އަލްހާން ފަހުމީ (ވ). ރައީސް ނަޝީދު (މ). ރައީސް ޞާލިޙް (ކ)
އަލްހާން ފަހުމީ (ވ). ރައީސް ނަޝީދު (މ). ރައީސް ޞާލިޙް (ކ)
ހިންނަވަރަކަސް ވެރިކަން ކުރެވިދާނެކަން ސާފު ކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަ ކުރަށްވާނެ ކަމަށް އިޢުލާނު ކުރަށްވާފައިވާ އަލްހާން ފަހުމީ ރައީސް ޞާލިޙަށް ތަޢުރީފު ކުރަށްވައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިޔާސީ ތޫނުފިލިކަމާއި، ވެރިކަން ކުރެއްވުމުގެ ވައްޓަފާޅި އަޅާކިއުއްވައި އަލްހާން މިއަދު ވަނީ ޓްވީޓެއް ކުރަށްވާފައެވެ. އަލްހާން ވިދާޅުވީ، ދެ ބޭފުޅުންނަކީ ކުޑައިރުއްސުރެ ޒަމާންވީ، ގާތް ދެ އެކުވެރިން ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ޚިޔާލާ ފިކުރު ލައްކަ ތަފާތު ކަމަށް އަލްހާން ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ މާ ތަޖްރިބާކާރު ތޫނުފިލި ބޭފުޅެއް! ރައީސް މުޙައްމަދު ނަޝީދަށްވެސް މިހާރު އެކަން ޤަބޫލުފުޅު ކުރެއްވޭނެކަމަށް އުންމީދުކުރަން! ހިންނަވަރަކަސް ވެރިކަން ކުރެވިދާނެކަން ސާފު!" އަލްހާން ވިދާޅުވެފައިވެއެވެ.



އަލްހާން ރައީސް ޞާލިޙަށް ތަޢުރީފު ކުރަށްވާފައިވާއިރު، އަލްހާނަކީ ރައީސް ނަޝީދަށް ސިޔާސީގޮތުން ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަމުންގެންދާ ގިނަ ކަންތައްތަކުގައި އަލްހާންގެ ސިޔާސީ ވިސްނުން ރައީސް ނަޝީދާ ވަރަށް ބޮޑަށް ތަފާތެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ލަސްވަމުންދާތީ އެކަމުގައިވެސް އަލްހާން ގެންދަވަނީ ސަރުކާރާ މަޖިލީހަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ލާމަރުކަޒީ ވެރިކަން ދުސްތޫރީ އިމުން ބޭރުން ހިންގުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ޑީއާރުޕީން ސިޔާސީ ޙަޔާތް ފެއްޓެވުމަށްފަހު އަލްހާން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީއާވެސް ގުޅިވަޑައިގެންފައެވެ. އަދި ފަހުން ޖޭޕީގައި ޙަރަކާތްތެރިވުމަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމް އަށްވެސް ސޮއި ކުރެއްވިއެވެ. އޭގެ ފަހުން އެނބުރި ޖުމްހޫރީ ޕާޓީއާ ގުޅުމަށް ފަހު ފަހުން އަލްހާން ވަނީ އެޕާޓީންވެސް ވަކިވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޙަސަންފުތާ

16-Jan-2021

ސިޔާސީ ރަންޑިއެއް!



ޓްރެންޑިން