14 ވަނަ ބައި
..................
[ނޫނެކެވެ. ތިޔައީ ޝާންއަށް ހީވެލައްވާ ގޮތެކެވެ.] ކިސްރާ ދައްތަ އަނެއްކާވެސް ދެކޮޅަށް ހިފާލިއެވެ. އަޅުގަނޑަށް ފެންނަނީ އަބަދުވެސް އޭނާ އުފާވެރިކަން މަތީގައި ހުއްޓައެވެ. އެހެން ނޫނަސް އަލަށް މީހަކު އިނދެގެން އުޅޭއިރު ފިރިމީހާގެ ކުރިމަތީގައި ހީނ ސަމާސާކުރަން ޖެހިލުން ވާނެއެވެ. އަދި އޭނާއަކީ އަޅުގަނޑުމެންގެ ތެރޭގައި އިން އެންމެ ހަގު ކުއްޖާއެވެ. އެހާ ބޮޑަށް ލަދުގަންނަނީ އެހެން ވެގެންނެވެ.]
[އެހެން ހެއްޔެވެ؟] ޝާންބޭބެ ކުއްލިއަކަށް ބުންޏެވެ. [ރަމްލާއެވެ. ތެދުކަންބޮޑީ އަހަރެންގެ ވާހަކައިގައި ހެއްޔެވެ. ނޫނީ ދައްތަގެ ވާހަކައިގައި ހެއްޔެވެ؟]
ރަމްލާ އިސްއުފުލައެއް ނުލިއެވެ. އޭނާ ލޮނުފުޅި ނަގާފައި ބިސްގަނޑަށް އަޅަން ފަށައިފިއެވެ. ޝާންބޭބެ އެބުނަނީ ސަތޭކައިން ސަތޭކަ ތެދެކެވެ. ރާވަލްޕަންޑީގައި މުޢާޒު ހުރިހާ ހިނދަކު އޭނާ އުޅުނީ ހާސްކަން މަތީގައެވެ. ޙަޤީޤަތުގައި މުޢާޒާއެކު ތަންތަނުގައި އިށީނދެ އިނުމާ އައިސްގޮސް ވުމުގައި އޭނާ ވަރަށް ލަދުގަނެއެވެ. އޭނާ އެހުރިހާ ކަމެއް ކުރަނީ ހިތާދެކޮޅަށެވެ. މިކޮޅަށް އައި މަގުމަތީގައި މުޢާޒު އޭނާގެ ކައިރީގައި އިނދެގެން ފޮނިވާހަކަ ދެއްކިއެވެ. ހުނުމާ މަޖަލުގެ ޚަޒާނާ އަނގަމަތި ކޮށްލިއެވެ. ދަތުރު މަތީގައި އޭނާއާ ވަރަށް އެހީވިއެވެ. ތަންތަންކޮޅަށް ކާރު ހުއްޓާފައި ކެއުން ބުއިމާ ބެހޭގޮތުން ސުވާލުކުރިއެވެ. އޭނާ ހެއްވާލުމަށް މަސައްކަތްކުރިއެވެ. މަގުމަތި އަމާންވެލާ ދަނޑިވަޅު ހުންގާނުން އަތް ދޫކޮށްލާފައި ރަމްލާގެ އަތްތިލައިގައި ހިފާފައި މަޑުމަޑުން ލޯތްބާއެކު ފިތާލައެވެ. އެކަމަކު ރަމްލާކުރާނީ ކީއްހެއްޔެވެ. އޭނާގެ ހުރިހާ ޙަރަކާތެއް ރަމްލާއަށް ކަމުދެއެވެ. ހުތުރުވެގެން މިއުޅެނީ އޭނާގެ ސިފައެވެ. ކެނޑިނޭޅި ހިތަށް އަނިޔާ ލިބެމުންދާއިރު ލޯބި ޙަރަކާތްތަކުގެ ޖަވާބު ލޯތްބާއެކުގައި ދެވޭނީ ކިހިނެއް ހެއްޔެވެ.
ދެދުވަސް ވަންދެން އޭނާ ކިސްރާ ދައްތަ ގޭގައި ހުއްޓެވެ. އަބަދުމެ އޭނާ އުޅެނީ ރަމްލާގެ ފަސްފަހަތުގައެވެ. ހުރިހާ ވަގުތަކުވެސް މޭކަޕްގައި ހުންނަން ރަމްލާއަށް ޖެހެއެވެ. އެއީ މުޢާޒު އެދޭގޮތެވެ. އޭނާއަކީ އަބަދުވެސް ޢިޝްޤީ ޙަރަކާތްތަކަށް ލޯބިކުރާ މީހެކެވެ. ބައެއް ފަހަރަށް އޭނާގެ ޙަރަކާތްތަކަށް ރަމްލާ ކަންފަތްދެނީ އުފަލާއެކުގައެވެ. ކާން އިށީނދެފައި އެންމެ ފުރަތަމަ މުޢާޒު އަޅާދެނީ ރަމްލާގެ ތަށްޓަށެވެ. އާފަލެއް ފަޅާލައިފިއްޔާ ފުރަތަމަ ވަކިކޮށްލާ އެތިކޮޅު ބާއްވަނީ ރަމްލާގެ ތަށީގައެވެ. ރަމްލާ ބިއްލޫރިތަށީގައި އަތްލައިފިއްޔާ މުޢާޒު ހަމައަވަހަށް ޖަގުނަގާފައި ފެން އަޅައިދެއެވެ. ރަމްލާއަށް މިކަންތައްތަކުގެ ސަބަބުން އުފާވުމުގެ ބަދަލުގައި އަންނަނީ ރުޅިއެވެ. ވަނީ ފޫއްސެކެވެ. އަދި ދާއިމީ ހާސްކަމެއްގެ އަސަރު އޭނާގެ ނިތްކުރިމަތިން ފެނިގެންދެއެވެ.
މުޢާޒު މަސައްކަތް ނިންމާފައި ފުރައިގެން ދިޔައީ މިއަދު މެންދުރުއެވެ. ދަމުން އޭނާ ރަމްލާގެ އަތުގައި ހިފާފައި ބުންޏެވެ.
[ރަމްލާއެވެ. ދާނީ ކޮންއިރަކުން ހެއްޔެވެ؟]
[އަސްތާއެވެ...] ކިސްރާ ދައްތަ ހަމައެވަގުތު ބޭރަށްނުކުމެފައި ބުންޏެވެ. [އޭނަ އައިތާ އަދި މިވީ ތިންދުވަހެއް ނޫން ހެއްޔެވެ... މިހާރު ތިޔަދައްކަނީ ދިއުމުގެ ވާހަކައެވެ.]
މުޢާޒު ރަކިވެފައި ރަމްލާގެ އަތުން ދޫކޮށްލިއެވެ. ދެން ހީނލަމުން ބުންޏެވެ.
[އޭނާގެ ޕްރޮގްރާމް އޮތްގޮތެއް އަހާ އޮޅުން ފިލުވާފައި ދިއުމަކީ އަޅުގަނޑުގެ ފަރްޟެއް ނޫންތޯއެވެ.]
[އެންމެ ރަނގަޅެވެ.] ކިސްރާ ދައްތަ މުޢާޒުގެ އަތުމުލައްދަނޑީގައި ހިފާފައި ބުންޏެވެ. ދެން މުޢާޒުދާށެވެ. މިހާރު ދެންއޮތީ އަހަރެމެންގެ ފަރްޟު އަދާކުރުމެވެ. އަހަރެން އެންމެ މަދުވެގެން އެއްމަސްދުވަސް ވަންދެން އޭނާ މިގޭގައި ބައިދާނަމެވެ.]
[އެއްމަސް ދުވަހޭތޯއެވެ.] މުޢާޒު ޙައިރާންވެފައި ބުންޏެވެ. ދެން ސަމާސާކޮށްލިއެވެ. [ތިޔަފަދަ ހެޔޮކަމެއް ކޮށްދިނުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟]
[މީގެ ކުރިންވެސް އޭނާއާ ނުލާ އުޅުނީމެއް ނޫން ހެއްޔެވެ؟]
ރަމްލާ އިސްދަށަށް ޖަހާލިއެވެ. ދެން ކިސްރާއާއި މުޢާޒު ހޭންފަށައިފިއެވެ.
[ތިޔައީ މާކުރީގެ ވާހަކައެއް ނޫންތޯއެވެ... މިހާރުގެ ވާހަކަ ދައްކަވާށެވެ.]
[އެންމެ ރަނގަޅެވެ. ރަމްލާ ދާންވީމާ އަހަރެމެން ފޯނު ކުރާނަމެވެ.]
[ރަމްލާއެވެ.] މުޢާޒު ފުރިހަމަ އުއްމީދާއެކު ރަމްލާއަށް ބަލާލަމުން ބުންޏެވެ. [މިމީހުންގެ ބަހަށް ކޮންމެއަކަސް ނުހެއްލޭށެވެ. އަހަރެމެންނަށް އެކުގައި އުޅޭނެ ފުރުޞަތެއް ދޭކަށް މިމީހުން އެއްގޮކަށްވެސް ނޫޅެއެވެ.]
އެއާއެކު އެންމެން ބިނދިބިނދިފައި ހޭންފަށައިފިއެވެ.
މުޢާޒު ކާރާ ދިމާއަށް ހިނގައި ގަންނަމުން ރަމްލާއަށް ބުންޏެވެ.
[މަންމަގެ މަތިން ހަނދާން ކުރާށެވެ. ރަމްލާއާނުލާ މާގިނަ ދުވަހަކު މަންމައަކަށް ކެތެއް ނުކުރެވޭނެއެވެ.]
[ނިކަން ދެކެބަލާށެވެ.... މިހާރު އެޖަހަނީ އަނެއް މަޅިއެވެ... މަންމަ ގާތުގައި މުޢާޒު ހުންނާނަމެއް ނޫން ހެއްޔެވެ.]
]ތިޔަހެންކަމަށް ވަންޏާ އޭނާ ޅީދަރިއަކު ހޯދީ ކީއްކުރަން ހެއްޔެވެ؟]
[ތިޔަބުނީވެސް ދޮގެއްނޫނެވެ.] ކިސްރާ ޖަވާބުދިނެވެ. އަނެއްކާވެސް ބުންޏެވެ.
[މިވީ ހަމަސް ދުވަހުގެ ތެރޭގައި ރަމްލާއަކީ އަމިއްލަ މިލްކިއްޔާތެއް ކަމުގައި ނުދެކޭށެވެ. ޅިޔަނާއެވެ. އޭނާގެ މައްޗަށް އަހަރެމެންގެ ޙައްޤުވެސް އެބައޮތެވެ... އަހަރެން ބޭނުން ދުވަހަކުން ރަމްލާ ފޮނުވާފާނަމެވެ.]
[އަހަރެން ފޯނުކޮށްކޮށް ހުންނާނަމެވެ.] މުޢާޒު ކާރުގައި އިށީނދެފައި ބުންޏެވެ.
ރަމްލާ ހަމައެކަނި އާނއެކޭ ބުނުމުގެ ގޮތުން ބޯ ހަލުވާލިއެވެ.
[ޕްރޮގްރާމް ހަމަޖެހުމާއެކު އަންގަވާ ލައްވާށެވެ. އަޅުގަނޑު ބަލާ އަތުވެދާނަމެވެ.]
[އަހަރެމެން ފޮނުވާދީފާނަމެވެ. ދެން އަވަހަށް ދާށެވެ....] ކިސްރާ ރުޅިއަންނަ ވައްތަރު ދައްކާލަމުން ބުންޏެވެ.
[މިއީ ވަރަށް އަނިޔާވެރި މާޙައުލެއްތާއެވެ.] މުޢާޒު ހިނިތުންވެލަމުން ކާރު ސްޓާޓް ކޮށްލިއެވެ.
ޙަޤީޤަތުގައި މުޢާޒު ދިއުމުން އޭނާގެ ހިތުގެ ބުރަ ލުއިވެގެން ދިޔައެވެ. އިފްރީތައެއްގެ ހިޔަނިން ސަލާމަތްވީ ކަހަލައެވެ. ލުއި ހިތްހަމަޖެހުމެއް އިޙްސާސްކުރެވުނެވެ. މެންދުރު ރަނގަޅަށް ނިދާލާފައި ތެދުވެ ފެންވަރާލިއެވެ. ރީތި ހެދުމެއް ބައްދާލިއެވެ. ފުރިހަމައަށް މޭކަޕްކުރިއެވެ. ތުންފަތުގައި ލިޕްސްޓިކް ހާކާލިއެވެ. ދެން ކިސްރާ ދައްތަގެ ކޮޓަރިއަށްގޮސް ކުދިވެރިން ކައިރީގައި އިށީނދެއްޖެއެވެ.
ކައި ނިމުމަށްފަހު ޙަޤީޤަތުގައިވެސް ޝާންބޭބެގެ ވާހަކައިން ރަމްލާއަށް ހިތްހަމަޖެހުމެއް ލިބުނުކަމުގައި އިޙްސާސް ކުރެވުނެވެ. މުޢާޒު ދިއުމަށްފަހު ހަށިގަނޑުގެ ނާރުތަކުގައި އުފާވެރިކަމުގެ ލޭ ދައުރުވާން ފެށިކަން ފާހަގަ ކުރެވުނެވެ. މިއީ ގޯހެއްބާވައެވެ. ނޫނީ ރަނގަޅުކަމެއް ބާވައެވެ. ކޮންމެއަކަސް ހިތުގައި އެޅިފައިވާ ކޫރުން ފިލުވަންވެސް ވާނެއެވެ.
[ދެމީހުންގެ ވާހަކަވެސް އޭގެ ގޮތުގައި ރަނގަޅެވެ. އަޅުގަނޑު މިއިނީ އުފާވެފައިކަން ކަށަވަރެވެ. އެކަމަކު މުޢާޒު ދިއުމަކުން ވީއުފަލެއް ނޫނެވެ... މިއަދު އަޅުގަނޑު ހިތްފުރެންދެން އަރާމުކުރީމެވެ. މިއުފާވެރިކަމެއް އަޅުގަނޑުގެ ހަށިގަނޑުގައި އުފެދިގަތީ ފެނާއި ވައި ބަދަލުވުމުން ނޫންކަމެއްވެސް ނޭނގެއެވެ. އަޅުގަނޑަކީ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައި އިޙްސާސް ކުރެވެން މިފެށީ ވަރަށްގިނަ ދުވަހަށް ފަހުގައެވެ. ޝާންބޭބެއެވެ! ތިޔަކުރެވެނީ ކުށްހީއަކަށް ވެދާނެއެވެ. އެކަމަކު މިއައި ބަދަލު އަޅުގަނޑަށް އިޙްސާސް ކުރެވެއެވެ.]
[ޝާންއެވެ. ޝާންއަށް އަބަދުވެސް ކުރެވެނީ ކުށްހީއެވެ.] ކިސްރާދައްތަ ހީނލާފައި ބުންޏެވެ.]
[އާނއެކެވެ.... އަހަންނަށް ކުރިން ފެނުނީ ރަމްލާއެވެ. އެކަމަކު މިއިނދެވުނީ..........]
ކިސްރާ ދައްތަ ހޭންފަށައިފިއެވެ. އޭނާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ކޮޓަރިން ކުޑަކޮއްކޮ ރޯއަޑު އިވެން ފަށައިފިއެވެ. އެއާއެކު އަވަސް އަވަހަށް ތެދުވެގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.
ކައި ނިމިއްޖެއެވެ. ނޯކަރު ތަށިތައް ނަގަން ފަށައިފިއެވެ.
[ރަމްލާ ބޭގަމްއެވެ...] ޝާން ސަމާސާ ރާގަކަށް ބުންޏެވެ.
[ދިރިއުޅުން ކިހިނެއް ހެއްޔެވެ؟]
[ވަރަށް ރަނގަޅެވެ.]
[ކައިވެނީގެ ކަންތައްގަނޑު ކިހިނެއް ހެއްޔެވެ؟]
މިހެން ބުނުމާއެކު ރަމްލާ ހޭންފަށައިފިއެވެ.
[ވަރަށް ރަނގަޅެވެ. ކޮންގޯހެއްތޯއެވެ.]
[އާ ތަޖްރިބާތައްވެސް އޭގައި ހިމެނޭނެ ނޫން ހެއްޔެވެ؟]
ކައިވެނީގެ ކުރީގައިވެސް ޝާން އުނދަގޫ ވާވަރަށް ރަމްލާއާ ސަމާސާކުރެއެވެ. މިވަގުތު އޭނާ އެއްވެސް މާނައެއްނެތް ސުވާލުތަކެއް ކޮށްގެން ރަނގަޅަށް ރަމްލާ ހާސްކުރުވާނެއެވެ.
[އަޅުގަނޑުގެ މައިދައިތައަކީ ވަރަށް މާތް އަންހެނެކެވެ. އޭނާއާ ބައްދަލުވުމަށްފަހު އަޅުގަނޑު ޙައިރާންވެފައި އޭނާއާމެދު ވިސްނީމެވެ. މިކަހަލަ މީހުންވެސް ދުނިޔޭގައި އެބައުޅޭ ހެއްޔެވެ. މިދުނިޔެ ރަނގަޅު ތަނަކަށްވެފައި މިވަނީ އެމީހުންގެ ހިތްވަރުން ނޫންކަމެއްވެސް ނޭނގެއެވެ.]
[އެހެނވިއްޔާ ތިޔަ ދިރިއުޅުން ކުރިއަށް ތިޔަދަނީ މައިދައިތަގެ ސަބަބުންތާއެވެ.]
[ކީކޭތޯއެވެ...] ރަމްލާ ސިހިފައި ބިރުވެރި ގޮތަކަށް ޝާން ބޭބެއާ ދިމާއަށް ބަލާލިއެވެ.
[ރަމްލާއަކާ މުޢާޒުއަކާ ނުގުޅެއެވެ.. ދެމީހުން އެއްތަނެއްގައި އިށީނދެގެން ތިބޭއިރު ހީވަނީ ޕަރީއެއްގެ ގާތުގައި ބިރުވެރި ފުރޭތައެއް އިށީނދެގެން އިންނަހެންނެވެ.]
ރަމްލާގެ ކަރުތެރޭގައި އެއްޗެއް ތާށިވި ކަހަލައެވެ. ވާހަކަ ދެއްކުމަށް ދަތިވެއްޖެއެވެ. އޭނާ މިތަނަށް އައީ ވަރަށް މަސައްކަތުންނެވެ. އުފާ ކުރުމަށްޓަކައެވެ. އަދި އޭނާ ހުރިހާ ޚިޔާލުތަކެއް ދޫކޮށް ހިތްހަމަ ޖެއްސުމަށް މަސައްކަތް ކުރާތާ އެތައް އިރެއް ވެއްޖެއެވެ. ޝާން ބޭބެ މިކުރީ ކީއްހެއްޔެވެ. އޭނާގެ ހުރިހާ އުފަލެއް ކަރުނައަށް ވެގެން ކަރުތެރެއަށް ޖަމާވެއްޖެއެވެ. ރަމްލާ ކުޑަކޮށް ކަރުކެހިލާފައި އެއްޗެކޭ ބުނަން ގަސްތު ކުރިއެވެ. އެހެންނަމަވެސް އެވަގުތު ކިސްރާ ދައްތަ ކުޑަކޮއްކޮ ގޮވައިގެން އެތަނަށް އަތުވެއްޖެއެވެ.
އޭނާ އިށީނުމާއެކު ރަމްލާގެ މޫނުމަތިން ނުކުޅެދުމުގެ ކުލަވަރެއް ފެނުނެވެ. އަދި ޝާންގެ މޫނުމަތިން ސަމާސާ ގޮތްގަނޑު ފާޅުވޭވެ ހުއްޓެވެ. އެހެން ނަމަވެސް
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
**********************
* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު