ފަސް މިލިއަން ރުފިޔާ އަށްވުރެ ދަށުގެ ހުރިހާ ޕްރޮކިއުމަންޓުތަކުގެ މައުލޫމާތު ހާމަކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންގަވައިފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި މިނިސްޓަރ އަންގަވާފައިވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން ފަސް ދުވަހުގެ ތެރޭގައި އާއްމުކުރަން ޖެހޭކަމަށެވެ.
ފިނޭންސްއިން ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުވައްސަސާތަކުން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު ވެސް ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް އާއްމު ކުރަންޖެހޭނީ ދެން ފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކަމަށާއި، އެ ހުރިހާ ތަފްސީލެއް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ސާކިއުލާގައި ވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.67 ގެ ދަށުން 15 އިންސައްތައަށް ވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައި އާއި އެ މާއްދާގެ (ނ) ގައި ބަޔާންކުރާ އެއް ފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ހިދުމަތުގެ އަގު 35،000 ރުފިޔާއަށްވުރެ ބޮޑުނުވާނަމަ އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ފިނޭންސް މިިނިސްޓްރީ ގެ އެސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ މައުލޫމާތުތައް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ޕްރޮކިއުމެންޓާއި ގުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން މިނިސްޓްރީގެ ބަނޑޭރިޕޯޓަލްގައި "ގަވަމަންޓް ޕްރޮކިއުމަންޓް ޕްރޮފެޝަނަލް ނެޓްވޯކް" ގެ ނަމުގައި ނޮލެޖް ޕޯޓަލްއެއް ވަނީ ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު