އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢައްޔަން ކުރެއްވި މުހައްމަދު މިހާދު
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢައްޔަން ކުރެއްވި މުހައްމަދު މިހާދު
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނުކުރައްވައިފިއެވެ.

ރައީސް މުހައްމަދުި ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އެމްޑީ އަދި ސީއީއޯގެ މަގާމު ވެސް ފުރުއްވާފައިވާ މިހާދަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެމްބަރެކެވެ. އޭނާ މި މަގާމަށް އައްޔަނުކުރަށްވާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޒްވީ ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށްފަހުއެވެ.

މިހާދު އައިލެންޑް އޭވިއޭޝަނާ ހަވާލުވިއިރު އެކުންފުނި އޮތީ މާލީ ގޮތުން ދަތި ހާލަތެއްގައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ މީގެ ކުރިން ވިދާޅުވީ، ކޯވިޑް-19 އާއެކު ކުންފުންޏަށް ގެއްލުންވި ނަމަވެސް ގައުމީ އެއާލައިން، މޯލްޑިވިއަން ބަނގުރޫޓު ނުވާނެ ކަމަށާއި ކުންފުނި ދެމިއޮތީ ދިވެހިންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފާއިތުވީ ދެއަހަރު އެ ކުންފުނީގެ ދަރަނި 600 މިލިއަނަށް އަރާފައިވާ ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން