ޤާނޫންތަކުގެ އަސާސްތަކާ ޚިލާފްވާނަމަ އޭގެ ސަބަބުން ނިކުންނަ ގޯސްތައް ތަކުރާރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އިންތިޚާބު ނުބާއްވައި އިންތިޚާބު ފަސްކުރުމުގެ ސަބަބުން މިހާރު ނިކުންނަމުންދާ ނޭދެވޭ ނަތީޖާތަކާ ގުޅޭގޮތުން ޢަލީ ނިޒާރު ވިދާޅުވީ، ޤާނޫނުތަކުގެ އަސާސްތަކާ ކުޅެފިނަމަ އޭގެ ސަބަބުން އެތަކެއް ގޯސްތަކެއް ތަކުރާރުވާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށް، ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ އެ ބަހުސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަށްވާކަމުގެ ތުހުމަތުވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ކުރަށްވާފައެވެ.
ސަރުކާރުން ބޭނުންވެގެން ޤާނޫނަށް ގެނައި ބަދަލާއެކުގައިވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކައިރިމުސްތަޤްބަލެއްގައި ބޭއްވޭނެ ކަމަށް ނުފެންނާތީ އަނެއްކާވެސް ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެކަމާ ގުޅިގެން އައްޑޫ ސިޓީ މޭޔަރުކަމަށްވެސް ވާދަކުރަށްވާ ޢަލީ ނިޒާރު ވިދާޅުވީ، އިންތިޚާބާއި ނުލާ ކައުންސިލްތަކުގައި ބަޔަކު ބައިތިއްބަން ނިންމި ނިންމުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދެން ޖެހޭނީ އެކަމުގެ ނަތީޖާ ހިތިވެފައި އިތުރު ގޯސްތައް ތަކުރާރުވާތަން ބަލަން ތިބެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބު ނުބޭއްވި އިންތިޚާބުގެ ތާރީޚު ފަސްވަމުންދާއިރު، ގިނަ ޢަދަދެއްގެ ކެނޑިޑޭޓުންދަނީ ޙާލަތު ބަދަލުވެފައިވާކަމަށްބުނެ އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމައި ނަން އަނބުރާ ނަގަމުންނެވެ. އަދި އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ބަޙުސްގައި ބައެއް މެމްބަރުންވަނީ އަދިވެސް އިތުރަށް އިންތިޚާބު ފަސްކޮށް މިހާރުތިބި ކައުންސިލަރުން އިންތިޚާބަކާނުލައި މަޤާމުގައި ބޭތިއްބުމަށް ވަކާލާތުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބު އަވަހަށް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ގޮތް ކަމަށް ބުނެފައެވެ.
ޝަރީފް ވިދާޅުވީ، އެއްވެސް ފަރާތަކަށް އިންތިޚާބު ބޭއްވުމަށް އީސީއަށް އިރުޝާދެއް ނުދެވޭނެ ކަމަށާއި، ނަމަވެސް ރައްކާތެރިކަމުގެ މިންގަނޑެއް އެޗްޕީއޭއަށް ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ މިންގަނޑާ އެއްގޮތަށް އިލެކްޝަންސް ބާއްވާނެ ގޮތް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި، ވަކި ތާރީޚެއް ޤާނޫނުގައި ނުހިމެނުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. ތިންވަނަ ކަމަކަށް ޝަރީފް ފާހަގަކުރެއްވީ އިންތިޚާބުގެ އެކި ކަންކަމަށް ޤާނޫނުގައި ދީފައިވާ މުއްދަތުތައް ކުރު ކުރުމާ މެދުގައެވެ. ކޮމިޝަނުން ވަނީ އެފަދަ މުއްދަތުތައް ކުރުކުރަން ދެކޮޅު ހަދާ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

Qaanoonu thakuge Asaas thakaa kulhefinama ethakei goase thakei thakuraaru vaane. Inthihaabaai nulaa council thakugai bayaku baithibban nimmi nimmumakee kurevigen vaane kamei noon. Natheejaa hithivefa ithuru goase thah thakuraaru vaathan balan dhen thiben jeheynee.
— Ali Nizar (@DhekunuNizar) January 18, 2021
ލޯކަލް ކައުންސިލްގެ އިންތިޚާބު ނުބޭއްވި އިންތިޚާބުގެ ތާރީޚު ފަސްވަމުންދާއިރު، ގިނަ ޢަދަދެއްގެ ކެނޑިޑޭޓުންދަނީ ޙާލަތު ބަދަލުވެފައިވާކަމަށްބުނެ އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމައި ނަން އަނބުރާ ނަގަމުންނެވެ. އަދި އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ބަޙުސްގައި ބައެއް މެމްބަރުންވަނީ އަދިވެސް އިތުރަށް އިންތިޚާބު ފަސްކޮށް މިހާރުތިބި ކައުންސިލަރުން އިންތިޚާބަކާނުލައި މަޤާމުގައި ބޭތިއްބުމަށް ވަކާލާތުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބު އަވަހަށް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ގޮތް ކަމަށް ބުނެފައެވެ.
ޝަރީފް ވިދާޅުވީ، އެއްވެސް ފަރާތަކަށް އިންތިޚާބު ބޭއްވުމަށް އީސީއަށް އިރުޝާދެއް ނުދެވޭނެ ކަމަށާއި، ނަމަވެސް ރައްކާތެރިކަމުގެ މިންގަނޑެއް އެޗްޕީއޭއަށް ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ މިންގަނޑާ އެއްގޮތަށް އިލެކްޝަންސް ބާއްވާނެ ގޮތް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި، ވަކި ތާރީޚެއް ޤާނޫނުގައި ނުހިމެނުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. ތިންވަނަ ކަމަކަށް ޝަރީފް ފާހަގަކުރެއްވީ އިންތިޚާބުގެ އެކި ކަންކަމަށް ޤާނޫނުގައި ދީފައިވާ މުއްދަތުތައް ކުރު ކުރުމާ މެދުގައެވެ. ކޮމިޝަނުން ވަނީ އެފަދަ މުއްދަތުތައް ކުރުކުރަން ދެކޮޅު ހަދާ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު