މަޟްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް
މަޟްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް
މާޒީގައި ވެފައިވާ ކަންކަން ހަނދާން ނައްތާލައި ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އިލްތިމާސް ކުރައްވައިފިއެވެ.

މުފްތީ މެންކް ވިދާޅުވީ، މާޒީ ހަނދާންކޮށްދިނުމަކީ ޝައިތާނާ ވަރަށް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން، މީގެ ކުރިން ހިނގި ކަންކަމާއި މީހުންގެ ހަނދާން އާކޮށްދިނުމަށް ޝައިތާނާ މަސައްކަތްކުރާނެ ކަމަށް މުފްތީ ވިދާޅުވިއެވެ.

މުފްތީ މެންކް ވިދާޅުވީ، ޝައިތާނާގެ ބޭނުމަކީ ތިބާ އާއި ތިބާގެ ވެރި ރައްބާ ގާތްވިޔަ ނުދިނުން ކަމަށެވެ. އަދި އިސްލާހުވެ ހެޔޮ އަމަލު ކުރާ ނަމަ މާޒީގައި ހިނގި ގޯސް ކަންކަން ހިތަށް ވައްދަން ޝައިތާނާ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން މިކަމަށް އޮތް ހައްލަކީ ވިސްނުންތެރިކަމާއެކު ފަސް އެނބުރުމެއް ނެތި ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުފްތީ މެންކް ފާހަގަކުރެވެނީ ކޮންމެ ދުވަހަކު ވެސް މިފަދަ އެތައް ނަސޭހަތެއް މީސްމީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް ފޯޜުކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން