އިންޑިޔާގެ ފިލްމީތަރި ރަޖްނީކާންތު.
އިންޑިޔާގެ ފިލްމީތަރި ރަޖްނީކާންތު.
އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ރަޖްނީކާންތު އިންޑިޔާގެ ހައިދަރުއާބާދުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.

ރަޖްނީކާންތު ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއެކު ހޮސްޕިޓަލުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. ނޫސްބަޔާނުގައި ވާގޮތުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރަޖްނީކާންތު ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާކަން ޔަގީންކޮށްދީފައިވެއެވެ.

ރަޖްނީކާންތުގެ ހާލުދެރަވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ފިލްމު ޝޫޓިންގ އެއްގެ ތެރެއިންނެވެ. އަދި މިޝޫޓިންގ ގައި ބައިވެރިވާ ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވުމުން ރަޖްނީކާންތު ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ކުރިން ކޮވިޑަށް ޓެސްޓުކޮށް، ޓެސްޓުގެ ނަތީޖާ ނެގަޓިވްވެފައިވާކަމަށްވެއެވެ. ނަމަވެސް ރަޖްނީކާންތުގެ ލޭގެ ޕްެރެޝަރު މައްޗަށް ދިއުމާއެކު އޭނާގެ ހާލަތު އިތުރަށް މޮނީޓަރ ކުރުމަށް، ހޮސްޕިޓަލުގައި އެޑްމިޓްކުރެވި އެކަހެރި ކުރެވިފައިވާކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

70 އަހަރުގެ ރަޖްނީކާންތަކީ އިންޑިޔާގެ ފިލްމީ ދާއިރާގައި ޓަމިލް އެކްޝަން ފިލްމުތަކުން މަޝްހޫރުކަން ލިބިފައިވާ ތަރިއެކެވެ. ރަޖްނީކާންތު ފެނިގެންދިޔަ ބައެއް ހިންދީ ފިލްމު ތަކުގެ ތެރޭގައި؛ ޗާލްބާޒް، އަންދާ ޤާނޫނު، ރާ ވަން ހިމެނެއެވެ. ރަޖްނީކާންތު އެންމެ ފަހުން ފެނިގެން ދިޔައީ މިއަހަރު ޖެނުއަރީމަހު ނުކުތް ޓަމިލް ފިލްމު ދަރްބާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން