26 ވަނަ ބައި
..................
ރަމްލާއަށް ލޯހުޅުވާލެވުނީ ކިސްރާ ދައްތަ ދޮރުގައި ތަޅާއަޑަށެވެ. އޭރު ގަޑިން ދިހައެއް ޖަހައިފިއެވެ. ދައްތަ ހަޅޭއްލަވަލަވާފައި އޭނާއަށް ގޮވަނީއެވެ.... ރަމްލާ ތެޅިގެންފައި ތެދުވެއްޖެއެވެ. ރަޖާގަނޑު ނަގާ އެއްލާލިއެވެ. އޭނާ ތެޅެމުން ފޮޅެމުންގޮސް ތަންޑު ނައްޓާލިއެވެ. ދެން އަނެއްކާވެސް އައިސް ތަންމައްޗަށް ވެއްޓިގެންފިއެވެ.
[ރަމޫއެވެ! ތިޔަކުރީ ކީއްހެއްޔެވެ.....؟] ކިސްރާ ދައްތަ ހަލުއިކަމާއެކު ކޮޓަރި ތެރެއަށް ވަނެވެ.
[ކީކޭތޯއެވެ.....؟] ރަމްލާ ބިރުންއޮވެ ދައްތައާ ދިމާއަށް ބަލާލިއެވެ.
[ދޮރު އެތެރޭން ތަންޑުއެޅީ ކީއްކުރަން ހެއްޔެވެ؟]
[ދެން ކިހިނެއްވީތޯއެވެ......؟] ރަމްލާ ހަމަޖެހިލައިފިއެވެ.
[ކުރިންވެސް ދެފަހަރުމަތިން ގޮވައިފީމެވެ. މީގެކުރިން ދުވަހަކުވެސް ރަމްލާ ދޮރުތަޅުލައި ގެނެއް ނުނިދަމުއެވެ. އެތައް ފަހަރެއްގެ މަތިން ދޮރުގައި ތެޅުމުންވެސް ޚަބަރެއް ނުވުމުން ދައްތަ ވަރަށް ކަންބޮޑުވިއެވެ. އަނެއްކާ އަމިއްލައަށް ދަމެއްގައި ނުޖެހޭނެ ބާވައޭވެސް ހިތަށް އެރިއެވެ.....]
ރަމްލާ މޯޅިއަކަށް ދެމިލާފައި އަނެއްކާވެސް ހަމަޖެހިލިއެވެ. ދެން ބުންޏެވެ.
[ރޭގައި ނިދަން އުޅެއުޅެ ބިރުން ނުނިދިނގެން އެންމެފަހުން ދޮރު ތަންޑު އެޅީއެވެ.]
[ބިރުން ދޮރުތަންޑު އަޅަންވީ ކީއްކުރަން ހެއްޔެވެ. ދައްތަގެ ކޮޓަރިއަށް އައިނަމަ ވެއްޖައީހެއް ނޫންހެއްޔެވެ.]
[ދައްތައަށް ނިދިކުރެއްވޭނީ ވަރަށް މަދު ފަހަރަކުއެވެ. އެހެންކަމުން ދައްތައަށް އުނދަގޫކުރަން ގަސްތު ނުކުރީއެވެ.]
[ރޭގައި ދައްތަގެ ޙާލު ރަނގަޅެއްވެސް ނޫނެވެ. ބޮލުގެ އެއްފަޅީގައި އެއްރިހުމަކަށް ރިހުނީއެވެ.[ ކިސްރާ ދައްތަ ބުންޏެވެ. [ޝާންބޭބެ ބޯވެސް މޮޑެދިނެވެ.... ދެން ހޫނު ކިރުތައްޓަކާއެކު ދެގުޅަބޭސް ކާންދެއްވިއެވެ. ދެން ނިދުނުލެއް ގަދަކަމުން ކުދިވެރިންގެ ރުއިމަކަށްވެސް ހޭލެވޭގޮތެއް ނުވިއެވެ. ހެނދުނު ޝާންބޭބެ ގާތުގައި އެހުމުން އޭނާ ބުނުއްވީ ދައްތައަށް ނިދާބޭސް ގުޅައެއް ކާންދެއްވީ ކަމުގައެވެ. ދައްތައަށް އަރާމުކޮށް ދިނުމަށްޓަކައެވެ. ރޭގައި ކުދިވެރިން މަތަކުރެއްވީވެސް ޝާންބޭބެއެވެ.]
ކިސްރާ ދައްތަ އުފާވެފައި ހިނިތުންވެލިއެވެ. [ނިކަން ދެކެބަލާށެވެ. މިއަދު ދައްތަ ފެންނަލެއް ކިހާ އުފާވެރި ހެއްޔެވެ.]
ރަމްލާގެ ހިތުގައި ރިހުމެއް އުފެދުނު ކަހަލައެވެ.
އެވިޔާނުދާ އިންސާނާާ ދައްތައަށް ނިދާބޭސް ކާންދިނީ ކީއްވެގެންކަން އަދިވެސް އޭނާއަކަށް ނޭނގެއެވެ. އަދި އެމީހާގެ ހިތުގައިވަނީ ކޮންފަދަ އެއްޗެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
މި އަންހެންވެރިން އެހާ މޮޔައީ ކީއްވެގެން ހެއްޔެވެ؟
މޮޅިއާއި ހިތާމައިން އަނެއްކާވެސް ރަމްލާގެ ނާރުތަކުގައި ރިހުން އުފެދެން ފަށައިފިއެވެ. މިހާ ހެނދުނާ ކަސިޔާރު ވާހަކައެއް ދެކެވިދާނެތީ އޭނާ ހަމަޖެހިލާފައި ބުނަން ފެށިއެވެ.
[ދައްތާއެވެ. ނާސްތާއެއް ހޯއްދަވާ ދެއްވާށެވެ. އަޅުގަނޑު މިދަނީ ފެންވަރާށެވެ.]
ފެންވަރާ ކޮޓަރިއަށް ދިއުމަށްފަހު އަނެއްކާވެސް ޝާންބޭބެގެ ކަންތައްގަނޑު ރަމްލާގެ ހިތަށް ވަންނަން ފަށައިފިއެވެ. އޭނާ ރުޅިއައިސްގެން ތުރުތުރު އަޅައިގަތެވެ. އަދި އަތްފައިގެ ނާރުތައް ބާރުކުރަން ފަށައިފިއެވެ. ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ހަމަ އެވަގަތު އޭނާގެ ބަނޑުން ބާރަށް ތޮޅޭކަމުގައި އޭނާއަށް އިޙްސާސާ ކުރެވުނެވެ.
މާތްކަލާކޯއެވެ. މިއީ މަންމައާ ދަރިފުޅުގެ ގުޅުމެވެ. މިއީ މައިވަންތަކަމުގެ ވާފަށުގައިވާ ބާރެވެ. ކުޑަކޮށްވެސް ރުޅީގެ ހަލަބޮލިކަމެއް އުފެދިއްޖެއްޔާ އެތެރޭން ތޫފާން އުފެދޭން ފަށައެވެ..... އޭނާ މޫނު ދޮވެލައިގެން ނުކުމެއްޖެއެވެ.....
ކުޑައިރުކޮޅަކު އެނދުގައި އިށީނދެގެން އިނދެފައި މާނޭވާ ލާންފަށައިފިއެވެ.... އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ގައިގައި ފިރުމާލާ ކަހަލަ ގޮތަކަށެވެ. ދެން އަނެއްކާވެސް ތެދުވެގެންގޮސް ބޯއޮމާން ކުރަން ފަށައިފިއެވެ. ކޮނޑުމައްޗަށް ސާލު އެއްލިއެވެ. އެއައްފަހު ކާކޮޓަރިއަށް އަތުވެއްޖެއެވެ. އާދެ، އޭރު ކިސްރާ ދައްތަ އޭނާގެ އިންތިޒާރުގައި ސައިހަދައިގެން އިނެވެ.
ރަމްލާވެސް އައިސް އިށީނދެއްޖެއެވެ. އަދި ވާހަކަ ފަށާނީ ކީކޭ ކިޔާފައިތޯ ވިސްނަން ފަށައިފިއެވެ. މިވާހަކަ އިވުމުން ދައްތައަށް ވަރަށް އަސަރުކުރާނެކަން އޭނާއަށް އެނގެއެވެ. އޭނާ ހަމައެކަނި ފިރިމީހާދެކެ ލޯބިވަނީކީ ނޫނެވެ. އިންތިހާ ދަރަޖައަށް އިތުބާރުވެސް ކުރެއެވެ. ތުންމަޅިއަކާނުލާ މިނިވަންކަން މަތީގައި އޭނާ އެބަހައްޓަނީ އެހެންވެގެންނެވެ. މިކަން ފަޅާއެރުމަށްފަހު ޝާންބޭބެގެ މައްޗަށް ދުވަހަކުވެސް ދައްތަ އިތުބާރު ނުކުރާނެކަން ނޭނގެއެވެ. ތަޅާފޮޅުމުގެ މަގެއް ހުޅުވިދާނެއެވެ. އަދި އަބަދުގެ އަބަދަށް ދައްތަ އެކަނިވެރިވުމަކީވެސް ދުރުކަމެއް ނޫނެވެ. މިހެން ވެއްޖެނަމަ އުފާވެރި ގެއެއްގެ އުފާވެރިކަން ބަރުބާދުވެގެން ހިނގައިދާނެއެވެ.
އެއްފަރާތުގައިވަނީ އެދައްތަގެ ކޮއްކޮއެވެ. އަނެއް ފަރާތުގައިވަނީ އޭނާގެ ފިރިމީހާއެވެ.
ރަމްލާ ހާސްވެއްޖެއެވެ..... ބުނާނީ ބާވައެވެ..... ނުބުނާނީ ބާވައެވެ.....
[ކިހިނެއްވީ ހެއްޔެވެ.....] ރަމްލާގެ މޫނުމަތީގައިވާ ހާސްކަން ދެކެފައި ކިސްރާ ދައްތަ ސުވާލުކުރިއެވެ.
ރަމްލާ، އަނގައިން ބޭރުވާން އުޅުނުބަސް ބޭރުވިޔަނުދީ ހިފެހެއްޓިއެވެ. ދެން ބުންޏެވެ.
[ކަމެއްނުވެއެވެ. ރެއަކު ރަނގަޅަކަށް ނުނިދެއެވެ. އެހެންކަމުން އަދިވެސް ހަށިގަނޑު ހަމައަކަށް ނޭޅެއެވެ.]
[ވަނީ ކިހިނެއް ހެއްޔެވެ؟] ދައްތަ ކަންބޮޑުވެފައި ސުވާލުކުރިއެވެ.
[ހަށިގަނޑުގައި އަޖައިބެއް ކަހަލަ ތުރުތުރެއް އުފެދެނީއެވެ.]
[މިއީ ހަތްވަނަ މަސްދޯއެވެ.] ދައްތަ ފިކުރުވެރިވެފައި ބުންޏެވެ.
[އެއްކަމެއްވެސް ނުވާނެއެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެން ބިރު ނުގަންނަވާށެވެ. ތިޔަ ފާޑުގެ ވާހަކަ ނުދައްކާށެވެ. ދައްތައާއެކު ހަސްފަތާލަށް ދާން ހިނގާށެވެ.]
ރަމްލާ ހޭން ފަށައިފިއެވެ. [ދައްތާއެވެ. އެއީކަމެއް ނޫނެވެ.]
[ދެން ކޮންކަމެއް ހެއްޔެވެ.]
ރަމްލާ ސައިކޯވަރެއް ބޯލިއެވެ. ދެން ވަށައިގެން ހޯދާ ބަލާލިއެވެ.
[ފުރަތަމަ ދަރިފުޅުގެ ތަޖްރިބާއަކީވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. އަހަންނަށްވެސް ފާޑުފާޑުގެ ވަހުމްތައް ކުރެވެއެވެ. ކިރިޔާވެސް ގޮތެއްވާން ފަށައިފިއްޔާ ޑަކްޓަރު ގާތަށް ދެވެއެވެ. އުނަގަނުގައި ރިހެން ފަށައިފިއްޔާ ރޮއިގަނެވެއެވެ... ކަންބޮޑު ނުވާށެވެ.... އަންހެނުން ދުވަސްތައް ކަޑައްތު ކުރަނީ މިކަހަލަ ގޮތަކަށެވެ.]
ރަމްލާ އިސްދަށަށް ޖަހައިގެން އިނެވެ. ވާހަކަ ފަށާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. އޭނާ މިކަން ސިއްރު ކޮށްފިއްޔާ ޝާންބޭބެ ދެވަނަ ފަހަރަށް އޭނާއަށް އުނދަގޫ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ހިތަށް އެރުމުން އޭނާ ރޫރޫ އަޅައިގަތެވެ....
ދައްތައަށް މިހުރިހާކަމެއް އެނގުމާއެކު އޭނާއާ ސުވާލުކުރާނެއެވެ. ޝާންބޭބެ ސާފުބަހުން އިންކާރު ކުރާނެއެވެ. އެގޮތަށް ދިމާވެއްޖެއްޔާ ރަމްލާއަށް ދެއްކޭނެ ހެއްކެއް ކޮބައި ހެއްޔެވެ. އެފާޑުގެ މީހަކަށް ހެދޭނެ ކިތަންމެ މަކަރެއްވެސް އޮންނާނެއެވެ..... މިޚިޔާލުގައި އިނދެ ރަމްލާ ތުރުތުރު އަޅައިގަތެވެ.... އޭނާގެ ކޮޅު ދަށްވެއްޖެއްޔާ އޭނާގެ ޢިއްޒަތް ވެއްޔާ މޮޑެވިދާނެއެވެ.
މިހާތަނުން ބޭރު ރަނގަބީލު ޖެހުނު އަޑު އިވިއްޖެއެވެ. ނޯކަރު އައިސް ބުންޏެވެ.
[ދޮންނަމީހާ އަތުވެއްޖެއެވެ.]
[އޭނާ ބައިންދާށެވެ....] ކިސްރާ ދައްތަ ސައިތަށީގެ ފަހުކޯވަރު ބޯލަމުން ތެދުވެފައި ބުންޏެވެ. [ރަމްލާއެވެ. ރަމްލާ ނާސްތާ ކުރާށެވެ. ދޮންނަމީހާއާ ހެދުންތައް ޙަވާލުކޮށްފައި ދައްތަ އަންނާނަމެވެ.]
ރަމްލާ ނާސްތާ ކުރަމުން ދިޔައިރު ވިސްނަމުން ދިޔައެވެ. އެކަމަކު އެއްވެސް ކޮޅަކުން ނިމުމަކާ ހަމައަށް ނުދެވުނެވެ.
ބައެއް ފަހަރަށް އޭނާގެ ހިތަށްއަރައެވެ.... އެއީ ޝާންބޭބެ ކުރި ސަމާސާއަކަށްވެސް ވެދާނެއެވެ. އޭނާއަކީ ސަމާސާގެ ތެރޭގައި ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ މީހެކެވެ. އެއީ އޭނާގެ އާދައެކެވެ. ހަވީރު ގެއަށްއައިސް އެވާހަކަ އޭނާ ދައްކަފާނެކަން ނޭނގެއެވެ..... ކަނޑައެޅިގެން އޭނާ ގަސްތުގައި ކުރިކަމެކޭ ބުނެފާނެއެވެ.... ނޫންނަމަ....
މިހެން ހިތަށް އެރުމާއެކު އޭނާ ކުޑަކޮށް ހިތްހަމަ ޖެހިއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. އެންމެ ރަނގަޅުވާނީ ހަވީރު ވަންދެން އިންތިޒާރު ކުރުމެވެ.
ކިސްރާ ދައްތަ ކިހާވަރަކަށް ގޭތެރޭގެ ކަންތައްތަކާމެދު ޚިޔާލު ބަހައްޓާ ހެއްޔެވެ. ގޭތެރޭގެ މަސައްކަތުގެ ތެރެއަށް ގެއްލިގެން އުޅުމަކީ އަންހެނުންގެ ހިތްހަމަ ޖެހުމުގެ އަލާމަތެވެ. ހިތްހަމަ ޖެހިގެންއުޅޭ ކޮންމެ އަންހެނަކީ ގޭތެރޭގެ ކަންތައްތަކުގައި އަވަދިނެތި އުޅޭ މީހެކެވެ.... އެހެން ނަމަވެސް ގޭތެރޭގައި ކޮޅުކޮޅު މައްޗަށް ވައި އެނބުރެން ފަށައިފިއްޔާ ގަވައިދު ފޮތުގެ ހުރިހާގަނޑެއް ވަޔާ ހިނގައި ދާނެއެވެ. އަދި މުޅިގެ ވީރާނާ ވެދާނެއެވެ.
ކާންހަދައިގެން ވަރަށް ގިނައިރު ވަންދެން ކިސްރާ ދައްތަ ޝާންބޭބެގެ އިންތިޒާރުގައި އިނެވެ. ޝާންބޭބެ ޢާއްމުކޮށް ކޮންމެ ދުވަހަކުވެސް ހަވީރު ހަޔެއް ޖަހާއިރު ޓެނިހުން ނިމިގެން އާދެއެވެ. އެންމެ ގިނަވެގެންވެސް އޭނާ ބޭރުގައި އުޅެނީ އަށެއް ޖަހަންދެނެވެ. އެކަމަކު މިހާރު ދިހަގަޑި ބައިވެއްޖެއެވެ. މިހާރު ދައްތަ އެންމެނަށް ކާންދީފިއެވެ. އަދި އޭނާގެ ކާއެއްޗެތި ހޫނުކުރަން ލައިފިއެވެ. އޭނާގެ އެތެރެހަށީގައި ހާސްކަމުގެ ރާޅުތައް ހުޅިނަގާފައި ހުއްޓެވެ. އެކަމަކު ރަމްލާއަށް ފެންނަ ގޮތުގައި ދައްތަ އެހެން މީހުންގެ ލޯމައްޗަށް އެކަން ސިއްރުކުރަން މަސައްކަތް ކުރަނީއެވެ. އަދި ހުރިހާކަމެއް ގަވައިދުން ބަރާބަރަށް ކުރަމުން ގެންދަނީއެވެ.
މިރޭވެސް ރަމްލާ އިނީ އޭނާގެ ކޮޓަރީގައި ނިދުމަށް ޖެހިލުންވެފައެވެ. ވަގަކު ގެއަށް ވަދެއްޖެނަމަ އެތައް ދުވަހެއް ވަންދެން ގޭތެރޭގައި ބިރުވެރިކަން އުފެދޭ ފަދައިންނެވެ. އޭނާ އެކަނި ކޮޓަރީގައި ނިދުމަށް ޖެހިލުންވަނީވެސް އެހެން ވެގެންނެވެ..... އަންހެނުންނަކީ ކޮންފަދަ ނިކަމެތި ބައެއް ހެއްޔެވެ.... އޭނާ ވިސްނާލިއެވެ.... އެއްވެސް ގޮތަކުން އެއްވެސް ޙާލެއްގައި އެއްވެސް ޢުމުރެއްގައި އޭނާއަކަށް ހަމަޖެހުމެއް ނެތެވެ.....
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު