16 ވަނަ ބައި
..................
[ރަމްލާގެ ފިރިމީހާއަކީ އަދި މުޅިން އެހެން ވައްތަތެއްގެ މީހެކެވެ.] ކިސްރާ ދައްތަ މަޑުމަޑުން ބުންޏެވެ. [އެފަކީރު ތިމާގެ ހުތުރު ސިފައިގެ ސަބަބުން ރަމްލާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަހަލަ ފިރިން ވަރަށް މަދުވާނެއެވެ. ތިމާގެ ހުތުރު ސިފަ އިޙްސާސްކުރެވޭ ފިރިން އަނބިންނާމެދު އިންތިހާ ދަރަޖައަށް ފަޚުރުވެރި ވާނެއެވެ.
ކިސްރާ ދައްތަ މިހެން ނުބުނިނަމަ ކޮންފަދަ ހެއްޔެވެ. އޭނާގެ ގަޔަށް ބަޑިއެއްގެ ވަޒަން އަރުވާލި ނަމަވެސް އެއަށްވުރެ ރަނގަޅުވީހެވެ. އޭނާއަށް ހީވީ އުޑާއި ހަމައިން ނައްޓާލައިގެން ވެއްޓެން އަންނަނީ ކަމަށެވެ. އަހަރެންގެ ފިރިމީހާއަކީ ހުތުރު މީހެއްކަން ކޮންމެ މީހަކަށްވެސް އެބަ އެނގޭތާއެވެ. އަހަރެންގެ ނަސީބުގައި ނާކާމިޔާބީ ލިޔެވިފައި މިވަނީ ކީއްވެގެން ހެއްޔެވެ. އަހަރެންގެ ފިރިމީހާއަކީ ރީތި މީހަކު ކަމުގައިވިނަމަ ކޮންފަދަ ހެއްޔެވެ؟ އެގޮތަށް ދިމާވިނަމަ އޭނާ ކިތަންމެ އަނިޔާވެރިވެފައި ހަރުކަށިވިޔަސް އެކަންތައްތަކާ އަހަރެން ހިތުން ރުހުމުން ޤަބޫލުވެދާނަމެވެ.
މިހާރު އެންމެންނަށްވެސް އެނގެއެވެ. އަހަންނަކީ ހިތާމައިގާ ހައްޔަރުވެފައިވާ މީހަކު ކަމުގައި އެންމެންވެސް ދެކެއެވެ.
ރަމްލާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިލެއް ބޮޑުކަމުން ކިސްރާ ހާސްވެއްޖެއެވެ. އޭނާ ކައިރިއަށް ޖެހިލާފައި ލޯބިން ފުރިގެންވާ އަޑަކުން ބުންޏެވެ.
[ރަމޫއެވެ. ޔަޤީންކުރާށެވެ. މުޢާޒު ކަހަލަ ފިރިން ވަރަށް ރަނގަޅުވާނެއެވެ.]
[އޭނާގައި ވަނީ ކޮންރަނގަޅު ކަމެއްތޯއެވެ؟ އަޅުގަނޑުވެސް އެކަން ދެނެގަންނަން ބޭނުމެވެ.] ރަމްލާ ކުއްލިއަކަށް ހަޅޭއްލަވައި ގަތެވެ. ދެން ގިސްލަ ގިސްލާފައި ރޯންފަށައިފިއެވެ.
ކިސްރާއަށް ކުރެވުނު ކަންތައް އިޙްސާސް ކުރެވިއްޖެއެވެ. އެކަމާ އޭނާ ދެރަވެއްޖެއެވެ. އޭނާ ރަމްލާގެ އަތުގައި ހިފާފައި ބުންޏެވެ.
[ރަމްލާއާމެދު އެނާ ޚިޔާލު ބަހައްޓާވަރު ރަމްލާއަކަށް ނޭގެއެވެ. ރަމްލާދެކެ އޭނާ ކިހާ ލޯބިވޭ ހެއްޔެވެ؟]
[އޭގެ އިތުރުން ކުރެވޭނީވެސް ކޮން އެހެން ކަމެއްތޯއެވެ! ހަމަދެންމެ ދައްތަ ބުނުއްވި ފަދައިން ސިފަހުތުރު ފިރިން ތިމާމެންގެ ހުތުރު ސިފަޔާމެދު ދެރަވެއެވެ. އެމީހުން އަނބިންދެކެ ލޯބިނުވެ ތިމާމެންގެ އައިބުތަކުގެ މައްޗަށް ފަރުދާ ވައްޓާލާނީ ކިހިނެއްތޯއެވެ؟]
[ތިޔަކަން އަބަދަކު އެއްގޮތަކަށް ނޯންނާނެއެވެ. އެފަދަ ފިރިހެނަކު އެހެން މަގަކުންވެސް ދަތުރު ކޮށްފާނެއެވެ. މިސާލަކަށް ތިމާގެ އައިބުތައް ފޮރުވުމަށްޓަކައި އަނބިމީހާ މިނިވަންވެސް ކޮށްފާނެއެވެ. އަނބިމީހާގެ ކިބައިން ދިރިއުޅުމުގެ ހުރިހާ އުފަލެއް ޙަރާމް ކޮށްފާނެއެވެ.]
[އަޅުގަނޑު ތިޔަކަންތައްތައް އަންދާޒާ ކުރާކަށްވެސް ބޭނުމެއްނޫނެވެ.] ރަމްލާކަރުނައިގެ ތެރެއަށް ގެނބެމުން ބުންޏެވެ. [ކައިވެނިކުރި ވަގުތު ތިޔައިން އެއްވެސް މީހެއްގެ ހިތުގައި ރަޙުމް ނުއުފެދުނު ނޫންތޯއެވެ. އެއީ މަކްރޫހަ އިންސާނެއްކަން އެންމެންނަށްވެސް އެނގެއެވެ. ދައްތައަކީ އަޅުގަނޑު ދެކެ އެންމެ ލޯބިވާ މީހާއެވެ. ދައްތަ އަޅުގަނޑުގެ ގާތު ކައިވެނީގެ ކުރިން އެވާހަކަ ބުނުއްވިން ތޯއެވެ؟]
[ރަމޫއެވެ. ދައްތަ ބުނިނަމަވެސް ރަމްލާއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟]
[އަޅުގަނޑު އިންކާރު ކުރީމުހެވެ. ޒަހަރު ކެއިމުހެވެ. އަޅުގަނޑު... މިގޮތަށް ކޮންމެ ދުވަހަކު ޒަހަރު ކާކަށް ނުޖެހުނީހެވެ.... ކޮންމެ ދުވަހަކު އެއްފަހަރު މަރެއް ނުވީހެވެ.
[ކޮއްކޮ ވަރަށް މޮޔައެވެ.]
ކިސްރާ ކުރިއަށް ޖެހިލާފައި އޭނާ މޭގައި ޖައްސާލިއެވެ. ދެން ބުރަކަށީގައި މަޑުމަޑުން އަތުން ތަޅާލިއެވެ.
[ރަމޫއެވެ. ހިތްވަރު ގަދަކުރާށެވެ. ދިރިއުޅުމުގައި ހުރިހާ މޮޅެއް އެއްފަހަރަކާ ނުލިބޭނެއެވެ. ފިރިހެނުންގެ އެއްވަނަ ދަރަޖައިގެ ރީތި ސިފައެއް ކަމުގައި އަހަރެން ދެކެނީ އެމީހެއްގެ އަޚްލާޤެވެ. މުޢާޒަކީ އެއްގޮތަކަށްވެސް ގޯސްމީހެއް ނޫނެވެ. ހަމައެކަނި އޭނާގެ މޫނުމަތީގައި ކަށިވިދުރީގެ ލަކުނު ހުރިކަމެވެ. ފިރިހެނުން ރީތިވާނީ ކަޅުވީމައެވެ. އޭނާގައިވާ ރީތި އިންސާނިއްޔަތު ވަންތަކަން ނިކަން ދެކިބަލާށެވެ. އޭނާ ވާހަކަދައްކަން ފަށައިފިއްޔާ އަނގައިން މާތަކުގެ ވާރޭވެހޭ ކަހަލައެވެ. އޭނާގެ މަންމައަކީވެސް ކިހާ އާދަ ރަނގަޅު މީހެއް ހެއްޔެވެ؟ ރަމްލާދެކެ އޭނާ ކިހާ ލޯތްބެއްވޭ ހެއްޔެވެ؟
އަހަރެންގެވެސް މައިދައިތައަކު އެބައިނެވެ. މާތް ކަލާކޯއެވެ. މަރުވާ ވަގުތުވެސް އޭނާގެ ސޫރަ ނުދައްކަވާށިއެވެ. އަހަރެން ޕަންޑީއަށް އައިފަހުން މިއިންނަނީ ވަރަށް އުފާވެފައެވެ. މިހާރު މިއުޅެނީ ރޭގަނޑު ހަތަރުދަމު ކުދިން ގޮވައިގެން ހޭލައެވެ. އެކަމަކު އެއަނިޔާވެރި މައިދައިތަގެ ކިބައިން ސަލާމަތްވެގެން އުޅެވޭތީ އަހަރެން ޝުކުރުކުރަމެވެ. ޙަޔާތަކީ ކުރެވޭ އެގްރިމަންޓެކެވެ. ޒަވާޖީ ޙަޔާތުގައި މުހިންމު ކަންބޮޑީ ކޮންކަމެއްގައި ކަން ދުވަސްކޮޅަކުން އެނގިދާނެއެވެ.]
ރަމްލާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ކިސްރާގެ ކޮނޑުގައި ބޯއަޅާލައިގެން ރޮއިރޮއި ހުރީއެވެ.
ކައިވެންޏަށް ފަހުގައި ރަމްލާ ބަދަލުވެފައިވާކަން މިހާރު ކިސްރާއަށްވެސް އެނގިއްޖެއެވެ. ކުރީގައި ހުންނަ މަޖާކަމެއް މިހާރު އޭނާގެ ކިބައަކުނެތެވެ. އެކަމަކު ކުދިން ލިބެން ފެށުމުން މިހުރިހާކަމެއް ރަނގަޅު ވެދާނެ ކަމުގައި ކިސްރާ ވިސްނިއެވެ. ކުދިން ލިބުމަށްފަހު ދުނިޔޭގައި ފިރިންނަށްވުރެ މުހިންމު އެކައްޗެއްވެސް ނެތްކަމުގައި އަނބީންނަށް ހީކުރެވެއެވެ. ފިރިހެނުންގެ ހުތުރު ސިފައިގެ ސަބަބުން އަނބީން ފޫހިވާނެކަން ކިސްރާއަށް ރަނގަޅަށް އެނގެއެވެ. އަނބިމީހާ ހުތުރުވެފައި ފިރިމީހާ ރީތިވިޔަސް މިމައްސަލަ ހަމަ މިގޮތަށް ނުކުންނާނެއެވެ.
ކުޑައިރުކޮޅެއް ވަންދެން ރަމްލާ މޭގައި ލައްކޮށްގެން ކިސްރާ ހުއްޓެވެ. އޭނާއަށް ހިތްވަރުދިނެވެ. ހިތްހަމަ ޖައްސާދިނެވެ.
ރަމްލާގެ ހުރިހާ ރުޅިއަކާއި ހުރިހާ ހިތާމައެއް އަދި ހިތުގައިވާ ހުރިހާ ހިރަފުހެއް ފިލާދިއުމުން އޭނާގެ ގިސްލުން ހުއްޓިއްޖެއެވެ.
ރަމްލާ ދޯޕައްޓާގެ ކޮޅުން ލޯފުހެލަމުން ބުންޏެވެ.
[ދައްތާއެވެ. އަޅުގަނޑު މިއަދާ ހަމައަށް އެއްވެސް މީހެއްގެ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެދުވަސްތަކުގެ ތެރޭގައި އަޅުގަނޑުގެ ޙާލުހުރިގޮތެއް ދައްތައަކަށްވެސް ނޭނގޭނެއެވެ. ކޮންމެރެއަކު މަރުވަމެވެ. ކޮންމެ ފަތިހަކު އަލުން އެހެން ދުނިޔެއަކަށް އަންނަމެވެ. އަޅުގަނޑު މިހުންނަނީ ހިތާމައިގެ ދަލެއްގާޖެހި ހައްޔަރުވެފައެވެ. ކޮންމެވެސް ދުވަހަކުން އަޅުގަނޑު އަމިއްލައަށް މަރުވެދާނަމެވެ.]
[ނޫނެކެވެ. އަހަރެންގެ ރަމޫއެވެ. މޮޔަނުގޮވާށެވެ.] ކިސްރާ ބުންޏެވެ.
[އަހަރެމެންގެ ހުރިހާ ކުދިންނަށްވުރެވެސް ކޮއްކޮގެ ހިތްވަރު ގަދަކަން ދައްތައަށް އެނގެއެވެ.]
ރަމްލާގެ ލޮލުން މުޅިން އެހެން ވައްތަރެއްގެ ކަރުނައެއް އަތުވެއްޖެއެވެ.
[ރަމޫ އޭނާއާއިމެދު ހިތްހަމަ ނުޖެހޭކަން އެއްގޮތަކަށްވެސް އަންގައިގެން ނުވާނެއެވެ. ފިރިހެނުންގެ ޙަޤީޤަތް އެއްގޮތަކަށްވެސް ރަމްލާއަކަށް ނޭނގޭނެއެވެ.]
[އޭރުންވާނީ ކީއްތޯއެވެ.] އަޅުގަނޑު ވަރިކޮށްފާނެތޯއެވެ.]
[އަސްތާއެވެ...[ ކިސްރާދައްތަ ވަރަށް ދެރަވެއްޖެއެވެ.
[އެހާއަވަހަށް އެހާ މަތިވެރި ނަތީޖާއަކާ ހަމައަށް ދާކަށްނުވާނެއެވެ. ވަރިވުމަކުން ހުރިހާ މަސްއަލައެއް ޙައްލެއް ނުކުރެވޭނެއެވެ. ރަމްލާ ތިއިނީ ވިހަން ކައިރިވެފައެވެ. މިހާރު އެކަމާ ބެހޭގޮތުން ވިސްނާށެވެ.
[މިކުއްޖާވެސް ޖަހަންނަމައަށް ދިޔަ ދެއްވާށެވެ. އަޅުގަނޑު ކުއްޖެއް ބޭނުމެއްނޫނެވެ.]
[ރަމޫއެވެ. ޙަޔާތުގައި ހުރިހާ އެއްޗެއްގެވެސް ބޭނުން ޖެހެއެވެ. ވިސްނާލަ ބަލާށެވެ. ތިންހަތަރު އަހަރު ވަންދެން ރަމްލާއަށް ދަރިޔަކު ނުލިބި އަދި ދަރިޔަކު ނުލިބޭނެކަން ޑަކްޓަރުންގެ ފަރާތުން އެނގިއްޖިއްޔާ ދެން ރަމްލާ ކިތަންމެ ރީއްޗަސް އެއްވެސް މީހަކު ރަމްލާ ބޭނުމެއް ނުކުރާނެއެވެ. މިސިފަ ހުތުރު މީހާވެސް ރަމްލާ ގައިގާ ކޮޅުފައިން ޖަހާނެއެވެ. އަދި ބުނާނެއެވެ. އަހަންނަށް އަންހެނުން ރީތިވަނީ ދަރިން ލިބުނީމައެވެ. އެމީހަކީ ލޯފަން މީހަކު ކަމުގައި ވިޔަސް އަދި ކޮރު މީހަކު ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ.]
[އެފަދަ ގޮތެއްވެގެންވެސް މިމީހާ އަހަރެންގެ މަތީން ފޫހިވާނެނަމަ ކޮންފަދަ ހެއްޔެވެ.]
ރަމްލާ ރުޅިއައިސް ރަތްވެފައި ބުންޏެވެ.
[މޮޔަގަނޑާއެވެ. މިހާރު ތިއިނީ ޖަޒްބާތެއްގެ އޮއިވަރުގާ ޖެހިފައެވެ. ކިޔޭނުކިޔޭ އެއްޗެއް ރަމްލާއަކަށް ނޭނގެއެވެ. އެންމެ ރަނގަޅެވެ. ދުވަސްކޮޅަކުން މަޑުމަޑުންގޮސް ޙަޔާތަކީ ކޮން އެއްޗެއްކަން ރަނގަޅަށް އެނގިދާނެއެވެ.
ރަމްލާ އަނެއްކާވެސް ރޯން ފަށައިފިއެވެ.
[ކައިވެނީގެ ޙަޔާތުގައި ފިރިހެނުންނާ އަންހެނުންގެ ސިފަ ދެވަނަ ދަރަޖައަކަށް އާދެއެވެ. އެއްވަނަ ދަރަޖައަކީ ފިޠްރަތުގެ ރީތިކަމެވެ. ރަމްލާވެސް އޭނާގައިހުރި ރީތިކަން ހޯދަން މަސައްކަތް ކުރާށެވެ.]
[އަޅުގަނޑު ދިރިހުންނާކަށްވެސް ބޭނުމެއް ނޫނެވެ. އެކަމަކު ތިޔަބުނުއްވަނީ ރީތިކަން ހޯދާ ވާހަކައެވެ.]
[މިހާރު އަހަންނަށް ބަލާށެވެ.] ކިސްރާ ދައްތަ ބުންޏެވެ. [އަހަރެންގެ ފިރިމީހާ އަހަންނަށްވުރެ އެތައްގުނައެއް ރީއްޗެވެ. އާދައިގެ ރީތި ފިރިހެނުންނަށްވުރެ ހިތްދަމައިގަންނަ ގޮތްބޮޑެވެ. އޭނާ އަހަރެން ދެކެ ފޫހިވެއްޖިއްޔާ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟]
[އެންމެ ރަނގަޅެވެ. ދައްތަ ތިޔަ ދެކެލައްވަނީ ދައްތައަކީ މުޢާޒު ކަހަލަ ހުތުރު މީހެއްކަމަށް ތޯއެވެ. އޭނާ އަށްވުރެ އެތައްހާސް ގުނައަކަށް ދައްތަ ރީއްޗެވެ.]
[ތިޔައީ ހަމަރަމްލާގެ ހިތަށް އަރާގޮތެވެ. ތިޔައީ އަހަރެން ލޯބިވާ ކޮއްކޮއެވެ. ރަމްލާ ދުވަހަކުވެސް ޝާންބޭނެ ގާތުން އޭނާގެ ޚިޔާލު ހޯދިން ހެއްޔެވެ...؟ ތިޔައީ ހައްތާވެސް ވިސްނުމުގެ ފަރަގެވެ. އެމީހަކާމެދު ހީކުރިގޮތެއް ވާނެއެވެ. ރަމްލާގެ ދަރިފުޅު ދުނިޔެއަށް އައުމުން ގުޅުންތެރިކަމުގެ އައު ބިންގަލެއް އެޅިދާނެއެވެ. ރަމްލާގެ ވިސްނުމަށްވެސް ބަދަލު އަތުވެދާނެއެވެ.]
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
**********************
* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު