22 ވަނަ ބައި
..................
[އަޅުގަނޑުމެން އެންމެ ބެއިންގެ ތެރެއިން ރީތިހެދުން އަޅަނީ ކިސްރާ ދައްތައެވެ. އަދި ޝައުޤުވެރި ކަމާއެކު މޭކަޕް ކުރަނީވެސް އޭނާއެވެ.] ރަމްލާ އަވަހަށް ބުނެލިއެވެ. [އޮހހޯ].... ޝާންބޭބެ މޫނު ކުނިކޮށްލިއެވެ.
[ކިސްރާއަކީ އިންތިހާ ދަރަޖައިގެ ގޮތްކުޑަ އަންހެނެކެވެ. އެތައް ދުވަހެއް ވާއިރުވެސް ހެދުމެއް ބަދަލެއް ނުކުރެއެވެ. އެފަކީރު އާހެދުމެއް އެޅިކަމުގައި ވިޔަސް އެޔަކާމެދު ފަރުވާލެއް ނުބަހައްޓައެވެ.]
މިއަޑު އަހާފައި ރަމްލާ ކަރަންޓްގައި ޖެހުނު ކަހަލައެވެ.
ކިސްރާ ދައްތަ، ޝާންބޭބެއާ ހެދި ފުރާނައިން ޤުރްބާން ވަނީއެވެ. ރެޔާދުވާލު އެއިންނަނީ އޭނާގެ އުފަލުގައެވެ. އޭނާގެ އިޝާރާތާ އެއްގޮތަށް ޙަޔާތުގެ ނައު ދުއްވަނީއެވެ. އެއާ ޚިލާފަށް މި ޝާން ބޭބެއަށް ބަލާބަލާށެވެ. ދައްތަ ނެތްތަނުގައި އެފާޅުކުރަނީ ކޮންފަދަ މުޑުދާރު ޚިޔާލުތަކެއް ހެއްޔެވެ.
ހަމައެވަގުތު އެންމެން ތެދުވެގެން ހޯލްގެ އެތެރެއަށް ހިނގައްޖެއެވެ. ރަމްލާވެސް ޒައިނަބުގެ އަތުގައި ހިފައިގެން ކޮޅަށް ތެދުވެއްޖެއެވެ. ހޯލްތެރޭން ވަރަށްގިނަ މީހުންނާ ޝާންބޭބެ ސަލާމްކުރަމުން ގެންދިޔައެވެ. އެތައްބަޔަކު ރަމްލާއަށް ބަލާލާފައި ހީނލައެވެ. ދެތިން މީހަކު، މިސިޒް ޝާން ހެއްޔޭވެސް އަހާލިއެވެ.
[އެއީ ކާކުތޯ ނިކަން އަހާލަ ބަލާށެވެ.]
[ޝާންބޭބެ ކޮންމެ މީހަކަށް މިކަހަލަ ކޮންމެވެސް ޖަވާބެއްދެއެވެ. އެކަމަކު ޒައިނަބަށް، ދައިފުޅާއޭ ކިޔާގޮވާ ވާހަކަވެސް ދައްކައެވެ. ރަމްލާއަކަށް މިކަމެއް ރަނގަޅެއް ނުވިއެވެ. އަދި ޚުދް އޭނާ އަންހެންވެރިން ގާތުގައި، މިޝާންއަކީ އޭނާގެ ޅިޔަނަކޭބުނެ ތަޢާރަފް ކޮށްދޭން ފަށައިފިއެވެ. އޭނާގެ ދައްތަ މިދުވަސްކޮޅު އުޅެނީ ވިހައިގެންކަމާއި، މިހުރިހާކަމެއް އޮޅުން ފިލުވައިދޭން ފަށައިފިއެވެ.
ތަންބޯލާ ފެށިއްޖެއެވެ. އެކަމަކު ރަމްލާ ބައިވެރިއެއް ނުވިއެވެ. ޝާންބޭބެ ވަރަށް ގަދަދެއްކިއެވެ. އޭނާ ބުންޏެވެ. އެއީ ނަސީބު ވަޒަންކުރާ އެއްޗެކެވެ. ރަމްލާ ބައިވެރި ވެއްޖިއްޔާ ފަހަތުން އައިސް ނަސީބު އަތުގައި ހިފާނެކަން ކަށަވަރެވެ. އެކަމަކު ރަމްލާ ކަނޑައެޅިގެން ކުރީ އިންކާރެވެ. އޭނާ އުނގުގައި ޒައިނަބު ބައިންދައިފިއެވެ. އަދި ސޯފާގައި ހަމަޖެހިލައިފިއެވެ.
[ތިޔަ ކުޅިވަރުގައި ބައިވެރިވާ ހިތެއް އެއްގޮތަކަށްވެސް ނުވެއެވެ. އަޅުގަނޑު ބަލަން އިންނާނީއެވެ.]
ދުރުގައި އިނދެގެން އޭނާ ބަލަމުން ގެންދަނީ ކުޅިވަރެއްނޫނެވެ. ހޭލަމޭލަ ވަމުންދާ މީހުން ތަކަށެވެ. އޭނާގެ ނަޒަރު އަންހެނުންނާ ދިމާއަށް ހުރިކަމުގައިވިޔަސް ފަރުވާތެރި ކަމާއިއެކު ބެލެމުންދަނީ ފިރިހެނުންނާ ދިމާއަށެވެ. މީހަކާ އިނުމުގެ ކުރީގައި އޭނާ މިގޮތަށް ފިރިހެނުންނަކަށް ނުބަލައެވެ. އޭނާގެ ސިކުނޑީގައި ފިރިހެނުންގެ ރީތިކަމާއި ބެހޭގޮތުން އެއްވެސް ކަހަލަ އަސަރެއް ނުހުރެއެވެ.
އެކަމަކު މިއަދު އޭނާ އެކަކު އެނަކަކާ އަޅާ ބަލަނީއެވެ. އެކަކު ދޮނެވެ.... އަނެކަކު ކަޅެވެ.... އެކެއްގެ ގައިގާ ހުރީ އޮޅަލި ކުލައެވެ.... އެކަކު ހުރީ އައިނު އަޅައިގެންނެވެ.... އަނެކަކު ދިގުވެފައި ޖެހިގެންހުރި މީހާގެ އިސްކޮޅު ކުރެވެ.... އެކަމަކު މިހުރިހާ ވައްތަރެއްގެ މީހުން ތިބިތަނުންވެސް އެމީހަކު ފެނުމުން އޭނާގެ ތަބީޢަތު ގޯސްވެ ހޮޑުލަވާ ވައްތަރުގެ މީހަކު ފެނުނެވެ.
ކައިވެނީގެ ކުރީގައި އޭނާއަކީ، ވަރަށް ޒީލަގަދަ އަންހެން ކުއްޖެކެވެ. ހަޑިހުތުރު ފިރިހެނަކު ކުޑަގޮތަކަށް ބަލާލިއަސް ވަގުތުން ލޯބޮޑުކޮށް ނޭފަތް ކުނިކޮށްލައެވެ. އަދި ބުނެލައެވެ.
[ކަލެޔަކީ ކޮންފަދަ މުޑުދާރު މީހެއް ހެއްޔެވެ؟]
އެހެން ނަމަވެސް މިއަދު އޭނާގެ ކުރިމަތީގައި ހުރިހާ ފިރިހެނުން ހަމަހަމައެވެ. އެހެނީ އޭނާއަށްވަނީ އިންތިހާ ދަރަޖައިގެ ސިފަ ހުތުރު ފިރިހެނަކު ލިބިފައެވެ.
މިތާނގައިތިބި ފިރިހެނުން އެމީހެއްގެ ގޮތުގައި ފުރިހަމައެވެ. އެމީހުންގެ އަނބިންނަށް ބަލާލާއިރު އެމީހުންވެސް ފެންނަނީ އުފާ ފާގަތިކަންމަތީ ތިއްބައެވެ. ހިތްހަމަޖެހިފައި ތިބިކަން ދޭހަވެއެވެ. އެކަމަކު ތިމާގެ އަނބިންނަށްވުރެ ތަންކޮޅެއް ރީތި ފިރިހެނުންވެސް މިޙަފްލާގައި ބައިވެރިވެފައިވެއެވެ. ނަމަވެސް އެންމެންވެސް ތިބީ ހިތްހަމަޖެހި އުފާވެފައެވެ.
މިތާނގައި މިހާވަރަށް މަޖާނަގަމުން ގެންދާއިރު އެއްގޮތަކަށްވެސް ރަމްލާ އުފާވެފައި އިންދައެއް ނުފެނެއެވެ. އެއްބަޔަކު މަޖާނަގަނީއެވެ. ރަމްލާ ފިކުރު ކުރަނީއެވެ. ތަފާތު ދެފަރަގެވެ.
އޭނާއާއި މުޢާޒުއާއިހުރި ފަރަގެވެ. ރޭގަނޑާއި ދުވާލުގައި ހުރި ފަރަގެވެ.
ރޭގަނޑާއި ދުވާލު އެކަތި އަނެކަތީގެ އަތުގައި ހިފައިގެން ނުހިނގޭ ބީދައިން އެދެމީހުންވެސް އެކުގައި އެއްތަނަކުން ނުފެނެއެވެ. ރަމްލާގެ ހިތުގައިއޮތީ ކިހާ އުއްމީދެއް ހެއްޔެވެ؟ ކައިވެންޏަށްފަހު ފިރިމީހާއާއި އެކުގައި މުޅި ދުނިޔޭގައި އުދުހުމަށް އޭނާކުރި އުއްމީދުތައް ކޮބައި ހެއްޔެވެ؟ އޭނާ ޢަޒުމް ކަނޑައަޅާފައި އޮތީ ކައިވެންޏަށްފަހު ދުނިޔޭގެ އެތަން މިތަނަށް ދިއުމަށެވެ.... ތަންތަން ބަލާލުމަށެވެ. އެއީ އޭނާ ވަރަށް ޝައުޤުވެރިކަން ހުންނަ ކަމެކެވެ. އުފަލުގައި ބުރު ޖެހުމަށާއި ލޯބީގެ މަސްތުކަމުގެ ތެރޭގައި އުދުހުމަށް އޭނާހުރީ ވަރަށް ބޭނުންވެފައެވެ. އޭނާހުރީ އުފާވެރި މިޒާޖުގެ ރީތި ފިރިހެނެއްގެ އިންތިޒާރުގައެވެ. އެމީހަކާ ދިމާއަށް ބަލާލާހިނދު އިޙްސާސްތަކުގެ ހުރިހާ ބައްތިތައް އެއްފަހަރާ ދިއްލިގެންދާ ފަދަ ރީތި ފިރިހެނެއްގެ އެދުމުގައެވެ.
އެހެން ނަމަވެސް މިއަދު އެ އުއްމީދުތައް ވަނީ ނާއުއްމީދުގެ ހިތާމައަށް ބަދަލުވެފައެވެ. އަދި އެހިތާމަތައްވަނީ ކަރުނައިގެ ކައްވަޅުގައި ވަޅުލާން ޖެހިފައެވެ. ޚުދު އޭނާ ފިރިމީހާއާއެކު ހިނގުން އާދަނުކުރާހާ ހިނދު އޭނާއާމެދު މުޖުތަމަޢު ރުހޭނެ ބާވައެވެ. ނުރުހޭނެއެވެ. އަޅާ ކޮންމެ ފިޔަވަޅެއްގައި މީސްތަކުންގެ މަލާމާތުގެ ލޮންސިތައް ހިތަށް ހެރޭނެއެވެ. މިގޮތަށް މީސްތަކުންގެ ޒަހަރުން ކަޅިވެފައިވާ ޖުމްލަތައް އަޑުއެހުމުގެ ކުޅަދާނަކަމެއް އޭނާއަކަށް ލިބިފައެއްނެތެވެ. މިއަދު އަނެއްކާވެސް ނާއުއްމީދުގެ ބަލިގަނޑު އޭނާއާއި ކުރިމަތި ލައިފިއެވެ.
ގޭމް ނިމުމުން ޝާން އައުމާއެކު އޭނާ ފެނިފައި ޙައިރާން ވެއްޖެއެވެ.
[ރަމޫއެވެ. ކިހިނެތްވީ ހެއްޔެވެ؟ ވަރުބަލިވެފައި އިންހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟]
[މާގިނައިރު މިހެން އިނުމުން ވަރުބަލިވީއެވެ.] ރަމްލާވެސް ވާހަކަ ހަދާލިއެވެ.
[ނިކަން ދެކެބަލާށެވެ.] ޝާންބޭބެގެ އަތުގައި ނޫޓް ބޮނޑިއެއް އޮތެވެ.] ރަމްލާގެ ނަމުގައި ކުޅުނު ހުރިހާ ގޭމަކުން އަހަރެން މޮޅުވީއެވެ. އަހަރެންގެ ނަމުގައި ކުޅުނު ހުރިހާ ގޭމަކުން ބަލިވީއެވެ.... ރަމްލާއަކީ ވަރަށް ނަސީބު ރަނގަޅު ކުއްޖަކީމުއެވެ.]
ރަމްލާ ހިތިގޮތަކަށް ހިނިތުން ވެލިއެވެ.
[އަންނާށެވެ. ކޮންމެވެސް އެއްޗެއް ކާލަންދަމާ ހިނގާށެވެ.]
[ނޫނެކެވެ....] ރަމްލާގެ މޫނުމަތީގައިހުރީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
[ރަމްލާގެ ނަމުގައި ލިބުނު ފައިސާއިން މިއަދު ކޮންމެހެންވެސް ކާންދޭނަމެވެ.]
[އަޅުގަނޑު އެއްވެސް އެއްޗެއް ކާހިތެއް ނުވެއެވެ. އަޅުގަނޑަށް ހީވަނީ ޒޭނޫވެސް ނިދިއަންނަނީ ހެންނެވެ. ދެން ގެއަށްދާންވީ ނޫންތޯއެވެ.]
ޝާންބޭބެ ކުރިއަށް ޖެހިލާފައި އޭނާގެ ފިނި އަތުގައި ހިފައިފިއެވެ. ރަމްލާ ޖެހިލުންވެހުރެ ވަގުތުން ތެދުވެއްޖެއެވެ. އެންމެންގެ ކުރިމަތީގައި ޝާންބޭބެގެ ޢަމަލުތައް ހުރިގޮތް އެއްގޮތަކަށްވެސް ރަމްލާއަކަށް ކަމަކު ނުދިޔައެވެ... އޭނާ މަޑުމަޑުން ޝާންގެ ފަހަތުން ހިނގައިގެން ފިއެވެ.
ރަމްލާވެސް ލޭގެ ކޯވަރުތައް ބޮމުން މޭޒުދޮށުގައި އިށީދެއްޖެއެވެ.
ވޭޓަރ އުލަކަށް ޖަހާފައި އޮތް ކުކުޅެއް ގެނެސް މޭޒުމަތީގައި ބޭއްވުމުން ރަމްލާއަށް ހީވީ އޭނާގެ ހިތް އުލަކަށް އަމުނައިގެން ގެނެވިފައިވާ ހެންނެވެ. އޭނާގެ ހިތްވެސް އޮތީ މިފަދަ ޙާލެއްގައެވެ.... އަނދަމުން ލޭތިކި ތަޅަމުން ދިޔައެވެ.... ދުން އަރަމުން ދިޔައެވެ. އަދި އެހިތް އެއްވެސް މީހަކަށް ނުމެފެނޭމެއެވެ.... އެވަގުތު ޒައިނަބު އިނީ ބަނޑުހައިވެފައެވެ. އެހެންކަމުން އޭނާ ޒައިނަބު ނަގާ އުނގުގައި ބައިންދައިގެން ކާންދޭން ފަށައިފިއެވެ. ބައެއް ފަހަރަށް ހިތާދެކޮޅަށް އޭނާވެސް އެތިކޮޅެއް ކާލައެވެ.
މިތާގައިވެސް އޭނާ އިންނަނީ ކޮޅުކޮޅު މައްޗަށް ކަޅި ހިންގާލަ ހިންގާލައެވެ. ގިނައީ ކައިވެނި ޖޯޑެވެ. އެމީހުން އެކަކު އެނަކަކާ ސަމާސާކޮށް ކުޅިޖަހަމުން ގެންދެއެވެ. އެއްދުވަސް ވަރެއްގައި އޭނާވެސް މިހުވަފެން ދުއްޓެވެ. އޭނާގެ ކޮންމެ ހުވަފެނެއް ބިނާވެގެން ދިޔައީ ފިރިމީހާއާއި އެކުގައެވެ. އޭނާ ކައިވެނީގެ ކުރީގައިވެސް އެއްވެސް މީހަކާއެކު މިކަހަލަ ގޮތަކަށް ނޫޅެއެވެ. އެހެނިހެން ރީތި އަންހެން ކުދިން ފަދައިން ފިރިހެން ކުދިންނަށް ތިމާގެ ތިއްތިކަން ދައްކާކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ހަމައެކަނި އޭނާއަކީ ޒަމާނީ ތަހްޒީބުގެ އަންހެން ކުއްޖެކެވެ. އޭނާގެ ހުރިހާ އުއްމީދެއް ފުރިހަމަ ކުރުމަށް ގަސްދުކޮށްފައި އޮތީ ކައިވެންޏަށް ފަހުގައެވެ.
އެކަމަކު ނަސީބު، މިކުޅެނީ ކޮންފަދަ އަޖައިބު ކުޅިގަނޑެއް ހެއްޔެވެ؟ މިހާރު އޭނާގެ ބަނޑުގައި އޮތީ އެފިރިހެނަކާއެކު އޭނާގެ އެއްވެސް އުފަލެއް ބައިވެރިކުރުވަން ނޭދޭ ފިރިހެނެއްގެ ދަރިއެކެވެ.
އެނބުރި ގެއަށްއައި މަގުމަތީގައި ކާރުތެރޭގައި އޭނާ އިނީ ނެގިމަޑުވެފައެވެ. ޒޭނޫ އޭނާގެ މޭގައި ބޯ ޖައްސާލައިގެން ނިދާފައި އިނެވެ. އެހެންކަމުން އޭނާ ޒޭނޫގެ ގައިގާ އެއްއަތުން ހިފަހައްޓާލައިގެން އަނެއްއަތް ސީޓްގެ ލެނގޭބައިގާ ބާއްވާލިއެވެ. އޭނާ އަބަދުވެސް އިންނަނީ ޝާންބޭބެގެ ކައިރީގައި ކުރީ ޝީޓްގައެވެ. ފަހަތުގައި އިންނަން އޭނާ ނުރުހެނީއެވެ.
[ރަމޫއެވެ....] ޝާން ވަރަށް ހަލުއިކަމާއެކު ކާރު ދުއްވަމުން ދިޔައެވެ. [އަހަންނަށް ހީވަނީ ރަމްލާ އަބަދުވެސް އިންނަނީ ކޮންމެވެސް ޚިޔާލެއްގެ ތެރޭގައި ހެންނެވެ.]
[ނޫނެކެވެ. ޝާންބޭބެއެވެ.]
[އެންމެ ރަނގަޅެވެ. އަހަންނަށް ނުފޮރުވާށެވެ. އަހްނަނަކީ ރަމްލާއަށް ނަސޭހަތް ދެވޭވަރުގެ ގާތްތިމާގެ މީހަކީމެއް ނޫނީމެވެ.]
[ކީކޭތޯއެވެ؟]
[ރަމްލާ މުޢާޒުއާ ނުރުހޭކަން އަހަންނަށް އެނގެއެވެ.]
ރަމްލާ ހިމޭންވެއްޖެއެވެ. ސީޓްގެ ލެނގޭބައިގައި އަޅުވާލެވިފައި އޮތް އޭނާގެ އަތް، އެއްވެސް އިޚްތިޔާރަކާއި ނުލައި ވެއްޓިއްޖެއެވެ.... އެއާއެކު އޭނާ ސީޓްގައި އަތް ވިއްދާލާފައި ހަމަޖެހިލިއެވެ. އޭނާ ޖަވާބެއް ދިނުމަށް މަސައްކަތް ކުރިއެވެ. އެކަމަކު އޭނާގެ ދޫ ތަޅުލެވިއްޖެއެވެ... މިއަދު އޭނާ އިނީ ވަރަށްބޮޑަށް ހިތާމަވެރި ވެފައެވެ. އެހެންކަމުން އެކަން ސިއްރުވެސް ނުކުރެވުނީއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ ***********************
ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު