހާރަކަށް އައިސް އިސްލާމް ދީނުގެ އިލްމުވެރިން ކަމަށް ހެދިގެން ރާއްޖޭގައި ބަޔަކު އުޅޭ ކަމަށް ބުނެ އާންމުންގެ ވަރަށްބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެފަދަ ޝައިޚުން މަސައްކަތް ކުރާތަން ފެންނަނީ ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައެވެ. އެމީހުން ތައީދު ކުރާ ސިޔާސީ ލީޑަރަކަށް ސަނާ ކިއުމާއި ނުރުހޭ ސިޔާސީ ލީޑަރަކާ ޖައްސާލުމަކީ އެފަދަ ޝައިޚުންގެ ފަރާތުން ފެންނަމުންދާ ސިފައެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙައްޤުބަސް

13-Dec-2020

އިނގިރޭސިބަހުން އަވަގުރާނަ ގޮވިއަސް އަލްހާނު ކަހަލަ ގަމާރުންނަށް ހީވާނީ މާމޮޅު ޕްރޮފިސަރެއްހެން



ޓްރެންޑިން