އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލްގެ ގްރޭޑް ތިނެއްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ބުނީ އެސްކޫލްގެ ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެފައިވަނީ މިއަދު ކަމަށެވެ. އަދި އެކޭސްއާއި ގުޅުންހުރި އިތުރު ޓީޗަރުންތަކެއް ފާހަގަ ކުރެވިފައިވާތީ އެޓީޗަރުން ކަރަންޓީން ކޮށްފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެ ޓީޗަރާއި އެ ސްކޫލްގެ އެއްވެސް ދަރިވަރަކާއި ދިމާވެފައިނުވާތީ ކޮންޓެކްޓުންގެ ގޮތުގައި ދަރިވަރުން ނުހިމެނޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ނަމަވެސް މި ކޭސްއާއި ގުޅިގެން ކަރަންޓީން ކުރީ ކިތައް ޓީޗަރުން ކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 2020-2021 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެގޮތުން ސްކޫލަށް ދަރިވަރުން ވައްދާއިރު ފިނިހޫނުމިން ބެލުމާއި، މާސްކު އެޅުމުގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުން އަތް ދޮވުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި ކުރިއަށް ގެންދެއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،277 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސަސްގެ ޢަދަދަކީ 717 އެވެ.


ކިޔުންތެރިންގެ ހިޔާލު


7

ވަޅޯމަސް

16-Jan-2021

ގޯގަމާރުބަޔަކުނިކުމެގެންމަގުމަތީތެޅިބާލާއިރުސަރުކާރުންދޫދީފައޮތުމީބަލިކޮންޓުރޯލްވާނެކަމެއްނޫން



ޓްރެންޑިން