ޑރ. އިބްރާހިމް ޝިޔާމް (ކ) އާއި ޑރ. މުޢިއްޒު (ވ)
ޑރ. އިބްރާހިމް ޝިޔާމް (ކ) އާއި ޑރ. މުޢިއްޒު (ވ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގެންނެވުމުން އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުޢިއްޒު ހިންގެވީ ހުސް ޖަރީމާ ކަމަށް ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރަށްވާފައިވާ ޑރ. އިބްރާހިމް ޝިޔާމް ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުން އޭނާ އަށް އިތުބާރުކުރުމަށާއި، މާލޭގެ ރައްޔިތުން ނިކަމެތިވިޔަ ނުދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ޑރ. މުޢިއްޒު ވިދާޅުވުމާ ގުޅިގެން ޑރ. ޝިޔާމް ވަނީ އެކަމަށް ފާޑު ވިދާޅުވެ މުޢިއްޒުއަށް ރައްދު ދެއްވާފައެވެ. އެގޮތުން ޑރ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ބަލިވެ ވަޑައިގެންނެވުމުން އެދުވަހު ޑރ. މުޢިއްޒުވަނީ ސިޔާސީ ބޭނުމަށް ނިކަމެތި ރައްޔިތުމީހާ ގަނަތަޅުވާފައި ކަމަށެވެ. އަދި މިއަދުވެސް ޑރ. މުޢިއްޒު ކުރަށްވަމުން އެ ގެންދަވަނީ އެ މަސައްކަތް ކަމަށް ޑރ. ޝިޔާމް ވިދާޅުވިއެވެ.

ޑރ. ޝިޔާމް ވިދާޅުވީ، "ވޯޓުން ބަލިވުމަށްފަހު އިބޫ ހުވާކުރި ވަގުތާ ހަމަޔަށް ހައުސިންގ މިނިސްޓްރީ ދޮށުގައި އެހިންގި ޖަރީމާއަކީ އަންނަންއޮތް ސަރުކާރަށް ޖެއްސުންކުރުމަށް ގަސްތުގައި ކުރި ފެންވަރުދަށް އަމަލެއް." ކަމަށެވެ.

މާލޭގެ މޭޔަރުކަމަށް އިދިކޮޅު ކޯލިޝަންގެ ޓިކެޓްގައި ވާދަކުރަށްވާ ޑރ. މުޢިއްޒު ގެންދަވަނީ، ރައީސް ޔާމީން އާއި، ޑރ. ވަޙީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ނުކުރެވުނު އެތައް މަސައްކަތެއް މާލޭގެ މޭޔަރަކަށް ހޮއްވަވައިފިނަމަ ކުރަށްވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ޑރ. މުޢިއްޒުގެ އެފަދަ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން ޑރ. މުޢިއްޒަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ޑރ. މުޢިއްޒު ވަނީ މިނިސްޓަރަކަށް ހުންނަވައިގެން ޙައްލު ހޯއްދަވައި ނުދެއްވުނު މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުން ހައްލުކޮށް ދެއްވައި، މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް އޭނާގެ މޭޔަރު ކަމުގައި ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ސިޔާސީ ފިކުރެއް ތަފާތުކުރުމެއް ނެތި ޚިދުމަތް ކުރަށްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

އަބުސީ

17-Jan-2021

މިހާރު މުއިއްޒުގެ އަގު ވައްޓާލަން ވެގެން ތި ނުކުތީދޯ! އެންޓި ކެމްޕޭނު ކުރާނީ ހޮވިދާނެ ކަމަށް ބިރުގަންނާތީ! ޝިޔާމް ނުހޮވުނެއްނު އެމްޑީޕީ ޕްރައިމަރީން ވެސް. ދެން އަމިއްލަގޮތުން އުޅުނީ ނުހޮވުނީމާ. ދެންވެސް ނުހޮވުނު. އެހެންވީމާ ސުރުޚީއަކަށް ޖަހަން ފެންނަނީ "ޕްރައިމަރީ އިން ނުހޮވުމުން ޕާޓީއަށް ޣައްދާރުވި ޝިޔާމް އަމިއްލަގޮތުން ކުރިމަތި ލައިގެން ވެސް މަޖިލީހަކަށް ނުހޮވުނު". ކީކޭ ބުނާނީ!


-3

ޔާމީން

17-Jan-2021

ގޫމުއިޒޫ 7އަހަރެ ތަހޮކޫ


10

ކަތްދަ

16-Jan-2021

ކަލޯ ތިހިރީ ވިކިފަ. މުއިއްޒުމެން ސަރުކާރުގަ ކޮށްދީފަ ހުރިކަންކަން ލޯ ސަލާމަތުން ހުރިމީހުނަށް ފެންނަން އެހުރީ. ކަލޯ ރަނގަޅަށް ލޯ ދެއަތުން ފޮހެލާފަ ރަނގަޅަށް ހަމަބިމަށް ފައިބައިފަ ވަށައިގެން ބަލާލަ ބަލަ ކަލޯއަށް ފެނޭތޯ. ވިކުނަސް ބޮޑުވަރުތީ. މުއިއްޒު ވަރެއް ހަމަ ނެތް.


-4

ތުއި

16-Jan-2021

މުއިޒް ވަރެއް ނެތް.


-8

ަކިނބޫ

16-Jan-2021

މީ ކޮންތާކުން ނުކުތް ކޮންޕިއުޓަރ ކީބޯޑެއް. ބަޔަކު ދަންނަ މީހެއްވެސް ނޫން ތީ. އަނެއްކާ އިންޑިއާ ދިވެއްސެއްތަ! ކެކެކެ


-3

ރަސް

16-Jan-2021

މުއިއްޒު އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ފެންނާތީ ސަިކޮލޮޖިސްޓަކަށް ދައްކަން ފެނޭ. އެހެނީ 7 އަހަރު ތިމާއަށް ހުރިހާ ބާރެއް ލިބި އޮވެ ނުކުރެވުނު ކަމެއް އެހެން ސަރުކާރެއްގަ ތިމާ މަސައްކަތް ކުރަން ޖެހުމުން ކަމެއް ނުކުރެވޭނެކަން, ތިމާ ނިސްބަތްވި ސަރުކާރުން ތިމާގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލަށް ހެދި ގޮތް ހަނދާން ކޮށްލިއަސް ފުދޭނެ.


8

ާއިބުރާހިމް

16-Jan-2021

މި ލިއުން ކިޔައި ނިމުނުއިރުވެސް އެ ހިންގެވި ޖަރީމާއަކީ ކޮބައިކަމެއް ނޭނގުނު.... މުއިއްޒުވަރެއް ހަމަނެތް. ކުނީގެ މައްސަލަ ޙައްލު ކޮށްދެއްވީ ރައްޔިތުމީހާ އަށް މުސާރަ ލިބޭ ގޮތަށް. ޢޭތި ވ.ވ.ވ. ސަޅި......


7

އައްގަބޭ

16-Jan-2021

ބޮޑައް ވައްތަރީ ސިޔާމުވެސް ފައިސާއައް ވިކުނީކަމައް ނޫނީ ދެލޮލުގަ ކޮންމެސް ވަރެއްގެ މައްސަލައެއް ހުރީކަމައް އެހެން ނޫންނަމަ މުއީޒް ކޮއްފަ ހުރި މަސަތްކަތް ތައް ފެނުނީސް ކަން ޔަގީން މާލޭގެ ރައްޔިތުން ގަންހިންގާ ޖެއްސުން ކުރީ މުއީޒްބާ ނޫނީ އެހެން ބައެއްބާ ވިކުނަސް ތިޔައީ ފުކެއް ބޮޑުވަރު.


12

އޯކޭ

16-Jan-2021

މުއިއްޒު އަކީ ހަމަ ބެސްޓް


-5

އަހުމަދު

16-Jan-2021

މަށަށް ދެރައީ ސިޔާސީ ނޭންގުނަސް ސިޔާސީ އަންގަ ތަޅާތީ ،


-3

ތިމަންނަ

16-Jan-2021

ކަމަކަށް ކުރިމަތި ލައިގެން އުޅޭ މީހަކު ރޯ ބުހުތާން ދޮގުނޫނީ ނަހަދާނެ


8

ޢަހު

16-Jan-2021

މިހާރު ވިސްނިއްޖެ މުއިއްޒު އަކީ ގަދަ މިހެއްކަން.. އެންމެންވެގން ހިފަހައްޓަން ޖެހޭނީ ވ ކުޅަދާނަ މީހެއް ވީމަ.. ކޮންެމެ މީހަކުވެސް މިބަލަނީ މުއިއްޒު އަގު ވައްޓަން



ޓްރެންޑިން