މާޝާ މިދުހަތު   11 ޑިސެމްބަރު 2020 - 16:38
ފޮޑި ޖެހުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެކެވެ. އަދި ފޮޑި ޖެހުމުން ހަށިގަނޑުގައި އުފެދިފައިހުންނަ ތަފާތު ގޭހުގެ ބާވަތްތައް ބޭރުވެގެންދެއެވެ.

ކްލީވްލޭންޑް ކްލިނިކް އަކުން އާންމުކޮށްފައިވާ ފޮޑިޖެހުމަކީ ރައްކާތެރި ކަމެއް ކަމަށް ބުނާ ދިރާސާއަކުން ހާމަކޮށްފައިވާގޮތުން ކޮންމެ މީހަކުވެސް ދުވާލަކު ވިއްސަކަށް ފަހަރު ފޮޑިޖަހާނެއެވެ. ނަމަވެސް ފޮޑި ޖެހުން އިތުރުވެ ހަށިގަނޑަށް އުނދަގޫވާނަމަ، އެއީ ކާއެއްޗެހި ހަޖަމުކުރުމުގެ މައްސަލަތަކުގެ އިތުރުން އެހެން ކަމަކާ ގުޅުންހުރި މައްސަލައަކަށްވެސް ވެދާނެއެވެ.

މިގޮތުން ހަށިގަނޑުން ވައިބޭރުވުން ނުވަތަ ފޮޑި ޖެހުން އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި؛

1- ހާސްވެ ކަންބޮޑުވުން ނުވަތަ ސްޓްރެސްވާ މިންވަރު އިތުރުވުން.

2- ކާވަގުތު އަވަސްއަވަހަށް ކެއުމުން ހަށިގަނޑުތެރެއަށް ވަންނަ ވައިގެ މިންވަރު އިތުރުވުން.

3- ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑުތެރެއަށް ވަންނަ ވައިގެ މިންވަރު އިތުރުވުން.

4- އަންހެނުންނަށް ކުރިމަތިވާ މައްސަރު ކަންތަކުގެ ދުވަސްވަރު ގާތްވުން.

5- ރަނގަޅަށް ނުނިދުން.

6- ކެވޭ ބޭހަކުން.

7- ކާއެއްޗެހި ހަޖަމުކުރުމުގައި މައްސަލައެއް ކުރިމަތިވުން.

ގިނައިން ފޮޑިޖެހުނު ނަމަވެސް ފޮޑިޖެހުމަކީ ހަށިގަނޑަށް ފައިދާ ހުރިކަމެކެވެ. އަދި ގިނައިން ފޮޑިޖެހި ބަނޑަށް އުނދަގޫވާނަމަ، ކެއިންބުއިމުގައި މޭވާ އާއި ތަރުކާރީގެ އިތުރުން ފެން ގިނައިން ބޭނުންކުރުމަކީ ރަނގަޅުކަމެކެވެ. އަދި ކަސްރަތުކުރުން އިތުރުކޮށް، ޕްރޮސެސްޑް ފުޑްސް ނުވަތަ ޕެކެޓު ކޮށްފައި ހުންނަ ތައްޔާރީ ކާނާ ކެއުމާ ދުރުހުލިވުމާމެދު ވިސްނާލުން ރަނގަޅެވެ.

ނަމަވެސް ގިނައިން ފޮޑިޖެހި ބަނޑަށް އުނދަގޫވުން ދިގުދެމިގެން ދާނަމަ އަވަހަށް ޑޮކްޓަރަށް ދައްކާށެވެ.


ކިޔުންތެރިންގެ ހިޔާލު


9

ދިވެހި ދަރިއެއް

18-Dec-2020

ލިޔުންތެރިޔާ، ބަސްތައް އެތުރުމުގެ އުނިކަމެއް މިލިޔުން ފާހަގަ ކުރެވޭ ( ދެވަނަ ޕެރަގްރާފް )



ޓްރެންޑިން