ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ހަމައެކަނި ހުކުރު ޚުތުބާ މޮޅަށް ލިޔުމުން ނުފުދޭ ކަމަށާއި، އެއާއި އެއްގޮތަށް ޢަމަލުތައް އިޞްލާޙްކުރަން ވެސް ޖެހޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ގޮވާލަށްވައިފިއެވެ.

ޑރ. ޖަމީލް މިފަދަ މޭރުމަކުން ވާހަހކަ،ދައްކަވާފައި މިވަނީ އިއްޔެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވިފަދަ ޢިލްމީ ދިވެހި ޚުތުބާއެއް، މުޅިޢުމުރުގައިވެސް އަޑު އައްސަވާފައި ނުވާކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެފައި ވަނިމޮށެވެ. އިމްރާން ވިދާޅުވީ، ސުވަރުގެއާ ބެހޭ ގޮތުން އިއްޔެ އިއްޔާފައިވަނީ ވަރަށް ފުރިހަމަ ޚުތުބާއެއް ކަމަށެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވީ، އެމްޑީޕީއަށް އިންޞާފް ކަށަވަރުކުރެވެނީ އިދިކޮޕު ޕާޓީއަށާއި ލީޑަޝިޕަށް ތަކުރާރުކޮށް ފުރައްސާރަކޮށްގެން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ދަޢުލަތުގެ ނިޔަތް ތަޣައްޔަރުވެފައިވާ ވަރު ސަފާރީގައި ހިނގާދިޔަ ޖިންސީ ފުރައްސާރައިގެ ޙާދިސާއާއި، އަދި މިހާރު ފެންމަތިވަމުންދާ ޑްރަގް ކޭސްތަކުން އެނގޭ ކަމަށެވެ.

"ބިރު ފަހަނައަޅަން ވަކާލާތުކުރި ފަރާތުގެ މުޅި ސްޓްރެޓެޖީ މިއޮތީ ބިރުގެންނެވުމުގެ މައްޗަށް." ޑރ. ޖަމީލް ވިދާޅުވިއެވެ.



ޑރ. ޖަމީލް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވާއިރު ރައީސް ޢަބްދުﷲ ޔާމިނަށް ތަޢުރީފުކުރައްވައި ވާހަކަދައްކަވާއިރު، "ކުޑަކޮށްވެސް ލަދެއް ނުގަނޭތޯ"އޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި ވަނީ ސުވާލުކުރަށްވާފައެވެ.

އަލީ ޢާޒިމް ޖަމީލަށް މިފަދަ ސުވާލެއް ކުރިމަތި ކުރަށްވާފައި މިވަނީ ރައީސް ޔާމީންގެ ނާއިބު ކަމުން ޑރ. ޖަމީލު ވަކިކޮށްލުމުން އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައީސް ޔާމީނާ ދެކޮޅަށް ޖަމީލު ކުރަށްވާފައިވާ މަސައްކަތްތަކާއި ދައްކަވާފައިވާ ވާހަކަ ތަކަށް ނިސްބަތް ކުރަށްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން