15 ވަނަ ބައި
..................
ރަމްލާގެ ކަރުތެރޭގައި އެއްޗެއް ތާށިވި ކަހަލައެވެ. ވާހަކަ ދެއްކުމަށް ދަތިވެއްޖެއެވެ. އޭނާ މިތަނަށް އައީ ވަރަށް މަސައްކަތުންނެވެ. އުފާ ކުރުމަށްޓަކައެވެ. އަދި އޭނާ ހުރިހާ ޚިޔާލުތަކެއް ދޫކޮށް ހިތްހަމަ ޖެއްސުމަށް މަސައްކަތް ކުރާތާ އެތައް އިރެއް ވެއްޖެއެވެ. ޝާން ބޭބެ މިކުރީ ކީއްހެއްޔެވެ. އޭނާގެ ހުރިހާ އުފަލެއް ކަރުނައަށް ވެގެން ކަރުތެރެއަށް ޖަމާވެއްޖެއެވެ. ރަމްލާ ކުޑަކޮށް ކަރުކެހިލާފައި އެއްޗެކޭ ބުނަން ގަސްތު ކުރިއެވެ. އެހެންނަމަވެސް އެވަގުތު ކިސްރާ ދައްތަ ކުޑަކޮއްކޮ ގޮވައިގެން އެތަނަށް އަތުވެއްޖެއެވެ.
އޭނާ އިށީނުމާއެކު ރަމްލާގެ މޫނުމަތިން ނުކުޅެދުމުގެ ކުލަވަރެއް ފެނުނެވެ. އަދި ޝާންގެ މޫނުމަތިން ސަމާސާ ގޮތްގަނޑު ފާޅުވޭވެ ހުއްޓެވެ. އެހެން ނަމަވެސް ނުދެނެހުރިކަމަށް ހަދާފައި ކުޑަދަރިފުޅާ ލޯބިކޮށްލަމުން ބުންޏެވެ.
[ބޮޑުދައިތަ ކައިރިއަށް ދާނަށް ހެއްޔެވެ؟]
ރަމްލާ އަތްދިއްކޮށްލާފައި ކޮއްކޮ އުރައިފިއެވެ.
ރަމްލާ އެވަގުތު އިނީ ކުދިން އުރުމުގެ މޫޑެއްގައެއްނޫނެވެ. ނަމަވެސް ވާހަކަ އެހެން ރޮނގަކަށް އަޅުވާލުމުގެ ގޮތުން މިހެން ހެދީއެވެ. ހަމަ އެވަގުތު ކިސްރާ ބުންޏެވެ.
[ރަނގަޅަށް ހިފަހައްޓާށެވެ. ކުޑަދުވަސް ކޮޅަކަށްފަހު އަމިއްލަ ދަރިފުޅު އުރަން ޖެހޭނެއެވެ. ގިނަގިނައިން ކޮއްކޮ އުރާށެވެ. އޭރުން އަމިއްލަ ދަރިފުޅު ގެންގުޅޭނެ ގޮތްގަނޑު އެނގިދާނެއެވެ.
ރަމްލާ ލަދުން އިނދެ ހޭންފަށައިފިއެވެ. ދެން ބުންޏެވެ.
[މިކޮއްކޮ ވަރަށް ރީއްޗެވެ. މީނާ އެންމެ ވައްތަރީ ކާކާތޯއެވެ؟]
[އޭނާ އެންމެ ވައްތަރީ އަހަންނާއެވެ.] ޝާން ބޭބެ މޭފުއްޕާލާފައި ބުންޏެވެ.
[ގަސްތުކުރަނީ ކޮންނަމެއްތޯއެވެ.] ރަމްލާ އަނެއްކާވެސް ސުވާލުކުރިއެވެ.
[ރަމްލާ ވިސްނަބަލާށެވެ.]
[އަދިވެސް ނަމަކާމެދު ނުވިސްނަމުތޯއެވެ.]
[މަންމަ ފުރަންވަންދެން ނަމަކާއި ދޭތެރޭ ވިސްނެވީއެވެ. ދޮށީދަރީގެ ނަމަކީ ޒައިނަބެވެ. އަހަރެން ގަސްތުކުރަނީ އެނަމާ ގުޅޭނަމެއް ކިޔުމަށެވެ. އެކަމަކު މަންމަ އެކަމާ މުޅިން ދެކޮޅެވެ. މަންމަ ބުނުއްވާ ގޮތުގައި އަންހެން ކުދިންނަށް އެއްވަތަރެއްގެ ނަންތައްކިޔުމުން ދެން ލިބޭނީވެސް މުޅިން އަންހެން ކުދިންނެވެ. މިޒަމާނަށް ބަލާއިރު އަހަރެމެންނަށް ދެކުދިން ފުދެއެވެ.]
[ނިމުނީއެވެ....] ޝާން ބޭބެ ބުންޏެވެ.] އަހަރެމެން ބޭނުން ވަރަށް ލިބުނީއެވެ.]
[ބޭބެމެން ފިރިހެން ކުއްޖަކު ބޭނުމެއް ނުވޭތޯއެވެ.] ރަމްލާ ޙައިރާންވެފައި ބުންޏެވެ.
[މިހާރު ދެން ފުދިއްޖެއެވެ.] ޝާންބޭބެ ނިތްކުރިއަށް ރޫއަރުވާލާފައި ބުންޏެވެ. [ފިރިހެން ކުއްޖެއްގެ އުއްމީދުގައި މިހެން ތިއްބާ އަންހެން ކުދިންގެ ފައުޖެއް ނުލިބޭނެ ބާވައޭ ހިތަށް އަރައެވެ.]
ކިސްރާ ދައްތަ މާނޭވާއެއްލާފައި ހިމޭނުން އިނދެއްޖެއެވެ. ދައްތަގެ ފުރަތަމަ ދަރިފުޅު ދައްތައާއި ވަރަށް ވައްތަރެވެ. ޙަރަކާތްތައްވެސް އެއްގޮތެވެ. ހަމަ އެއޮޅަލި ކުލައެވެ. އޭނާ ދޫލަމަތީގައި ކުޅެން އިނެވެ.
[ޒޭނޫ ދައިފުޅާއެވެ. އަވަހަށް ގޮސް ނިދަން އޮށޯންނާށެވެ.]
ކިސްރާ ދައްތަ މަޢުޟޫޢު ބަދަލު ކޮށްލިއެވެ. ދެން ރަމްލާއާއި ދިމާއަށް ބަލައިލާފައި ބުންޏެެވެ.
[ކޮއްކޮވެސް ނިކަން ރީތިނަމެއް ހޯދަބަލާށެވެ.]
[ނަމެއް ލިބެންދެން ދައްތަ އޭނާއަށް ތުއްތު ކަނބުލޮގެ ނަމުން ގޮވާށެވެ.]
[އާނއެކެވެ. ތިޔަގޮތްވެސް ގޯހެއްނޫނެވެ.] ކިސްރާ ދައްތަ ހިނިތުންވެލާފައި ރަމްލާގެ އަތުން ދަރިފުޅު އަތުލައިފިއެވެ.
[ރަމްލާއެވެ. ތިޔަހާ އަވަހަށް ސިކުނޑި މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ.]
]އޭނާގެ ސިކުނޑި މަސައްކަތްކުރުން ހުއްޓާލަނީ ހަމައެކަނި ފިރިމީހާގެ ހިޔަނީގެ ސަބަބުންނެވެ.]
[ކީއްވެގެންތޯއެވެ.] ކިސްރާ ދައްތަ ސުވާލުކުރިއެވެ.
[އެވަގުތު އޭނާގެ ސިކުނޑި ކޭތަ ހިފަނީއެވެ.]
މިވާހަކައަށް ރަމްލާ ފުރަތަމަ ބާރަށް ހީނގަތެވެ. ދެން އޭނާ ޝާންއާ ދިމާއަށް ކަޅިއަޅާލިއެވެ.
އެއަށްފަހު ކިސްރާ ކުއްޖާ އުރައިގެން ކޮޅަށް ތެދުވެފައި ބުންޏެވެ.
[ހަނގުރާމަ ކުރަން ތިބޭށެވެ. އަހަރެން ކުދިން ނިންދަވާފައި އަންނާނަމެވެ.]
ކިސްރާ ދައްތަގެ ޙާލު އަދި ރަނގަޅެއް ނޫނެވެ. ކުއްޖާނެގީ އޮޕަރޭޝަން ކޮށްގެންނެވެ. ރަނގަޅު އާޔާއެއްވެސް ވަނީ ނުލިބިފައެވެ. އޭނާ ގަދަނުވެގެން އެއުޅެނީ އެހެން ވެގެންނެވެ. ދޮށީ ދަރިފުޅު ޒައިނަބަށް އަދި މިއޮތީ ތިން އަހަރަށެވެ. ހަގު ކުއްޖާ ލިބުމުން ޒައިނަބުގެ ސިޔާސަކަންވަނީ އިހުނަށްވުރެ ބޮޑުވެފައެވެ. ކަންމިހެން ދިމާވުމުން ކިސްރާ ދައްތައާމެދު ރަމްލާގެ ހިތުގައި ރަޙުމް އުފެދިއްޖެއެވެ. ޝާން ބޭބެއަކީ އުފާވެރި މިޒާޖެއްގެ ތަނަވެސް ހިތެއްގެ ވެރިއެއްކަން އޭނާއަށް އެނގެއެވެ. އެހެން ނޫންނަމަ ކިސްރާ ދައްތަ އުޅެން ޖެހޭނީ ކޮންފަދަ ޙާލެއްގައި ހެއްޔެވެ.
އާދަކޮށް ހެނދުނުގެ ނާސްތާކުރުމުގައި މޭޒު ކައިރީގައި ރަމްލާއާއި ޝާން ބޭބެ ތިބެއެވެ. ކިސްރާ ދައްތަ މޭޒު ކައިރިއަށް އައިކަމުގައި ވިޔަސް ނޯކަރުގާތުގައި ކުރަންވީ ކަންތައްތައް ކިޔާދީފައި އަވަސް އަވަހަށް ހިނގައިދެއެވެ. އަބަދުވެސް އޭނާ އުޅެނީ ކޮންމެވެސް ކަމެއްގައި ހާސް ވެފައެވެ. ކުޑަކުއްޖާއަށް ކިރު ދިނުމުގައެވެ. ފޮތިތައް ދޮވުމުގައެވެ. ސޮނިފޮތިކޮޅު ބަދަލު ކުރުމުގައެވެ. އެއްރެއަކު އޭނާ ރަމްލާ ގާތުގައި ބުންޏެވެ.
[ރަމޫއެވެ. ރަމޫ ހެނދުނު ފަތިހާ ތެދުވަމުއެވެ. ވީމާ ކޮންމެ ދުވަހަކުވެސް ޅިޔަނަށް ނާސްތާ ތައްޔާރު ކޮށްދޭށެވެ.]
[އަޅުގަނޑުގެ އަތުން ޅިޔަނަށް ކާންދޭންވީތޯއެވެ.]
[ނޫނެކެވެ. މޮޔަގަނޑާއެވެ. ކާމޭޒު ދޮށުގައި އެކަނި އިނުމަކީ އޭނާގެ އާދައެއް ނޫނެވެ. ކައްކާމީހާ ގާތު ދައްތަ އޮންނަނީ ކަންތައް ކުރަންވާގޮތް ކިޔައިދީފައެވެ. އެކަމަކު ނާސްތާކުރާ ގަޑީގައި ރަމޫ މޭޒު ކައިރީގައި އިންނަން ވާނެއެވެ.]
[ކޮންމެ ދުވަހަކުވެސް އިންނަމެއް ނޫންތޯއެވެ؟]
[އެކަމަކު އަބަދުވެސް އިވޭނީ ދައްތައަށް ގޮވާ އަޑެވެ.]
[ދައްތަވެސް ދާންވާނެ ނޫންތޯއެވެ.]
[ކުޑަކޮއްކޮއާ ހެދި ރޭގަނޑު ހަތަރުދަމު ދައްތަ އުޅެންޖެހެނީ ހޭލައެވެ. ފަތިހު ހައެއްޖަހާ ވަގުތަކީ ޒައިނަބު ބުއްފުޅިބޯ ގަޑިއެވެ. އެވަގުތު ކޮންމެގޮތެއް ހަދައިގެން ނަމަވެސް ދެލޯދަމަމުން ބަދިގެއަށް ދާން ޖެހެއެވެ. ބުއްފުށި ހަދަން ޖެހެއެވެ. އަދި ބުއްފުޅިދީފައި އޭނާ ނިންދަވަން ޖެހެއެވެ. އެވަގުތު ކުޑަމީހާނިދާފައި އޮވެއްޖެއްޔާ ދައްތަވެސް ޖައްސާލަނީއެވެ. ނިދާލަން ލިބޭ ވަގުތުކޮޅަކީ މިއީއެވެ. އަނެއްކޮޅުން ބަލާއިރު ދުވާލު ނިދާލަން ލިބޭނީ ކޮންވަގުތެއް ހެއްޔެވެ.]
ރަމްލާ ދައްތައަށް ބަލާލިއެވެ. އޭނާގެ ލޮލުގެ ވަށައިގެން ކަޅު ދާއިރާއެއް އުފެދިފައި ހުއްޓެވެ. ކުރިންވެސް އޭނާގެ ގައިގެ ކުލައަކީ އޮޅަލި ކުލައެވެ. އެކަމަކު މިހާރު އެކުލައަށްވެސް ވަނީ ބަދަލު އައިސްފައެވެ. ބަނޑުއޮތީ އެލިފައެވެ. އިސްތަށިގަނޑު ހާވާލެވިފައެވެ. ހީވަނީ ކަންނެއް ފުޅައެއް ހެންނެވެ. މާތްކަލާކޯއެވެ. އެންމެ ދެދަރިން ލިބޭއިރަށް އަންހެނާގެ ޒުވާންކަން ގެއްލިގެން ދެއެވެ. ކުރީގައި އޭނާކިހާ ފަރިވެފައި ރީތި ހެއްޔެވެ. އޭނާގެ މޫނަށް ބަލާލައިފި މީހަކު ކަޅިހުއްޓިފައި ހުރެދެއެވެ. މިގޮތަށް ކިސްރާ ދައްތަގެ ރީތިކަން ގެއްލިގެން ދާން ފެށުމުން ރަމްލާގެ ހިތަށް ތަދުވިއެވެ. ރުޅިއައިސްފައި އޭނާ ބުންޏެވެ.
[ރޭގަނޑު ދަރިހޭލީމާ ޝާން ބޭބެއަށް ގޮވާށެވެ. އެއީ އޭނާގެ ފަރްޟެއް ނޫންތޯއެވެ.]
ކިސްރާ ދައްތަ މާނައިން ފުރިގެންވާ ގޮތަކަށް ހިނިތުންވެލިއެވެ.
[ފިރިމީހާއަކީ ކާކުކަމެއް އަދި ރަމްލާއަކަށް ނޭގޭނެއެވެ. ފިރިމީހާ އަނބިމީހާގެ ގާތަށް އަންނާނީ އެންމެ ފަރްޟެއް އަދާކުރުމަށް ޓަކައެވެ. އޭގެ އިތުރުން ގޭތެރޭގައި ޖެހޭ އެއްވެސްކަމެއް ކުރާކަށް އޭނާއަކަށް މަޖުބޫރެއް ނުވާނެއެވެ.]
[ނޫނެކެވެ. ދައްތާއެވެ. ދައްތަ ތިޔައުޅުއްވަނީ އޭނާ މާބޮޑު ކުރައްވައިގެންނެވެ. ރޭގަނޑު އުނދަގޫކޮށް ހޭލައްވާ ހަދާށެވެ. އަދި އޭނާގެ އުނގަށް ދަރިޖަހާށެވެ.]
[ހޭލައްވާނީ ކިހިނެއް ހެއްޔެވެ؟ ކުދިންލިބެން ފެށުމާއިއެކު ޝާން ބޭބެ ނިދިކުރައްވަނީ ވަކި ކޮޓަރި އެއްގައެވެ.]
ވަކިންނޭތޯއެވެ؟ ރަމްލާ ޙައިރާންވެފައި ސުވާލުކުރިއެވެ. [އެކަމަކު ދުވާލު ހަތަރުދަމު އޭނާ އޮންނަވަނީ ދައްތަގެ ކޮޓަރީގައެވެ.]
[އާއެކެވެ. ދުވާލު އެހެން އުޅުނަސް ރޭގަނޑު ނިދަންވީމާ އޭނާ ދުރުވާނީ ޖެހިގެންހުރި ކޮޓަރިއަށެވެ. އޭނާ ބުނުއްވަނީ ރޭގަނޑު ކުދިން ރޯއަޑު އިވުމުން އުނދަގޫވެލައްވާ ކަމުގައެވެ. ނިދުމަށް ދައްޗެއް ވެއްޖެއްޔާ ހެދުނު އޮފީހަށް ދިއުމަށް ހުރަސް އެޅޭނެ ކަމުގައެވެ.]
[ތިޔައީ ކޮންކަހަލަ ލޯތްބެއްތޯއެވެ؟]
[އޭނާ އެބުނުއްވަނީ ތެދު ވާހަކައެކެވެ. ދުވާލު ހަތަރުދަމު ފިރިހެނުންގެ ކަމަކީ ދުނިޔެއާ ހަނގުރާމަ ކުރުމެވެ. އަހަރެމެން އަންހެނުން މިތިބެނީ ގޭގާ އަރާމުކުރާށެވެ. އަހަރެމެންނަށް ނުނިދުނަސް އެމީހުންނަށް ފުރިހަމަ ނިދި ލިބެން ޖެހޭނެއެވެ. އެހެން ނޫނިއްޔާ ހެނދުނު އޮފީހަށްގޮސް އެކަކު އަނެކަކާ އަރާރުން ވާނެއެވެ. އަތުންފައިން ގޯސް ހަދާނެއެވެ. ފުރަތަމަ ކޮޅުގައި ހިތާދެކޮޅަށް މިކޮޓަރީގައި ނިދި ކުރެއްވިއެވެ. އެދުވަސްކޮޅު އޮފީހުން ދުރުވާއިރު ހުންނަވަނީ ރުޅި ދުރުވެފައެވެ. ހާސްވެފައެވެ. އެކަމަކު މިހާރު ވަކި ކޮޓަރިއެއްގައި ނިދިކުރައްވަން ފެށުމުން ކުރީގެ މަޖާކަން އަނބުރާ އަތުވެއްޖެއެވެ.]
[ދައްތާއެވެ.] ރަމްލާ ކޮންމެވެސް އެއްޗެއް ވިސްނާލަމުން ބުންޏެވެ.] ދައްތަ ޝާން ބޭބެއަށް ވަރަށް ތަޢުރީފު ކުރައްވައި ފީމުއެވެ. އަޅުގަނޑު އެއްގޮތަކަށްވެސް ފިރިމީހާއަށް އެހާބޮޑަކަށް ތަޢުރީފެއް ނުކުރާނަމެވެ.]
[ރަމްލާގެ ފިރިމީހާއަކީ އަދި މުޅިން އެހެން ވައްތަތެއްގެ މީހެކެވެ.] ކިސްރާ ދައްތަ މަޑުމަޑުން ބުންޏެވެ. [އެފަކީރު ތިމާގެ ހުތުރު ސިފައިގެ ސަބަބުން ރަމްލާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަހަލަ ފިރިން ވަރަށް މަދުވާނެއެވެ. ތިމާގެ ހުތުރު ސިފަ އިޙްސާސްކުރެވޭ ފިރިން އަނބިންނާމެދު އިންތިހާ ދަރަޖައަށް ފަޚުރުވެރި ވާނެއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
**********************
* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު