އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ދެ ފިލްމީ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އަދި ސިދާރތު މަލޯތުރާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
ދެ ލޯބިވެރިންގެ ގޮތުގައި އަޑުފެތުރެމުންދާ ކިއާރާ އަދި ސިދާރތު ޗުއްޓީހޭދަކުރަމުންދަނީ ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައެވެ. ކިއާރާ އަދި ސިދާރތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ޔަގީންކޮށްދިނީ ދެމީހުންވެސް އިންސްޓަގްރާމްގައި މިއަދު ހިއްސާކޮށްފައިވާ ފޮޓޯތަކުންނެވެ. މިއާއެކު އެނގިގެން ދަނީ ކިއާރާ އަދި ސިދާރތު އާއަހަރު ފާހަގަކުރާނީ ދިވެހި ރާއްޖޭގައި ކަމެވެ.
ކިއާރާ އަދި ސިދާރތު އަކީ ދެ ލޯބިވެރިން ކަމުގައި އަޑުފެތުރެން ފަށާފައިވަނީ މިއަހަރު ނެރުމަށް ހަމަޖެހިފައިވި ޝޭރްޝާހް ފިލްމުގައި ދެލޯބިވެރިންގެ ގޮތުގައި ފިލްމް ޝޫޓް ކުރަން ފެށުމާއެކުއެވެ. މި ފިލްމް ނެރުން ވަނީ ކޮވިޑުގެ ބަލިމަޑުކަމާއެކު ފަސްކުރެވިފައެވެ.
ސިދާރތު މަލޯތުރާ ފިލްމީ ދާއިރާ އަށް ނިކުތުމުގެ ކުރިން ފެނިފައިވަނީ މޮޑެލް އެއްގެގޮތުގައެވެ. އަދި އެއައްފަހު ސިދަރތު ފެނިގެންދިޔައީ އިންޑިޔާގެ މަޝްހޫރު ފިލްމް ޑިރެކްޓަރ ކަރަން ޖޯހަރުގެ ޓްރެއިނީ އެސިސްޓަންޓް ޑިރެކްޓަރ އެއްގޮތުގައެވެ. ސިދަރތު ފިލްމަކުން ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2012 ވަނަ އަހަރު ނުކުތް ސްޓޫޑެންޓް އޮފް ދަ އިޔަރ އިންނެވެ.
2014 ވަނަ އަހަރު ހިންދީ ފިލްމު ފަގްލީ އިން ފިލްމީ ދާއިރާއަށް ނުކުތް، ކިއާރާ އަދްވާނީ ވަނީ ކަބީރް ސިންގް، ގުޑް ނިއުޒް އަދި ގިލްޓީ ފަދަ މަޝްހޫރު ހިންދީ ފިލްމު ތަކުން ފެނިގެންގޮސްފައެވެ. ކިއާރާ ދެން ފެނިގެންދާނީ ހިންދީ ފިލްމު ބޫލް ބުލައްޔާ 2 އަދި ޖުގްޖުގްޖިޔޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު