18 ވަނަ ބައި
..................
ރަމްލާ ވިސްނަމުންގޮސް އެންމެފަހުން އަމިއްލަ ނަސީބުގެ މައްޗަށް ހިތާމަކުރަން ފަށައިފެއެވެ. އަދި ލޭކުލައިގެ ހިމޭން ކަރުނައެއް އޭނާގެ ހިތަށްވެރިވެގެން ދިޔައެވެ. އެވަގުތު ޓީވީއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން ޝާން ކުއްލިއަކަށް ރަމްލާއާއި ދިމާއަށް ބަލާލައިފިއެވެ. [މިކުއްޖާފުޅު މިހާވަރަށް އަހަންނާ ދިމާއަށް ބަލަނީ ކީއްވެގެން ހެއްޔެވެ؟] ޝާންބޭބެ ބުންޏެވެ.
ރަމްލާ އިސްދަށަށް ޖަހާލިއެވެ.
[ރަމްލާއެވެ! އަހަރެންގެ ވާހަކައަށް ޖަވާބެއް އަދި ނުލިބެއެވެ.] [އަޅުގަނޑު މިބަލަނީ ޝާންބޭބެއާ ދިމާއަކަށް ނޫނެވެ.]
[ފަރުވާލެއްނެތެވެ. އަހަންނަކީ ޅިޔަނެވެ. އެކަމަކު އެހެން މީހަކާދިމާއަށް ތިޔަހާ ޝައުޤުވެރި ކަމާއެކު ބަލަންޏާ އަހަރެންގެ ހިތެއް ނުރުހޭނެއެވެ.
ރަމްލާ ހީނގަތެވެ.
[އެންމެ ރަނގަޅެވެ. އަހަރެން ކަހަލަ ސްމާރޓް ފިރިހެނުން އުޅޭތޯ ނިކަން ޝަހަރަށްގޮސް ބަލާބަލާށެވެ. ނޫޅޭނެކަން ގައިމެވެ...]
[ބޭބެ އަންހެން ކުދިން ފަދައިން އަމިއްލަ ފަރިކަން ދެކެލައްވަނީ ތޯއެވެ.]
[ކޮއްކޯއެވެ. އަހަންނާ ހެދި މަރުދަން ޖެހެނީ ކިތައް އަންހެން ކުދިންކަމެއް އެބަ އެނގޭ ހެއްޔެވެ؟]
[އެހެންތޯއެވެ. ތިޔަވާހަކަ ދައްތަ ގާތުގައި ބުނުއްވިން ތޯއެވެ؟]
[ދައްތައަށް ހުރިހާކަމެއް އެނގޭނެއެވެ.]
އެވަގުތު ކިސްރާ ދައްތަ ސައި ހިފައިގެން އަތުވެއްޖެއެވެ.
[އަޅުގަނޑަށް ކޮން އެއްޗެއް އެނޭގެނެއޭ ތޯއެވެ؟....] ކިސްރާ ބުންޏެވެ.
[އަހަރެން.... އަހަރެންގެ ހުރިހާ ޙަރަކާތެއް.... އެހެންނޫން ހެއްޔެވެ؟] ޝާންބޭބެ ބުންޏެވެ.
[އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. އެކަމަކު ހަމަގައިމުވެސް ދެނެގަންނަން މަސައްކަތް އެބަކުރަމެވެ.]
[ނޫނެކެވެ. ދައްތާއެވެ. ކުރީގައި ބުނުއްވީ އެހެން ވާހަކައެކެވެ.]
[ޝާން ބުނުއްވީ ކީކޭތޯއެވެ؟] ސައިތަށި ގިރަމުން ކިސްރާ ދައްތަ ބުންޏެވެ.
[އަހަރެން ބުނީ އަހަރެންނަކީ ޝަހަރުގައި ހުރި އެންމެރީތި މީހާ ކަމުގައެވެ. އަދި ވަރަށްގިނަ އަންހެން ކުދިން އަހަންނާހުރެ މަރުދޭ ވާހަކައެވެ.] މިހެން ބުނަމުން އޭނާ އެއްލޯ މަރާލިއެވެ. އެއާއެކު ކިސްރާ ހީނގަތެވެ. ދެން ސައިތަށި ދީފާ ބުންޏެވެ.
[މިހާރު މިއުޅޭ ފިރިހެނުން އުޅެނީ އަބަދުވެސް އަންހެނުންގެ ކޮޅު ދަށްކޮށްލުމަށެވެ. ނިކަން ދެކެބަލާށެވެ. ފިރިހެނުން ރީތި ހެދުން އަޅާ ފާޑުފާޑުގެ ސެންޓުޖަހާ ހަދައިގެން ބޭރަށް މިނިކުންނަނީ އަންހެނުން މަގުފުރެއްދުމަށް ޓަކައެވެ. އަދި އަހަރެމެން ގޮވައިގެން ބޭރަށް ނުދަނީވެސް މީހަކާ އިނދެގެން އުޅޭ މީހެއްކަން އެނިދާނެތީއެވެ.
[ކިސްރާ އަހަންނާއެކު ބޭރަށް ހިނގައްޖިއްޔާ އަހަރެން ވަރަށް އުފާވެއެވެ. އެގޮތަކީ...] އޭނާ އަނެއްކާވެސް އެއްލޯ މަރާލިއެވެ. [ރަމްލާ އަހަންނާއެކު ހިނގާލަން ހިނގައްޖެއްޔާ ވަރަށް މަޖާވެސް ވާނެއެވެ. މީހުން ބުނާނެއެވެ. މާޝާﷲ އެވެ. ކިހާ ގުޅޭޖޯޑެއް ހެއްޔެވެ.]
މިވާހަކައަށް ކިސްރާ ދައްތަ ހިނިތުންވެލިއެވެ. އެކަމަކު ރަމްލާއަކަށް މިވާހަކަ ކަމަކު ނުދިޔައެވެ. އޭނާއަށް ހީވީ ހަމަ ގަސްދުގައި ކިސްރާ ދައްތައަށް ހާސްކަމެއް ދިނުމަށް އެވާހަކަ ބުނީ ކަމުގައެވެ. އެކަމަކު ކިސްރާ ދައްތަ އުފާވެރި ގޮތަކަށް ހިނިތުން ވެލީއެވެ. މިވާހަކަ އިވުމުން އޭނާއަށް މަޖާވި ކަހަލަ ގޮތަކަށެވެ.
[ޝާން ބޭބެއެވެ. ތިޔަ ދައްކަވަނީ ހުތުރު ވާހަކައެވެ.] ރަމްލާ އަނގައަށް ގޮތެއް ހަދާލާފައި ބުންޏެވެ.
[ކިހިނެއްވީ ހެއްޔެވެ. ތިޔައީ އަހަރެންގެ ފަހަރި ނޫން ހެއްޔެވެ؟]
[ފަހަރި ކަންގައިމެވެ...]
[އެހެންވިއްޔާ ޅިޔަނާއެކު ކްލަބަށް ދިއުމުން ވާނީ ކޮންކަމެއް ހެއްޔެވެ؟]
އެއާއެކު ތިންމީހުން ހީނގެންފިއެވެ.
[ޝާންއެވެ. ކޮންމެވެސް ދުވަހަކުން ރަމްލާ ގޮވައިގެން ކްލަބަށް ދުރުވެ ބައްލަވާށެވެ.]
[ނޫނެކެވެ.... އަޅުގަނޑު ނުދާނަމެވެ....] ރަމްލާ އަވަހަށް ބުންޏެވެ.
[އަހަންނާއެކު ދިއުމުން މީސްތަކުންގެ ލޮލުގައި ތިޔަ ރީތިކަން އަޅައިގަންނަ ވަރު އެނގިދާނެއެވެ.]
[ކިސްރާ ދައްތަ ދުރުވަންޏާ އަޅުގަނޑުވެސް މިހިރީ ދާން ތައްޔާރަށެވެ.]
[ނިކަން ދެކެ ބަލާށެވެ.] ޝާންބޭބެ ކިސްރާ ދައްތައާ ދިމާއަށް ބަލާލާފައި ބުންޏެވެ. [ދެންވާނީ ކޮން މަޖަލެއް ހެއްޔެވެ.] އެއްވެސް ކަހަލަ މަޖަލެއް ނުނެގޭނެއެވެ.
ކިސްރާ ހެމުން ތަށިތައް ނަގަންފެށިއެވެ. ޝާންބޭބެ ކޮޅަށް ތެދުވެއްޖެއެވެ.
[ދުރުވަނީ ކޮންތާކަށް ތޯއެވެ؟ ކިސްރާ ދައްތަ ސުވާލުކުރިއެވެ. ސައިބައްލަވާ ނިމުނީތޯއެވެ؟]
[ހެދުން ބަދަލުކޮށްލައިގެން އެބައަންނަމެވެ. އެހެންނޫނީ ކިސްރާގެ ކޮއްކޮގެ އެސްފީނާ ޖެހިދާނެއެވެ.]
[މިއުޅެނީ އަނެއްކާ ދެވަނަ ޔޫސުފް ނޫންބާވައެވެ.]
ޝާންބޭބެ ހޭންފަށައިފިއެވެ. ދެން އެތެރެއަށް ވަދެއްޖެއެވެ. އެނބުރި އައިރުހުރީ ކައިރު ކުލައިގެ ހެދުމެއްގައެވެ. އޭނާ ނުކުތީ ކުރުތާގެ މަތީގޮށް އަޅުވަމުންނެވެ. ހަރުވާޅާއި ކުރުތާގައި އޭނާ އަދި ވަކިން ރީއްޗެވެ. އެކަމަކު ރަމްލާ މިފަހަރަކު އޭނާއާ ދިމާއަކަށް ނުބަލައެވެ. އޭނާ ސައިތަށީގެ އެތެރެއަށް ބަލަހައްޓައިގެން އިނދެ ސައިބޮމުން ގެންދިޔައެވެ.
އޭނާ އިށީނުމާއެކު ކިސްރާ ދައްތަ ބުންޏެވެ.
[ރަމްލާ އައިތާ އެތަކެއްދުވަސް ވެއްޖެއެވެ. ކޮންމެވެސް ތާކަށް އޭނާ ގޮވައިގެން ދުރުވާންވީ ނޫންތޯއެވެ....]
[ކިސްރާ ދާންވީ ނޫން ހެއްޔެވެ؟] ޝާން ސަމާސާ ރާގަކަށް ބުންޏެވެ.
[މިކުދިން ގޮވައިގެން އަޅުގަނޑަކަށް ދެވޭކަށް ނެތެވެ.] ދެން އެފަކީރު ގޮވައިގެން ދުރުވާށެވެ.
[ނޫނެކެވެ. ދައްތާއެވެ.] ރަމްލާ އަވަސް އަވަހަށް ބުންޏެވެ. އަޅުގަނޑު ތަންތަނަށް ދާހިތެއް އެއްގޮތަކަށްވެސް ނުވެއެވެ. [އަޅުގަނޑަށް މަޖާވަނީ ހަމަ ގޭތެރޭގައި އުޅުމުންނެވެ.]
[މިއީ ހަމަ އަހަރެންގެ ޚިޔާލެކެވެ. ނިކަން ހަމައެކަނި އެއްފަހަރު ޒުލާ ހަމައަށް ގޮސްލަ ބަލާށެވެ.]
[އެއީ ކީއްކުރަން ތޯއެވެ.] ރަމްލާ ސުވާލުކުރިއެވެ.
[ރަމޫ މިހާރު ބިރުވެރި ޖަނަވާރު ދެކެ ލޯބިވާ ވާހަކަ އަޑުއިވިފައި ވާތީއެވެ.]
ރަމްލާގެ ހިތުގައި މުޅޮޔަކުން ޖެހިކަހަލައެވެ. ކިސްރާ ދައްތަގެ މޫނުގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ. އޭނާ ޝާންއާ ދިމާއަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ބުނަންފެށިއެވެ. [އަހަރެމެންގެ ރަމްލާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ.]
[ގޯސް ކުއްޖެކޭ އަހަރެން ބުނީ ކޮންއިރަކު ހެއްޔެވެ....؟] ޝާން ބޭބެ ބުންޏެވެ.
އެކަމަކު މިޖުމްލައަށްފަހު ރަމްލާއަށް އެއްވެސް އެއްޗެއް ބުނުމުގެ ހިތްވަރެއް ނުލިބުނެވެ.
ދެވަނައަށްވީ ދުވަހު ހެނދުނު ކާމޭޒުދޮށަށް ޝާންބޭބެ އައުމުން ރަމްލާ އިސްއުފުލާ ބަލާވެސްނުލާ ސައިތައްޔާރު ކޮށްދިނެވެ.
ޝާން އިރުކޮޅެއް ވަންދެން އޭނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން ބުންޏެވެ.
[ރަމޫއެވެ. އަނެއްކާ އިއްޔެކުރި ސަމާސާގައި ރުޅިއައީ ހެއްޔެވެ؟]
[އަޅުގަނޑު ރުޅިއެއް ނާދެއެވެ.]
[އެކަމަކު މިއަދު ހީވަނީ ރުޅި އައިސްފާ ހުންނަހެންނެވެ.]
[ޝާން ބޭބެއެވެ. އެއީ ސަމާސާއެއް ނޫނެވެ. ހަމަ ޙަޤީޤަތެވެ. އެކަންތަކާމެދު ނުރުހުންވާންވީ ކީއްވެގެން ތޯއެވެ؟]
[ނޫނެކެވެ.] ޝާންބޭބެ ގަދަކަމުން ހީނލަން އުޅުނެވެ. [އެއްވެސް ވާހަކައެއް ތެދެއްނޫނެވެ. އެއީ ހަމަ އަހަރެން ކުރި ސަމާސާއެކެވެ.]
[ސަމާސާކުރުމާއި ހިތުގައި ޖެއްސުމަކީ ބޭބެގެ ޙައްޤެއް ނޫންތޯއެވެ؟
[ރަމްލާއެވެ. ރުޅިއައިސްފާ ހުންނައިރު ކުޑަކޮށްވެސް ރީއްޗެއްނޫނެވެ. ހިނިތުން ވެލާށެވެ. އެހެންނޫނީ ކަލޭ ކޮއްޓާލަފާނަމެވެ.]
އޭނާ ގޮޑިން ތެދުވަން ފަށައިފިއެވެ. އެއާއެކު އަވަސް އަވަހަށް ރަމްލާ ހިނިތުންވެލިއެވެ.
[ޝާންބޭބެއެވެ. ތިޔަހެން ނުހައްދަވާށެވެ. އަޅުގަނޑު ގައިގާ އަތްނުލައްވާށެވެ.]
ޝާންބޭބެ އިށީނދެއްޖެއެވެ. ދެން ނާސްތާކުރަން ފަށައިފިއެވެ.
[ރަމްލާއަށް ނޭގެނީ ކަންނޭގެއެވެ. އަންހެން ކުދިން ރީތިވާނީ އަބަދުވެސް ހިނިތުންވެލާފައި ހުރީމައެވެ. ރީތި އެއްވެސް އަންހެން ކުއްޖަކު ހިތާމަވެރި ގޮތަކަށް ހުއްޓާ ބެލުމަކީ އަހަންނަށް ކުޅަދާނަކަމެއް ނޫނެވެ. ރީތި އަންހެން ކުއްޖަކު ހިތާމަވެރި ޙާލެއްގައި ހުއްޓާ ފެނިއްޖެއްޔާ އެކުއްޖެއްގެ ފައިބުޑަށް ދުނިޔޭގައިވާ ހުރިހާ އުފަލެއްގެނެސް ފުންޏަކަށް ޖަހާފާނަމޭ އަހަރެންގެ ހިތަށް އަރައެވެ.]
ރަމްލާގެ ލޯ ތެމެން ފަށައިފިއެވެ. އެހެންކަމުން އޭނާ އިސްޖަހާލިއެވެ.
[ރަމްލާ އައިދުވަހުން ފެށިގެން ތިޔަހުންނަނީ ހާސްކަމުގެ ތެރޭގައެވެ. މަތިމަރުވެފައެވެ. އަހަރެން އިރުއިރުކޮޅާ ސަމާސާކުރަނީ އެހެން ވެގެންނެވެ. ރަމޫއެވެ. އަހަރެން މިހާވަރަށް ހެއްވަން މަސައްކަތް ކުރާއިރު ތިޔަގޮތަށް ކުލަމަރުވެފައި ތިޔަ އިންނަނީ ކީއްވެގެން ހެއްޔެވެ؟]
[އަޅުގަނޑު އެއްވެސް ހިތާމައެއް ނުކުރަމެވެ.]
އާދައިގެ މަތިން އޭނާގެ ލޮލުން ކަރުނަތިއްކެއް ކޯތާފަތް މައްޗަށް ވެއްޓިއްޖެއެވެ. އެއާއެކު އޭނާ އިނގިލީގެ ކުރިން އެކަރުނަ ތިކި ފޮހެލިއެވެ.
ހަމްދަރްދީގެ ޚަންޖަރު ކިހާތޫނު ހެއްޔެވެ؟ އެޚަންޖަރުން ހަމްދަރުދީގެ ސަނދުވާ ފަޅާލައެވެ. އޭނާއަށް ހަމްދަރުދީ ވެދޭނެ މާތްމީހެއް މިފެނުނީ ކިހާ ދުވަހަކުން ހެއްޔެވެ؟ އޭނާގެ ނުކުޅެދޭ ހިތުގައި ޝާންބޭބެ ކިތައް ފަހަރު އަތްއެޅި ހެއްޔެވެ؟ އެވަގުތު ޝާންބޭބެއާ މެދު އޭނާގެ ހިތުގައި ވަރަށްމަތީ ޤަދަރެއް ދެވުނެވެ.
[މިއަދު ސައި ނުހަދަނީ ހެއްޔެވެ؟ ނުވަތަ ވިސްނަން އިންނަނީ ހެއްޔެވެ؟]
ޝާން ރަމްލާގެ ހިމޭންކަމުގެ ކޯރަށް ގާކޮޅެއް އެއްލާފައި އެކޯރުގެ ފެންގަނޑު ހަލަބޮލިކޮށްލުމުން ރަމްލާއަވަސް އަވަހަށް ސައިހަދާފައި ޝާންބޭބެގެ ކުރިމަތީގައި ބަހައްޓައިފިއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ **********************
* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު