މާތް ﷲ އަށް އީމާންވުމަށްފަހު އަދާކުރަންޖެހޭ އެންމެ މަތިވެރި ރުކުނަކީ ނަމާދު ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނަމާދާބެހޭ ގޮތުން ވިދާޅުވި ވާހަކަފުޅަކާ ގުޅިގެން ކަަމަށް ބެލެވެއެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ޢަމަލުކުރާ ގޮތަކީ އެ ކުރާ ކަމެއް އަވަހަށް ނިންމުމަށް ފަހު ނަމާދަށް ދިޔުން ކަމަށެވެ.
"މާތް ﷲ އަށް އީމާންވުމަށްފަހު އަދާކުރަންޖެހޭ އެންމެ މަތިވެރި ރުކުނަކީ ނަމާދު، ނަމާދު ފަރްޟުކުރެއްވުނީ އެހެން ހުކުމްތަކާއިވެސް ޚިލާފަށް މެދުވެރިއެއް ނެތި، ނަމާދަކީ ކޮންމެ މުސްލިމަކުވެސް އެންމެ މުހިއްމުކަން ދޭންޖެހޭ ދީނީ އަޅުކަމަކަށް ހަދަންޖެހޭނެ. ކާމިޔާބުގެ ތަޅުދަނޑިއަކީ ނަމާދު." ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ވަރަށް ގިނަ އިސަލާމް ދީނުގެ ޢިލްމުވެރީންނާއި ޢާއްމުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް ފާޑުކިޔާފައެވެ.
ނަމަވެސް ރައީސް ނަޝީދު އެންމެފަހުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވެސް ވަނީ އެވާހަކަ ތަކުރާރު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު