ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (ވ) އާއި މުޙައްމަދު ލަތީފް (ކ)
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (ވ) އާއި މުޙައްމަދު ލަތީފް (ކ)
އައްޑޫ ޕޮލިސް އިންސްޓިޓިއުޓް ޢިމާރާތް ހުރި ބިމުގެ ވާހަކަ ދައްކަން ޕީޕީއެމްގެ ކެންޑިޑޭޓުން ލަދު ގަންނަން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރިޓަޔަރޑް ދީދީ މިމޭރުމުން ވިދާޅުވީ، އައްޑޫގައި އިންޑިއާ ސަރުކާރުން އިމާރާތްކުރާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް، ޕީޕީއެމްގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަށްވާ މުޙައްމަދު ލަތީފު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ޑީޑީ ވިދާޅުވީ، އައްޑޫގައި ހަދަނީ ޅ އަތޮޅު ދިއްފުށިމާދޫގައި އަޅަން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު އިންޑިއާއާއެކު އެއްބަސްވި ނޭޝަނަލް ކޮލެޖް ފޯރ ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް ކަމަށެވެ. އަދި އެއީ އެކެޑަމީއެއް ނޫންކަމަށް ޑީޑީ ވިދާޅުވިއެވެ. ޑީޑީ ވިދާޅުވީ އެއީ ކޮލެޖެއް ކަމަށާއި އެތަން ޤައުމީ ޔުނިވަރސިޓީ އާއި ގުޅުވާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

"ޅ. ދިއްފުށިމާދޫގައި އަޅަން ނިންމާފައިވާ ތަނެއް އައްޑޫގެ ގެސްޓްހައުސް ވިޔަފާރީގެ އެންމެ މުހިންމު ސަރަޙައްދަށް ބަދަލުކުރަން ނިންމީ ރައީސް ވަޙީދުގެ ވެރިކަމުގައި. ބަދަލުކޮށް މަސައްކަތް ފެށީ ރައީސް ޔާމީންގެ ވެރިކަމުގައި. ދެން ޕީޕީއެމްގެ ކެނޑިޑޭޓް ދައްކަވަން ތާހިރު ވާހަކައެއް ނޫން ތިޔައީ." ލަތީފަށް ރައްދުދެއްވަމުން ޑީޑީ ވިދާޅުވިއެވެ.



ޑީޑީ ވިދާޅުވީ، އޭނާ އުންމީދު ކުރަށްވަނީ އެ ޕޮލިސް ފެސިލިޓީތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މިސަރުކާރުން ޤައުމީ ޔުނިވަރސިޓީގެ ކޮލެޖްތަކަށް ބަދަލުކޮށް ޤާނޫނާއި، ޤާނޫނު ތަންފީޒުކުރުމާއި، ނޭޝަނަލް ސެކިއުރިޓީ ސްޓަޑީސް ކިޔަވާ ދިނުމަށް އެތަން ބޭނުން ކުރަށްވާނެ ކަމަށެވެ. އަދި އެތަން ފަހުން މެޑިކަލް ކޮލެޖަކަށް ބޭނުންކުރެވޭނެ ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.

ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރޭނިން ސްކޫލެއް އަޅަމުންދާއިރު އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެ ސުވާލަށް އައްޑޫ ކައުންސިލުން ވެސް، ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ އެމްބަސީން ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

އަދި އޭނާ އަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ މި އަޅާ ޓްރޭނިން ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

އައްލާގެފުތާ

13-Jan-2021

ތުއްބީގެދީދީމިސަރުކާރުންމަގާމައް ލިބޭތޯލައްކަމަސައްކައްތެބެކެރައި



ޓްރެންޑިން