މާލޭގެ މޭޔަރުކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަށްވާ ޑރ. މުޢިއްޒަކީ މާލޭ ރައްޔިތުންގެ ގޯތިތަކުގެ ޗާޓުތައް މަގުމައްޗަށް އުކާލި މީހެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިގޮތަށް ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރަށްވާ ޑރ. މުޢިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންވެސް ކޮށްލީ މަގުމަތި ކަމަށް އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު ވިދާޅުވުމާ ގުޅިގެން އަނަސްއަށް ތާޢީދު ކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.
ޝިފާ ވިދާޅުވީ، މުޢިއްޒަކީ ސިޓީ ކައުންސިލްވެސް މަގުމަތިކޮށްލި މީހެއް ކަމަށެވެ. އެގޮތުން ކުރިން ސިޓީ ކައުންސިލް ހިންގަމުން އައި ބިއްލޫރިގެއިން ނެރެލީ މުޢިއްޒު ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މާލޭ ރައްޔިތުންގެ ގޯތިތަކުގެ ޗާޓުތަކާއި، ބިމުގެ ޗާޓުތައް ނެރެ މަގުމައްޗަށް އުކާލި މީހާ މާލެއަށް ކުރިމަތި ލައިފިކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.
"ރުއްގަސް ބުޑަށް ލޮނު އަޅައި، ބިއްލޫރިގެއިން ދަމާ ބޭރުކުރިގޮތަށް އަދިވެސް މިތިބީ ބިމެއް ނުލިބި ތަނެއްގައި ކުއްޔަށް." ޝިފާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންވެސް ގެންދަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ޙަމަލާތައް ދެއްވަމުންނެވެ. އެގޮތުން ގުޅިފަޅުގައި މި ސަރުކާރުން އަޅާ ޕޯޓުގެ މަސައްކަތް ހުއްޓާލައި އެ ފަޅުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް މުޢިއްޒު ގެންދަވަނީ ގޮވައިލައްވަމުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރަށްވާ އަނަސް ވިދާޅުވީ، ޑރ. މުޢިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންވެސް ކޮށްލީ މަގުމަތި ކަމަށެވެ.
އަދި ޑރ. މުޢިއްޒު މުޅިއެކު ދެ ވެރިކަމެއްގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވިކަން ފާހަގަ ކުރަށްވައި އަނަސް ވިދާޅުވީ، މުއިއްޒުގެ ހައުސިން މިނިސްޓަރުކަން ނިންމަވާލެއްވީ ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންގެ ތެރެއިން މަގުމަތި ކޮށްލި މީހުންނަށް ޙައްލެއް ހޯދައިނުދީ ކަމަށެވެ. އަދި ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ޑރ. މުޢިއްޒުގެ ކިބައިގައި ނެތްކަމަށް އަނަސް ވިދާޅުވިއެވެ.
ޑރ. މުޢިއްޒަށް ފާޑު ވިދާޅުވެ އަނަސް އިތުރަށް ވިދާޅުވީ، ޑރ. މުޢިއްޒު 7 އަހަރު ހައުސިންގ މިނިސްޓަރކަން ކުރެއްވީ ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނަސް ބާރުތައް ނަންގަވައިގެން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ދުއްތުރާކުރުން ނޫން ކަމެއް ޑރ. މުޢިއްޒު ކުރަށްވާފައި ނެތްކަމަށް އަނަސް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ވަގުތީ ގާނޫނުގައި ކަނޑައަޅާފައި އޮތް ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ.
އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުވަމުންދަނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް 3 ވަނަ ދުވަހު ބޭއްވުމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.
ނަމަވެސް އެ މުއްދަތުގައިވެސް އިންތިޚާބު ނުބޭއްވިދާނެ ކަމަށް ބަލައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން މިހާރުވަނީ ފަށާފައެވެ. އެ ބިލްގެ ބަހުސް މާދަމާ ރައްޔިތުންގެ މަޖިލީހުގައި ފަށާނެއެވެ.

Malé rayathunge goathithakuge chartuthakaai bimuge chartthah nere magah ukaali meehaa Malé ah kurimathi laifi. Ruhgas budah lonualhaa bihloorigein dhamaabeyrukurigothah adhives mithibi bimeh nulibi thanehgaa kuhyah @schamau https://t.co/vRqP8IphWN
— Shifa Mohammed🎈 (@SifaMohammed) January 16, 2021
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންވެސް ގެންދަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ޙަމަލާތައް ދެއްވަމުންނެވެ. އެގޮތުން ގުޅިފަޅުގައި މި ސަރުކާރުން އަޅާ ޕޯޓުގެ މަސައްކަތް ހުއްޓާލައި އެ ފަޅުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް މުޢިއްޒު ގެންދަވަނީ ގޮވައިލައްވަމުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރަށްވާ އަނަސް ވިދާޅުވީ، ޑރ. މުޢިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންވެސް ކޮށްލީ މަގުމަތި ކަމަށެވެ.
އަދި ޑރ. މުޢިއްޒު މުޅިއެކު ދެ ވެރިކަމެއްގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވިކަން ފާހަގަ ކުރަށްވައި އަނަސް ވިދާޅުވީ، މުއިއްޒުގެ ހައުސިން މިނިސްޓަރުކަން ނިންމަވާލެއްވީ ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންގެ ތެރެއިން މަގުމަތި ކޮށްލި މީހުންނަށް ޙައްލެއް ހޯދައިނުދީ ކަމަށެވެ. އަދި ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ޑރ. މުޢިއްޒުގެ ކިބައިގައި ނެތްކަމަށް އަނަސް ވިދާޅުވިއެވެ.
ޑރ. މުޢިއްޒަށް ފާޑު ވިދާޅުވެ އަނަސް އިތުރަށް ވިދާޅުވީ، ޑރ. މުޢިއްޒު 7 އަހަރު ހައުސިންގ މިނިސްޓަރކަން ކުރެއްވީ ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނަސް ބާރުތައް ނަންގަވައިގެން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ދުއްތުރާކުރުން ނޫން ކަމެއް ޑރ. މުޢިއްޒު ކުރަށްވާފައި ނެތްކަމަށް އަނަސް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ވަގުތީ ގާނޫނުގައި ކަނޑައަޅާފައި އޮތް ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ.
އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުވަމުންދަނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް 3 ވަނަ ދުވަހު ބޭއްވުމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.
ނަމަވެސް އެ މުއްދަތުގައިވެސް އިންތިޚާބު ނުބޭއްވިދާނެ ކަމަށް ބަލައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން މިހާރުވަނީ ފަށާފައެވެ. އެ ބިލްގެ ބަހުސް މާދަމާ ރައްޔިތުންގެ މަޖިލީހުގައި ފަށާނެއެވެ.
ކިޔުންތެރިންގެ ހިޔާލު