13 ވަނަ ބައި
..................
ރަމްލާ ކޮޓަރީގައި އޮށޯވެގެން އޮތެވެ. އޭނާގެ ހިތުގައި ވަސްވާސް އުފެދެމުން ދަނީއެވެ. އޭނާ ތެދުވެގެން ފެންވަރާ ކޮޓަރިއަށް އަތުވެއްޖެއެވެ. ރަމްލާ މުޢާޒުއާ ދިމާއަށް ބަލާލުމުން ޚުދް އޭނާ ހިނިތުންވެލާފައި ބުންޏެވެ.
[ރަމްލާ ދެކޭ ގޮތުގައި މަންމައަކީ ހުރިހާ ކަމެއްގެވެސް އަމުރު ހިންގާމީހާ ދޯއެވެ.]
ރަމްލާ ވަރަށް މަޑުމަޑުން ހީނލިއެވެ.
[އަޅުގަނޑު މިހުންނަނީ މުޢާޒު ގާތުގައިވެސް އެވާހަކަ ނަންގަންނަން ކަމުގައެވެ.]
މުޢާޒު އޭނާގެ ކައިރިއަށް ޖެހިލައިފިއެވެ. ފަރުވާތެރިކަމާއިއެކު އޭނާގެ ލޮލަށް ބަލައިލުމާއެކު ރަމްލާ ފަރާތް ފަރާތަށް ނަޒަރު ހިންގާލާފައި ސަލާމަތްވާން އުޅެގެންފިއެވެ. އެހެން ނަމަވެސް މުޢާޒު އަތު ތެރޭގައި ރަމްލާ ހައްޔަރުކޮށްލިއެވެ. ދެން ސުވާލު ކުރަން ފެށިއެވެ.
[ރަމްލާ މިގޭގައި އުޅޭހިތް ނުވަނީ ހެއްޔެވެ.]
[އެހެންވެގެނެއް ނޫނެވެ....] ރަމްލާ އަނެއް ފަރާތަށް މޫނު އަނބުރާލަމުން ބުންޏެވެ. [ކިސްރާ ދައްތަ ފޯނުކޮށްފައި އަޅުގަނޑު ޕަންޑީއަށް ދިއުމަށް އެދުނީއެވެ. ދެން ބުނީ އަޅުގަނޑުވެސް ވަރަށް އަވަހަށް ދަރިން ބެލުމުގައި ތާށިވެދާނެ ކަމުގައެވެ. އޭގެ ކުރީގައި ދުވަސް ކޮޅަކުން އެތަނަށްގޮސް އިނދެލުމަށް އެދި ވަރަށްގިނަ ވާހަކަ ދެއްކިއެވެ.]
[އާނއެކެވެ.] މުޢާޒު ހީލިއެވެ. [ހުއްދަ ދީފީމެވެ.] ދެން ވަރަށް ލޯތްބާއެކު މަޑުމަޑުން އޭނާގެ ބަނޑުގައި އަތް ޖައްސާލިއެވެ.
ރަމްލާ މުޢާޒުގެ އަތްދަށުން ދެމިގަނެގެން އައިސް އެނދުގައި އިށީނދެއްޖެއެވެ. އަދި ފަރުވާތެރި ކަމާއެކު ފަޔަށް ބަލަން ފަށައިފިއެވެ. ފަލަވަނީ އެއްކަމެއް ނުވަތަ ދުޅަވަނީ އެއްކަމެއް ނޭނގެއެވެ. އަޖައިބެއް ފަދަ ސިފައަކަށް ބަދަލުވަނީއެވެ. މަޑުމަޑުން މުޅި ހަށިގަނޑަށް ވައިވަންނަމުން ދާކަހަލައެވެ.... މިފަދަ ޙާލެއްގައި އަންހެނުން އުޅޭއިރު މި ފިރިހެނުން ރީއްޗޭ ރީއްޗޭ މިކިޔަނީ ކީއްވެގެން ހެއްޔެވެ. ކޮންފަދަ އަނދޮޅު ބައެއް ހެއްޔެވެ.
[ދާން ގަސްތުކުރަނީ ކޮންއިރަކު ހެއްޔެވެ؟]
މުޢާޒުވެސް އޭނާގެ ކައިރިއަށްް އައިސް އެނދުގައި އިށީނދެއްޖެއެވެ. އޭނާގެ ގައިން އަޖައިބެއްފަދަ ވަހެއް އަރައަރާ ހުއްޓެވެ. އެއަށް މީރުވަހެކޭވެސް ނުބުނެވޭނެއެވެ. ވޭތުވެދިޔަ ދުވަސް ތަކުގައި މީރުވަސްދުވާ ހުރިހާ އެއްޗަކުންވެސް ރަމްލާއަށް ދުވަނީ ނުބައިވަހެވެ. އެކަމަކު މިހާރު އޭނާގެ ހަށިގަނޑު ހަމައަކަށް އެޅިއްޖެއެވެ. އޭނާއަށް އިޚްތިޔާރަކާނުލާ ޑްރެސިންގ ޓޭބަލާ ދިމާއަށް ބަލާ ލެވިއްޖެއެވެ. މޭޒުމަތީގައި ޢަދަދު ނުކުރެވޭހާ ގިނަ ފުޅިތައް ހުއްޓެވެ. ވައްތަރު ވައްތަރުގެ މީރުވަސްދުވާ ސެންޓެވެ. އާފްޓަރޝޭވްއެވެ.... މުޢާޒު ބޭނުންކުރަނީ ކޮންކަހަލަ ސެންޓެއްކަމެއް ނޭނގޭއެވެ. އޭނާގެ ގައިންދުވަނީ ފާޑެއްގެ [ފޮނި] ވަހެކެވެ.
[މުޢާޒު ފޮނުއްވި ދުވަހަކުންނެވެ.]
[ފޮނުވައި ދޭންވީ ހެއްޔެވެ...؟] އޭނާ ރަމްލާގެ ކޮނޑުގައި އަތްއަޅުވާލަމުން ބުންޏެވެ. [މިހަފްތާގައި މަޑުކޮށްފިއްޔާ އަންނަ ހަފްތާގެ ތެރޭގައި ރަމްލާ ގޮވައިގެން ޚުދް އަހަރެން ހިނގައި ދާނެއެވެ.
[މުޢާޒު.... މުޢާޒު... ދުރުވާނީ... ކިހިނެއްތޯއެވެ؟] ލަފްޒުތައް ރަމްލާގެ ކަރުތެރޭގައި އަޅައިގަތެވެ.
[އޮފީހުގެ މަސައްކަތެއްގައި އަހަރެންވެސް ޕަންޑީއަށް ދާންވެފާ އެބައޮތެވެ. ދާނީ އަހަރެމެންގެ ކާރުގައެވެ. އޭރުން ރައްކާތެރި ކަމާއެކު ދެވިދާނެއެވެ. އެއާއެކު ދެދުވަހެއް ވެލަންދެން ރަމްލާގެ ކައިރީގައި ހުރެވިދާނެއެވެ. ރަމްލާގެ ހުއްދަ އޮތިއްޔާއެވެ. ރުހެއްޏާއެވެ....]
ރަމްލާ ބިރުން އިނދެ މުޢާޒުގެ މޫނަށް ބަލާލިއެވެ. ހިންދިރުވާލަމުން ބުންޏެވެ.
[މުޢާޒަށް ފެނިލައްވާ ގޮތެކެވެ.]
[ރަމްލާއެވެ. ރަމްލާ ރުޅިނާންނަނީ ކީއްވެގެން ހެއްޔެވެ؟]
[އަޅުގަނޑު ރުޅިއަންނަންވީ ކޮންކަމަކާ ތޯއެވެ.]
[އަމިއްލަ ކޮންމެކަމެއް ތިމާއަށް ފެންނަގޮތަކަށް ނިންމުމާ މެދުގައެވެ... ދެކޮޅަށް ވާހަކަ ދައްކާށެވެ.... ޒުވާބު ދޭށެވެ.... މިގޮތަށް ރުޅިދައްކައިގެން އަންހެނުން ތިމާމެންގެ ލޯބި ފިރިމީހާއަށް ވަޒަންކޮށްދެއެވެ. ފިރިމީހާއާ ކުޑަކޮށް ނަމަވެސް ދެކޮޅަށް ނުހިފާ، އަދި ޒުވާބުނުކުރާ އަންހެނުންނަކީ ތިމާގެ ޙައްޤުތައް ދެނެގަންނަން ނޭނގޭ ބައެކެވެ. ނުވަތަ....]
[އަޅުގަނޑަކަށް ތިޔައެއް ނޭނގެއެވެ.] ރަމްލާ ބުންޏެވެ.
[އަހަންނާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނާނަން ހެއްޔެވެ؟]
[މުޢާޒު ތިޔަހާ ރަނގަޅަށް އަޅުގަނޑާމެދު ކަންތައް ކުރައްވާއިރު ދެކޮޅު ހެދުމުގައި އޮތީ ކޮން ބޭނުމެއްތޯއެވެ. އަޅުގަނޑުގެ ކޮންމެ އެދުމެއް ހިތުން ރުހުމުން ޤަބޫލު ކުރައްވަމުއެވެ.] ރަމްލާ ފުރަތަމަ ފަހަރަށް ވާހަކަ ހަދާލިއެވެ.
[ބައެއް ފަހަރަށް ރަމްލާ އަހަންނާ ވާހަކަ ދައްކަން ނޭދޭކަމުގައި އަހަންނަށް ހީކުރެވެއެވެ. ހީނ މަޖާކުރަން ބޭނުންނުވާ ކަމުގައި އިޙްސާސް ކުރެވެއެވެ.... އަދި ..... ލޯބިކުރަން ނޭދޭ ކަމުގައި ފާހަގަކުރެވެއެވެ....]
ބިޔަލޮންސިއެއް ރަމްލާގެ މޭ ފޫއަޅުވާލައިފިއެވެ.
އޭނާ ކިހާވަރަކަށް ހިތުގައި އެޅެމުންދާ ކޫރުން ފޮރުވަންއުޅޭ ހެއްޔެވެ.... ހިތް އޮންނަނީ ފުން ކަނޑެއްގެ އަޑީގައެވެ. އަހެނަސް ބައެއް ފަހަރަށް އެމޫނަކީ މޫނުބަލާ ލޯގަނޑެއް ކަމުގައި ވެދެއެވެ. އެތެރެހަށީގައި އުފެދެމުންދާ ޠޫފާން މައިތިރިކުރާނީ ކޮންގޮތަކަށް ހެއްޔެވެ؟ އެހިތުގައި އެޅެމެނުދާ ލޯވަޅުތައް ފޮރުވާނީ ކިހިނެއް ހެއްޔެވެ...؟ އޭނާ ދިރިހުންނަށްވެސް ބޭނުންނުވާ ކަމުގައި ބުނެދޭނީ ކިހިނަކުން ހެއްޔެވެ....؟
ރަމްލާ އިސްދަށަށް ޖަހާލިއެވެ. ލޮލުގައި ޖަމާވެފައިވާ ވޭނީކަރުނަތައް ފައިބައި ގަންނަން އުޅެނީއެވެ. މުޅިމީހާ ތުރުތުރު އަޅައިގަތެވެ.
ރުޅިއަކީ ލޯބިކުރުވާ އެއްޗެކެވެ. ރުޅިއަކީ ލޯބި ބަރުބާދުކޮށްލާ އެއްޗެއްވެސް މެއެވެ.
މިއަނިޔާވެރި ކަޅުހަރުފަ އަހަރެންގެ ގަޔަށް ވިހަލައިފިއެވެ. އަހަރެން ވިހައިގެ އަސީރަކަށް ވެއްޖެއެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ. ވިހަ ހަރުފައެއްގެ ކުރިމަތީގައި ހިނިތުންވެފައި ހުރެވޭނީ ކިހިނެއް ހެއްޔެވެ؟
އަހަންނަށް މިވަނީ ކުދިކުދިވެފައިވާ ހިތުގެ އެތިއެތި ކޮޅުތައް ހިފައިގެން އުޅެން ޖެހިފައެވެ. އެކަމަކު އެގޮތަށް އުޅެވޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ އުންމީދުތަކުގެ ޚަޒާނާ ހުޅުވާލާނީ ކޮންދިމާއަކަށް ގޮސްގެން ހެއްޔެވެ. ކަލެއާ އެކުގައި އުޅެން އަހަރެންގެ ޟަމީރު އެއްބަހެއް ނުވެއެވެ. ހިތަކަށް އުފަލެއް ނުލިބެއެވެ. ކަލެއާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަރެންގެ ދޫ ތަޅުލެވެއެވެ. ކުރާނީ ކީއްހެއްޔެވެ.... އަހަރެން ދަންޖެހޭނީ ހެއްޔެވެ. ނޫނީ ހަނަފަސް ސަހަރާގެ ހޫނު ވެލިގަނޑުގެ މައްޗަށް ނޭވާ ދޫކޮށްލާނީ ހެއްޔެވެ.
ވަށައިގެންވަނީ ފުން ހިމޭންކަމެވެ.
[ރަމްލާ ތިހިރީ ވިސްނުމުގެ ތެރެއަށް ގެއްލިފައިނޫން ހެއްޔެވެ... އަހަރެން އެގޮތް މިގޮތުން ރަމްލާއާ ތޮޅެމުންދާތާ ކިހާއިރެއް ވެއްޖެ ހެއްޔެވެ.] ރަމްލާ ރަކިވާ ކަހަލަގޮތެއް ވެއްޖެއެވެ.] ކައިވެނީގެ ފުރަތަމަ ކޮޅުގައި ތިޔަހެންވާނޭ ކަމުގައި މަންމަވެސް ބުނުއްވިއެވެ. ފިރިމީހާގެ ގޭގައި އުޅެން ހިތްހަމައެއް ނުޖެހޭނެއެވެ. އެހެން ނަމަވެސް މަޑުމަޑުންގޮސް ރަނގަޅު ވެދާނެއެވެ. އެހެންނޫން ހެއްޔެވެ؟ މުޢާޒު ހޭން ފެށުމުން ގަދަކަމުން ހިނިތުންވުމުގެ ހިތްވަރު ރަމްލާއަށް ލިބުނެވެ.
[ދަތުރު ފަސްކޮށްލާށެވެ. އިރާދަކުރެއްވިއްޔާ އަންނަ ހުކުރު ވިލޭރޭ އަހަރެމެން ދަތުރަށް ފަށާނަމެވެ.]
ކަލެއާ އެކުގައި ދަތުރުކުރަންވީ ކީއްކުރަން ހެއްޔެވެ. ޙަޔާތުގެ މިދަތުރު، ދަތުރަކަށް ނުފުދެނީ ހެއްޔެވެ. ދަތުރު މަތީގައި އުޅެމުން ދެން ކޮން އެހެން ދަތުރެއް ހެއްޔެވެ. ހިތާމައިގެ މައްޗަށް ކޮން އެހެން ހިތާމައެއް ހެއްޔެވެ.
އެއްބަޔަކަށް ޙަޔާތުގައި ފުރިހަމަ މަންޒިލާ ހަމައަށް ދެވެއެވެ. އަނެއް ބަޔަކަށް ފެންނަނީ ހަމައެކަނި އޭގެ ހިޔަންޏެވެ.
[މިއަދު ރަމްލާ އެއިނީ ކުރިއެކޭ އެއްފަދައިން އުފާވެފައެވެ.]
ޝާން ބޭބެ ތުވާލުން އަތްފޮހެލަމުން ބުންޏެވެ. އެއާއެކު ރަމްލާ ސިހިގެން ދިޔައެވެ.
އެވަގުތު މޭޒު ދޮށުގައި ކާންތިބީ ޝާން ބޭބެއާއި ކިސްރާ ދައްތައާއި އަދި ރަމްލާއެވެ. ކުރިމަތީގައި ހުރި ޓީވީއިން މަޖާ ޕްރޮގްރާމެއް އައިސް އައިސް ހުއްޓެވެ.
ރަމްލާ އިނީ ރަތް ރޮނގުދެމި ހެދުމެއް ލައިގެންނެވެ. އަދި ފުދޭ ވަރަކަށް މޭކަޕްވެސް ކޮށްގެންނެވެ. ފެންނަ ފެނުމުގައި އޭނާ މިހާރު ވަރަށް ރީއްޗެވެ.
[ރަމްލާ ހުންނަނީ އަބަދުވެސް އުފާވެފައެވެ.] ކިސްރާ ދައްތަ އަވަސް އަވަހަށް ބުންޏެވެ.
[ނޫނެކެވެ. އަހަރެން އެކަންތައް ނޯޓްކުރަމުން އަންނަތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ. އޭނާ ފިރިމީހާގެ ގާތުގައި ހޭދަކުރާ ވަގުތު ހުންނަނީ ސިހިސިހިއެވެ. ބަސްހުއްޓިފައެވެ. މީހުނާ ދިމާއަށް ބަލަނީ ވަގުލޮލަކުންނެވެ. ހިނިތުންވާ ތަން ފެންނަނީ ވަރަށް މަދުންނެވެ. ފަރުވާތެރި ކަމާއިއެކު އެއްވެސް އަޑެއް އޭނާ ނާހައެވެ.]
ރަމްލާ އިސްޖަހާލިއެވެ.
[ނޫނެކެވެ. ތިޔައީ ޝާންއަށް ހީވެލައްވާ ގޮތެކެވެ.] ކިސްރާ ދައްތަ އަނެއްކާވެސް ދެކޮޅަށް ހިފާލިއެވެ. އަޅުގަނޑަށް ފެންނަނީ އަބަދުވެސް އޭނާ އުފާވެރިކަން މަތީގައި ހުއްޓައެވެ. އެހެން ނޫނަސް އަލަށް މީހަކު އިނދެގެން އުޅޭއިރު ފިރިމީހާގެ ކުރިމަތީގައި ހީނ ސަމާސާކުރަން ޖެހިލުން ވާނެއެވެ. އަދި އޭނާއަކީ އަޅުގަނޑުމެންގެ ތެރޭގައި އިން އެންމެ ހަގު ކުއްޖާއެވެ. އެހާ ބޮޑަށް ލަދުގަންނަނީ އެހެން ވެގެންނެވެ.]
[އެހެން ހެއްޔެވެ؟] ޝާންބޭބެ ކުއްލިއަކަށް ބުންޏެވެ. [ރަމްލާއެވެ. ތެދުކަންބޮޑީ އަހަރެންގެ ވާހަކައިގައި ހެއްޔެވެ. ނޫނީ ދައްތަގެ ވާހަކައިގައި ހެއްޔެވެ؟]
ރަމްލާ އިސްއުފުލައެއް ނުލިއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
**********************
* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު