ބޮލީވުޑްގެ ފިލްމީތަރި އަނަންނިއްޔާ ޕާންޑޭ އަދި އިޝާން ކައްތަރު މިދިޔަ ބުދަދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
އަނަންނިއްޔާ އަދި އިޝާންގެ މިދިޔަ ބުދަ ދުވަހު އިންސްޓަގްރާމް އިން އާންމު ކޮށްފައިވާ ފޮޓޯ އިންވެސް މިދެތަރިން މިދިޔަ ބުދަދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާކަމަށް އެނގިގެންދެއެވެ. އަނަންނިއްޔާ އަދި އިޝާން އާއަހަރު ފާހަގަކުރުމަށް ޗުއްޓީހޭދަކުރަމުންދަނީ ދާލު އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސަންސިޔާމް އިރުވެލީގައެވެ.
2019 ވަނަ އަހަރު ހިންދީ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔަރ 2 ކުން ފިލްމީ ދާއިރާއަށް ނުކުތް، އަނަންނިއްޔާ ޕާންޑޭގެ އެންމެ ފަހުގެ ފިލްމަކަށް ފެނުނީ މިއަހަރު ނިކުތް ހިންދީ ފިލްމު ކާލީ ޕީލީ އިންނެވެ. މިފިލްމުގައި ލީޑްރޯލުގައި އަނަންނިއްޔާ އާއެކު ދެން ފެނިގެންދަނީ އިޝާންއެވެ.
މަޝްހޫރު ފިލްމީ ތަރި ޝާހިދް ކަޕޫރުގެ ކޮއްކޮ އިޝާން ފިލްމީ ދާއިރާއިން ފެނިގެންދިޔައީ 2017 ވަނަ އަހަރު ނުކުތް އިންޑިއަން ޑްރާމާ ފިލްމު ބިޔޯންޑް ދަ ކްލައުޑްސް އިންނެވެ. އެއަށްފަހު 2018 ވަނަ އަހަރު އިޝާން ފެނިގެން ދިޔައީ ފިލްމީ ތަރި ޖާންވީ ކަޕޫރް އާއެކު ކުޅުނު ހިންދީ ފިލްމު ދަޅަކް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު