އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ސަރުކާރު ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި، ސިޔާސީ ފިކުރަށް ބެލުމެއްނެތި ވަޒީފާގެ ރައްކާތެރިކަން އޮންނާނެކަމުގެ ޔަޤީންކަން ދީގެން ކަމަށެވެ. ނަމަވެސް ފެންނަނީ އެ މަންޒަރުނޫން ކަމަށާއި، ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި އިދިކޮޅު ކޯލިޝަނަށް ތާޢީދުކުރާ މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ކައުންސިލް މެމްބަރު ސުޢޫދާ ޢަބްދުﷲ އިއްޔެ އެމްޕީއެލްގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، އެކަން ކުށްވެރިކުރާކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. އަދި މުވައްޒަފުންނަށް ބިރުދައްކާ އިންޒާރުދީ ވަޒީފާތަކުން ވަކިކުރުމަކީ މި ސަރުކާރުން ހިންގާ ހަޑިހުތުރު ޢަމަލެއް ކަމަށާއި، ސަރުކާރުގެ މިފަދަ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އެތައް ޢާއިލާއެއް ބިކަވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ސުޢޫދާ ވަކި ކުރިކަން އަންގާ އެމްޕީއެލްއިން ދީފައިވާ ޗިޓުގައި ބުނެފައިވަނީ ކުންފުނީގެ ޕޮލިސީތަކާއި ޚިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައި ނުވާތީ ވަޒީފާއިން ވަކި ކުރީ ކަމަށެވެ.

ސުއޫދާއަކީ 2018ގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން އެކަމާ ދެކޮޅަށް ބޭއްވި ޕީޕީއެމްގެ އެއްވުންތަކާއި ޖަލްސާތަކުގައި ވަރަށް ބޮޑަށް ބައިވެރިވެ ބައެއް އެއްވުންތަކުގައި ސަރުކާރާއި ދެކޮޅަށް އަަޑު އުފުލި ކަނބަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން