09 ވަނަ ބައި
..................
މުޢާޒު ރަމްލާއާ ދިމާއަށް އެނބުރިލައިފިއެވެ. ރަމްލާގެ ނޭވާ މޭގައި ތާށިވާން ފެށި ކަހަލައެވެ. މުޢާޒުގެ އަތް ހީވަނީ ދަގަނޑު ފަރުބަދައެއް ހެންނެވެ. ހޫނުކަމުން ހީވަނީ އަލިފާންގަނޑެއް ހެންނެވެ... ނޭވާގައި ހުރީ މީރު ވަހެކެވެ.... އޭނާގެ ހަށިގަނޑުން އަނިޔާ ދެނިވި ދިލަފަށެއް ނުކުމެ ނުކުމެ ހުއްޓެވެ.... ރަމްލާގެ އަތް އޭނާގެ މޫނުމަތީގައި ޖެހިއްޖެއެވެ... ހަމަ އެހުތުރު މޫނެވެ.... އެއަޑިގުޑަން މޫނެވެ.... އެބިހި ތަކެވެ....
ރަމްލާ ހަށިގަނޑު ފިނިވެއްޖެއެވެ. އޭނާއަށް ހީވީ ޑްރެކިއުލާ މަޑުމަޑުން އޭނާއާ ދިމާއަށް އަންނަނީ ކަމުގައެވެ... އެ ދިގު ދަތްތައް އޭނާގެ ކަރަށް ހަރާލަނީ ކަމުގައެވެ.... އޭނާގެ ލޭބޮނީ ކަމުގައެވެ....
ހެނދުނު ހޭލެވުނުއިރު ފެން ނުލިބޭ ހަނަފަސް ސަހަރާއެއްގައި އޭނާއަށް ހުރެވުނު ކަހަލައެވެ.
ޖަޒްބާތުގެ ހޫނުން ކެކެމުންދާ ލޯބީގެ ފެނަށް އެދެނީއެވެ. ހަތަރު ފަރާތުގައި ވަނީ ހިކި ވެލިގަނޑެވެ. ދެން ނޫކުލައިގެ އުޑެވެ. މިކަހަލަ ދަނޑިވަޅުގައި ހަޑިހުތުރު އިންސާނެއް ފެންތައްޓެއް ހިފައިގެން ކުރިމަތިން އާދެއެވެ. އަނެއްބައި ފަހަރު ފުރިގަހުން އާދެއެވެ..... އެ ނުބައިވަސްދުވާ އިންސާނާގެ އަތުން ފެންބުއިމަކަށް އޭނާގެ ހިތެއް ނުރުހެއެވެ...
އަދި ހަމަ އެނުބައިވަސްދުވާ މީހާ ރަމްލާގެ ރުހުމާ ހިތުގެ އަޖުމަނުބަލާ އަމިއްލަ ބާރުގެ ދަށުގައި ރަމްލާ ބަނދެލީއެވެ. އިންސާނީ ތިމާގެކަމުގެ މޫ އޭނާގެ ހަށިގަނޑުގައި އުފެއްދީއެވެ... އޭނާ އަމިއްލަ ހަށިގަނޑު ދެކެ ނުރުހުންވާން ފަށައިފިއެވެ. އެފިރިހެނަކު ދެކެ ލޯބިނުވާ އަންހެނެންގެ ދަރިއަކާމެދު ފިރިހެން މީހާގެ ހިތުގައި އޮންނާނީ ކޮން ރަޙުމެއް ހެއްޔެވެ. އެކުއްޖާ ބަލާ ބޮޑުކުރުމަށް އޭނާގެ ހިތްރުހޭނީ ކިހިނެއް ހެއްޔެވެ؟
އެފިރިހެން މީހާގެ ސިފަ ދެކޭކަށް އޭނާގެ ހިތެއް ނުރުހެއެވެ... ވީއިރު އޭނާގެ އެކަނިވެރިކަމުގެ އަމާނަތް ހިފައިގެން ބުރުޖެހުމާ ފަތިސް ވަގުތު ފެން ބޮވައިގެންފައިވާ އަމިއްލަ ރޫޙަށް އަރާމު ދިނުމާ އަދި މީސްތަކުންގެ ކުރިމަތީގައި އުފާވެރިކަން ދެއްކުމާ، މިއަށްވުރެ ވަކިންބޮޑު ފާފައެއް ކޮބައި ހެއްޔެވެ....؟
ހޮސްޕިޓަލުން އައުމަށްފަހު މިއަދު އަނެއްކާވެސް ރަމްލާގެ މޫޑު ގޯސްވާން ފަށައިފިއެވެ. އެހެންކަމުން އޭނާ ފެންވަރައިގެން ރީތި ހެދުމެއް ލައިގެން ބޭރަށް ނުކުމެއްޖެއެވެ. މުޢާޒު ހެނދުނު އަށެއް ޖެހިއިރު ފެންވަރާލައިގެން އޮފީހަށް ހިނގައްޖެއެވެ.
ރަމްލާ ފެނިފައި މައިދައިތަ އައިނު ނަގާފައި ބުންޏެވެ.
[ދަރިފުޅާއެވެ. ހެނދުނު ސަޔަށް ގެންނާނީ ކޮން އެއްޗެއް ހެއްޔެވެ.]
[އެއްވެސް އެއްޗެއް ކާހިތެއް ނުވެއެވެ.] މިހެންބުނެފައި އޭނާ ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ހެނދުނުގެ ނޫސް ނަގައިގެން ކިޔަން ފަށައިފިއެވެ. އެވަގުތު މައިދައިތަ އިނީ ހެދިކާ ހަދަން ފުށްގަނޑު މޮޑެލަ މޮޑެލައެވެ. އޭނާ ތެދުވެގެންގޮސް އިސްކުރުން އަތް ދޮވެލައިފިއެވެ. އަދި ރަމްލާގެ ކައިރިއަށް އައިސް އިށީނދެފައި ބުނަން ފެށިއެވެ.
[އެހެން މީހުންވެސް ބަލިވެ އިންނަ ދުވަސްވަރު ގައިގެ ކުލަ ތަފާތުވެއެވެ. ހަމައެގޮތަށް ދަރިފުޅުގެ މޫނުމަތީގެ ކުލަވެސް ތިހިރީ ރީނދޫކުލައަށް ބަދަލުވެފައެވެ. އެކަމަކު ކައިބޮއި ހަދަންވާނެ ނޫން ހެއްޔެވެ.]
[އަޅުގަނޑު ކަމެއް ނޫންތޯއެވެ.]
[ކޮން އެއްޗެއް ކާވާހަކަ ހެއްޔެވެ؟ ރޭގައި އަހަރެން ދެކެފީމެވެ. ދަރިފުޅު ނިދީ ކުޑަކުޑަ ރޮށިކޮޅަކާ ކުދީނާފަތު ސަޓަނިކޮޅެއް ކައިގެން ނޫން ހެއްޔެވެ؟]
[އަޅުގަނޑު ހަމަ ކާހިތް ނުވަނީއެވެ.]
[އަހަންނަށް ތިޔަކަން އެނގެއެވެ. ރަމްލާގެ ހަށިގަނޑު ހަމައަކަށް އެޅޭނީ ކިހާ ދުވަހަކުން ކަމެއް ނޭނގެއެވެ. ހަށިގަނޑުގައި ވަރުޖެހޭ ފާޑުގެ ބޭހެއްވެސް ދީފައި އެބަހުއްޓެއް ނޫން ހެއްޔެވެ.]
[ލައްބައެވެ.]
[މިހާރު މިއޮއްގެން ފަސްމަހަށް އަޅަނީ ނޫން ހެއްޔެވެ. ހަށިގަނޑު ހަމަޖެހެން ވެއްޖެއެވެ.]
ރަމްލާ އެއްޗެކޭ ނުބުނެއެވެ.
[ބުނަން ހެއްޔެވެ. ހަމައެކަނި ފިނި ކިރުތައްޓެއް ބޯލާށެވެ.]
[އަޅުގަނޑު ބޯލަފާނަމެވެ.]
[އަހަރެން ގެނެސްދީ ފާނަމެވެ.]
[ނޫނެކެވެ. މަންމަ އިންނަވާށެވެ.] ރަމްލާ ތެދުވާން އުޅުނެވެ. [އަޅުގަނޑު ގޮސް އައިސް އަލަމާރިން ނަގާފާނަމެވެ.]
[ނޫނެކެވެ. ދަރިފުޅު ނޫސްކިޔަން އިންނާށެވެ.] މައިދައިތައަވަސް އަވަހަށް ތެދުވެއްޖެއެވެ.
މައިދައިތަ ކިހާ ހުޝިޔާރު ހެއްޔެވެ.... ރަމްލާ ވިސްނާލިއެވެ.... އޭނާ އިނީ ކަންނެތްކަމުން ނުތެދުވެވިފައެވެ. ކުރީ ޒަމާނުގެ މުސްކުޅިންވެސް ކިހާ ހިތްވަރުގަދަ ހެއްޔެވެ.
މައިދައިތަ ފިނިކުރި ކިރުތައްޓެއް ހިފައިގެން އަތުވެއްޖެއެވެ. އެއާއެކު އާފަލެއްވެސް ގެނައެވެ.
[ހައިބަނޑާ ހުރެގެން ކިރުބޯކަށް ނުވާނެއެވެ.]
[އެހެންވިއްޔާ މިއާފަލު ކާލާށެވެ.]
ރަމްލާ އާފަލާއެކު ކިރުތަށިވެސް އަތުލައިފިއެވެ.
[އަހަރެން ވަޅިއެއް ނުގެންނަމެވެ. ދަތުން ކާލާށެވެ. މިގޭގެ އެންމެން ތިޔަކަހަލަ ހުރިހާކަމެއް ކުރަމުން ގެންދަނީ ވަޅިންނެވެ. ނަތީޖާއެއްގެ ގޮތުން އެންމެންގެ ދަތްތައްވެސް ހުންނަނީ ބަލިވެފައެވެ. ދަރިފުޅު މިކަހަލަ އެއްޗެތި ދަތުން ކައިހަދާށެވެ. ތިޔަ ދަތްތައް ވަރަށް ރީއްޗެވެ. ތިޔަ ދަތްތަކާމެދު ފަރުވާތެރިވާށެވެ. ނިކަން ދެކެބަލާށެވެ... އަހަރެންގެ ދަތްތައް މިހާރުވެސް މިގެންގުޅެނީ އެހާ ރައްކާތެރިކަމާ އެކުގައެވެ. އެހާ ވަރުގަދަވެސް ވާނެއެވެ.]
[ތިޔަގޮތަށް ދަތްތައް ހުންނަނީ ކިހިނެއް ހައްދަވައިގެންތޯއެވެ.] ރަމްލާ އާފަލުގައި އަނގަޖަހާފައި ތަންގަނޑެއް ނައްޓާލަމުން ބުންޏެވެ.]
[ރޭހުރި ކާނާ އާދަކޮށް ކަމުން ގެންދާތީއެވެ.]
[އެހެންތޯއެވެ....]
[އާނއެކެވެ.... އަހަރެން އަބަދުވެސް ހެނދުނު ނާސްތާކުރަނީ ރޭހުރި ކާއެއްޗެތިންނެވެ. ރޭގަނޑު ފިހެފައި ހުންނަ ރޮށި ހެނދުނު ހުންނާނީ ވަކަވެފައެވެ. ކެވޭނީ ވަރަށް ބޮޑަށް ހަފައިގެންނެވެ. އެހެންކަމުން ދަތްތަކަށާއި ހިރުގަނޑަށް ވަރަށްބޮޑު ކަސްރަތެއް ލިބެއެވެ. އަހަރެން ހެނދުނު ކަނީ އާދަކޮށް ރޮށްޓެވެ. ދެން ކުޑަ މާމުއި ފޮދެކެވެ. ކިރު ތައްޓެއް ބޯލާނީވެސް އޭގެ ފަހުގައެވެ. އެހެންކަމުން ދުވާލު ހަތަރުދަމުވެސް ބަނޑުހައިނުވެ ހުރެވެއެވެ. ކާއެއްޗަކަށް ބޭނުމެއް ނުވެއެވެ. އަހަންނަކީ މުސްކިޅުއަކު ކަމުގައި ޤަބޫލުކުރަމެވެ. އިރުއޮއްސުމާ ދެމެދު ބަނޑުހައި ވެއްޖެއްޔާ ކޮންމެވެސް ކަހަލަ މޭވާއެއް ނުވަތަ ބިސްކޯދެއް ކާލައިގެން ހަމަޖައްސާލަމެވެ. ކެއުމަކަށް ވާގޮތަށް ކަނީ އިރުއޮއްސުމާ ކައިރި ކޮށްފައެވެ. އެއީ ރޭގަނޑުގެ ކެއުމެވެ. ރޭގަނޑުގެ ކެއުން އެހާލަސްކުރުން ރަނގަޅެއްނޫނެވެ. ނިދަން އޮށޯތުމުގެ ކުރިން ކޭތަކެތި ހަޖަމުވާން ޖެހޭނެއެވެ.... މިއީ އަހަރެންގެ ޞިއްޙަތުގެ ސިއްރެވެ.]
[މަންމާއެވެ... ވަކަރޮށީގެ އިތުރުން ދަތަށް އެންމެ ފައިދާބޮޑީ ކޮންއެއްޗެއް ތޯއެވެ.] އޭނާގެ ދަތްތަކާމެދު މައިދައިތަ ތަޢުރީފުކުރުމުން ޚުދް އޭނާ އެދަތްތަކާމެދު ފަރުވާތެރިވުމުގެ ޚިޔާލުކުރިއެވެ.
[ހަރު ކޮންމެ އެއްޗެއް ރަނގަޅު ވާނެއެވެ. މިސާލަކަށް އުއްދަޑިއާއި ހަރުމަހެވެ.]
ރަމްލާ ހޭން ފަށައިފިއެވެ.
[ތިޔަ އެއްޗެތި ހަމަކޮންމެ މީހަކުވެސް ކައި އުޅެއެވެ.]
[އެންމެނަކު ނުކާނެއެވެ. ދަރިފުޅާއެވެ.]
މައިދައިތަ ތެދުވެގެންގޮސް މޮޑެންފެށި ފުށްގަނޑުގެ ކައިރީގައި އިށީންދެއްޖެއެވެ.
[މިހާރު މިއުޅޭ ކުދިން ހެނދުނު ސަޔަށްވެސް ބޭނުންވަނީ ޕާނެވެ.... ފަރާޓާއެއް ދަހީއެއް ކަމަކު ނުދެއެވެ. ރޭގަނޑު ފިހެފައި ހުންނަ ރޮށިކެއުމަކީ އެމީހުން ދެކޭގޮތުގައި ހުތުރުކަމެކެވެ. ޙަކީމުން ބުނެއުޅޭ ގޮތުގައި ރޭގަނޑު ބާކީވެފައި ހުންނަ ކާއެއްޗެތި ހެނދުނު ނާސްތާކުރާ ގަޑީގައި ކެއުމުން އިންސާނާގެ މަޢިދާ ހަމަޖައްސާ ދެއެވެ.... މިދުވަސްވަރު އުށްދަނޑިއާއި ފާޑުފާޑުގެ ހަރު އެއްޗެތި ކައި އުޅޭނީ ކާކު ހެއްޔެވެ.]
އާފަލު ކައި ނިމުމަށްފަހު ރަމްލާ ކިރުތަށި ބޯން ފަށައިފިއެވެ.
މައިދައިތަ ކިރުތައްޓަށް ރޫޙު އަފްޒާގެ ސަމްސަލެއް އެޅިއެވެ. އޭގެ ސަބަބުން ކިރުގެ ރަހަ ވަރަށް މީރުވާނެއެވެ.
މައިދައިތަ ކިހާ ބުއްދިވެރި ހެއްޔެވެ. އޭނާ ހިތާ ހިތުން ވިސްނަން ފެށިއެވެ. ހުރިހާ އުކުޅެއް އޭނާ ދަނެއެވެ.
[މަންމާއެވެ....] ރަމްލާ ގޮނޑި ދަމާލަމުން މައިދައިތަގެ ކައިރިއަށް ޖެހިލައިފިއެވެ. [ތިޔަ ކުރަންވަނީ ކޮންކަމެއް ތޯއެވެ.]
[ދަރިފުޅު ދުރުގައި އިންނާށެވެ.] އޭނާ އަތުގެ އިޝާރާތުން ރަމްލާ މަޑުކުރުވައިފިއެވެ.] މިފުށްތައް ނޭފަތަށް ވަދެއްޖެއްޔާ އަރިދަފުސް އަޅާފާނެއެވެ. މިހާރު ފިނިމޫސުމްވެސް ފެށެން އުޅެނީއެވެ. އަހަރެން މިހާރު ހުންނާނީ ހުރިހާ އެނދެއްގެ ބާލީސްތައްވެސް ނަގާފައެވެ. މޫސުމް ބަދަލުވުމުގެ ކުރިން ހުރިހާ ފަލަނގު ފޭލިތައް ދޮވެ އިސްތިރިކޮށް ތަންމަތި އަޅަންވާނެއެވެ. ނިދާ އެނދާއި މަދިރިގެ ހަޑިކޮށް ބެހެއްޓުމަކީ އަހަންނަށް ވަރަށް ކަމުނުދާ ކަމެކެވެ.]
ރަމްލާ އިސްއުފުލާފައި ބޭރު ބަލާލިއިރު އަވީގައި ތިން ހަތަރު މަދިރިގެ ދަމާފައި ހުއްޓެވެ. ފަރުވާތެރި ކަމާއެކު އެދިމާއަށް ބަލަނިކޮށް ތަންކޮޅެއް ދުރުން އުނދޯއްޔެއް ކަހަލަ އެއްޗެއްވެސް ފެންނަން ފަށައިފިއެވެ.
[މަންމާއެވެ. އެހެރަ ފެންނަނީ ކޮން އެއްޗެއްތޯއެވެ...؟ ރަމްލާ ބޭއިޚްތިޔާރުގައި ބުންޏެވެ.
އެއާއެކު މައިދައިތަ ހިނިތުން ވެލިއެވެ.
[އަހަރެންހުރީ ރަމްލާއަށް ނުދައްކަން ކަމަށެވެ. އެކަމަކު ސުވާލުކުރީތީ ބުނެފާނަމެވެ. އެއީ އަހަރެންގެ މުޢާޒުގެ އުނދޯއްޔެވެ.]
[މުޢާޒުގެ އުނދޯއްޔޭ ތޯއެވެ؟] ރަމްލާ ޙައިރާންވެފައި ފަށް ކޮށްލިއެވެ. [އަދިވެސް އެ އުނދޯލި އެހުންނަނީ ރައްކާ ކޮށްފައިތޯއެވެ.]
[އެ އުނދޯއްޔަށް ކިހާދުވަހެއް ވެއްޖެ ހެއްޔެވެ.] ރަމްލާ ޙައިރާންކަން ދައްކުވާ މޫނަށް ބަލާލާފައި މައިދައިތަ ބުންޏެވެ. [މުޢާޒުގެ ޢުމުރުން މިހާރު ތިރީސް އަހަރު ވެއްޖެއެވެ. ތިރީސް އަހަރު ފާއިތުވެގެން ދިޔައީ ހުވަފެނެއް ފަދައިންނެވެ. އެ އުނދޯލީގައި އޭނާ ނިދީ ހަމައެންމެ އަހަރަކުއެވެ. ހިނގެން ފެށުމުން އޭގެ ކައިރިއަކަށްވެސް ނުދެއެވެ.]
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
**********************
* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު