އިދިކޮޅު ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު
އިދިކޮޅު ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު
މި ދެ އަހަރު ކުރެވުނު މަސައްކަތްތަކާމެދު ފަޚުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ރައީސް އަށް ވަރުގަދަ ސުވާލުތަކެއް އަމާޒުކުރަށްވައިފިއެވެ.

އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއު އެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި މި ސަރުކާރަށް ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާއިން ކާމިޔާބީތަކެއް ޙާސިލް ކުރެވިފައިވާ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ތަރުޖަމާން ހީނާ ވިދާޅުވީ، މި ދެއަހަރު އެތަށް އާއިލާއެއް ބިކަވެ ނިކަމެތި ވެއްޖެ ކަމަށެވެ. އަދި އެތަށް ޒުވާނުންގެ ވަޒީފާ ގެއްލިއްޖެ ކަމަށާއި، އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ނުދެވުނު ކަމަށެވެ. ހީނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ދެއަހަރުގެ ތެރޭގައި ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަންކޮށް މާލިއްޔަތު ހުސްކޮށްފައިވާ ކަމަށެވެ. އަދި ރޯޔަލްސް އަށް ޒީރޯ ޓޮލެރެންސް އެއް ނެތް ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ މި ސަރުކާރުގައި ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ މީހުންނަށް އެއްވެސް އިންސާފެއް ނުލިބުނު ކަމަށް ވިދާޅުވެފައެވެ. އަދި ނޫ އިޤްތިޞާދުގެ ނާރެހަކީ ރައްޔިތުން ޖޫރިމަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

" މަސްވެރިން ނިކަމެތި ކޮށްފި. ފަނޑިޔާރުގޭގައި ސަރުކާރުގެ ހަތަރެސްފައި. މިކަން ކަމަށް ވެސް މަނިކުފާނު ފަޚުރުވެރި ވޭތޯ؟" ހީނާ ސުވާލު ކުރަށްވާފައިވެއެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުން އެކުލަވާލި އަނިޔާވެރި ގާނޫނުތައް އުވާލާފައިވާ ކަމަށާއި އަދި ނޫސްވެރިންނާއެކީ އޮތް ގުޅުން ރަނގަޅު ކުރެވިފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދާއިރާއިން ބޭރުގެ ގުޅުންތައް ހަރުދަނާ ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-17

އިބުރާހިމް

16-Jan-2021

ސޯލިހުފަހުރުވާންޖެހޭތާ. މުލިގައުގަނެއްވިއްޔާހާލުގަނުޖެހޭހަމައެކަކުވެސް މުލިގައުމުބަޑައްޖެހިއްޖެ އެކަމާފަހުރުވެރިވަނީ މުލިގައުމުފުޑާލެވިއްޖެ ފަހުރުވެރިވާނެތާ ލިޔަންކިޔަންވެސްނޭގޭމީހަކުވެރިކަމައްއާދެވުނީމާވާންހަތަރެތިވެނިމުނީ ވެރިކަމައްހޮވަފެނަކުންވެސްއާދެވިދާނެކަމައްނުފެންމީހަކައް ވައްކަންކޮއްފަވޯޓުއޮލުވާއިގެންވެރިކަންލިބިއްޖެތާ ވާނުވާނޭގޭމީހަކައްވީމަފަހުރުވެރިވަނީ ހިތްހަމަޖެހޭވަރައްވައްކައްކުރެވުނީމަފަހުރުވެރިވަނީ މުސްކުލިއަންހެނުންޒުވާންއަންހެނުންނަންއަނިޔާކުރެވުނީމާފަހުރުވެރިވަނީމުލިގައުމުހުސްކޮއްލެވުނީމާހިތްހަޖެހެނީހުސްވައްކަން ހުސްވައްކައަންމުލިގައުމަދުވަނީވައްކައްކުރާވަސް ސުކުރިއްޔާ...... ....... ..... ........ ....... .... .... .... ..... .... ...... ...


13

މާވަޑި

13-Jan-2021

ގައުމު ކޮޅައް ޖަހަންތޯ ބޮޑެތިންނައް ގިނައަދަދު ތަކުން ރުފިޔާ ބަހަމުން ތިދަނީ


12

ބޯގުޑީ

12-Jan-2021

ހީނާކަަލޭއައްނޭގެނީތަ މީހުން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިގ


2

ހަސަން ނިހާދު

12-Jan-2021

ވާ ގޮތަކީއް ސަރުކާރުއް މިހާރު އޮތީއް ސޯޓުއް ބޭލިފަ


-1

އާދަންބެ

12-Jan-2021

ހީނާމެންގެ ސަރުކާރުގަ ތިކަންކަން ހުރީ ކިހިނެއްތޯ؟


0

އީސަބެ

12-Jan-2021

ތިޔަކުރެއް ވަރަށްވެސް ރަނގަޅު ސުވާލެއް


4

މޯޑު

12-Jan-2021

ތިމާމެން ބޮޑު މާފިޔާ ވެރިކަމެއްކޮށް މުޅިދައުލަތް ލޫޓުވާލައި ދައުލަތުގެ ނަމުގާ ބޮޑެތި ލޯނުތައްބަގައި ދައުލަތްއެކީ ދަރަނިވެރި ކޮއް ވެރިކަން ވެއްޓުމުން ދެންގަވްމު ކޮޅައް ޖަހަން ރައީސް ކުރައްވާ މަސައްޖަތް ޕުޅައް ސުވާލު އުފައްދަން އަމިއްލަޔަށް ލަދުގަނެބަލަ



ޓްރެންޑިން