ޝާހްރުކް ޚާން
ޝާހްރުކް ޚާން
އިންޑިޔާގެ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން އަކީ މުޅި ދުނިޔޭގެ ލޯތްބާއި ސަޕޯޓް ލިބެމުންދާ މަގްބޫލު ތަރިއެކެވެ. ނަމަވެސް އެހެން ފަންނާނުންކޭ އެއްފަދައިން ޝާހްރުކް ޚާން ވެސް ވަނީ އެކި ސަބަބުތަކާއި ހުރެ ގިނަ ފިލްމް ތަކެއް ދޫކޮށްލާފައެވެ.

މިގޮތުން ޝާހްރުކް ޚާން ދޫކޮށްލި ފަސް ފިލްމް މިވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމު ތަކުގެ ލިސްޓަށްވެސް އަރާފައެވެ.

3 އިޑިއަޓްސް

2009 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު 3 އިޑިއަޓްސް ގައި ލީޑް ރޯލު ކުޅުމަށް ފުރަތަމަ ހުށައެޅިފައިވަނީ ޝާހްރުކް އަށެވެ. ނަމަވެސް ޝާހްރުކްގެ ބަދަލުގައި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ އާމިރް ޚާންއެވެ.

ޖޯދާ އަކްބަރް

ޖޯދާ އަކްބަރް ގައި އަކްބަރު ގެ ރޯލުން ފެނިގެން ދިޔައީ ރިތިކް ރޯޝަންއެވެ. އަކްބަރުގެ ރޯލު ފުރަތަމަ ޝާހްރުކް އަށް ދެވުނު ނަމަވެސް، ރިތިން ދައްކުވައިދިން އެކްޓިންއާއެކު ރިތިކް ފިޔަވާ އިތުރު މީހަކަށް އަކްބަރުގެ ރޯލު އެފެންވަރަށް ނުކުޅެވޭނެކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

ކަހޯނާ ޕިޔާރް ހޭ

2000 ވަނަ އަހަރު ނުކުތް މިފިލްމަކީ ރިތިކް ރޯޝަން ފިލްމީ ދާއިރާ އަށް ނުކުތް ފިލްމެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޝާހްރުކް މިފިލްމު ދޫކޮށްލުމަކީ ރިތިކްގެ ނަސީބެވެ.

މުންނާބާއީ އެމްބީބީއެސް

މިފިލްމުގެ ލީޑް ރޯލު ކުޅުމަށް ފުރަތަމަ ހުށައެޅިފައިވަނީ ޝާހްރުކް އަށެވެ. ނަމަވެސް މިފިލްމުގައި ސަންޖޭދަތު ދައްކުވައިދިން އެކްޓިންއާއެކު ސަންޖޭދަތު ފިޔަވާ އިތުރު މީހަކަށް މިފިލްމުގެ ލީޑް ރޯލުގެ ތަރި ހުންނަން ވާނެ ސްޓައިލް ދައްކުވައިނުދެވޭނެ ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

ރަންގް ދެ ބަސަންތީ

2006 ވަނަ އަހަރު ނުކުތް ފިލްމު ރަންގް ދެ ބަސަންތީ ގައި ޝާހްރުކް ގެ ބަދަލުގައި ފެނިގެން ދިޔައީ އާމިރް ޚާންއެވެ.

މީގެ އިތުރުންވެސް ޝާހްރުކް ޚާން ދޫކޮށްލި ގިނަ ފިލްމްތަކެއް ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމު ތަކުގެ ލިސްޓަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން