ކައުންސިލް އިންތިޚާބުގައި ވޯޓުދެއްވުމުގައި ރައްޔިތުން ފުންކޮށް ވިސްނެވުމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.
ކޯވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު، މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު މިވަނީ ފަށާފައެވެ.
އެކަމާގުޅިގެން ކުރެއްވި ޓްވީޓެއްގައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސިޔާސީ މަޤާމެއްގައި ހުންނެވި ޝެއިޚް އިލްޔާސް ޙުސެއިން ވަނީ، ފާއިތުވެދިޔަތަނުން ޢިބުރަތް ޙާސިލްކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުން އިޚްތިޔާރު ކުރެއްވުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނުމަށް އިލްތިމާސް ކުރަށްވާފައެވެ.
ރައްޔިތުން ވޯޓު ދެއްވުމުގައި ވަރަށް ބޮޑަށް ވިސްނުމަށް އިލިޔާސް އިލްތިމާސް ކުރެއްވި ނަމަވެސް ވިސްނަންވީ ކޮންކަންކަމަކަށް ކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ. އަދާލަތު ޕާޓީއަކީ މިހާރުގެ ކޯލިޝަން ސަރުކާރުގެ ބައިވެރިއެކެވެ. 2019 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ މައި ޕާޓީއާއެކު ޑީލް ހަދައިގެން އިންތިޚާބަށް ނުކުތީ އެމްޑީޕީގެ ތާއީދާއެކުގައި ނަމަވެސް އެޕާޓީއަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ލިބިފައެއް ނުވެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

Faaithuve dhiya thanun iburah haasil koh kuriyah oi local council inthikhabugai candidate in ikhthiyaru kurevvumugai rayyithun mihaarah vure funkoh visna vadaigathumah ilthimas kuran
— Ilyas Hussain (@shkilyas) January 17, 2021
ރައްޔިތުން ވޯޓު ދެއްވުމުގައި ވަރަށް ބޮޑަށް ވިސްނުމަށް އިލިޔާސް އިލްތިމާސް ކުރެއްވި ނަމަވެސް ވިސްނަންވީ ކޮންކަންކަމަކަށް ކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ. އަދާލަތު ޕާޓީއަކީ މިހާރުގެ ކޯލިޝަން ސަރުކާރުގެ ބައިވެރިއެކެވެ. 2019 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ މައި ޕާޓީއާއެކު ޑީލް ހަދައިގެން އިންތިޚާބަށް ނުކުތީ އެމްޑީޕީގެ ތާއީދާއެކުގައި ނަމަވެސް އެޕާޓީއަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ލިބިފައެއް ނުވެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު