29 ވަނަ ބައި
..................
ރީތިވުމާއި ހުތުރުވުން އެއީ އަމިއްލަ އިޚްތިޔާރުގައި އޮންނަކަމެއް ނޫނެވެ. އެކިމީހުން އެކި ސިފަސިފައަށް ހައްދަވަނީ މާތްރަސްކަލާނގެއެވެ.
ހުރިހާގޮތަކުން އޭނާ އަމިއްލަ ހިތަށް ވިސްނާދިނެވެ. އެތައް ފަހަރެއްގެ މަތިން މުޢާޒުގެ އޯގާވެރިކަން ހަނދާން ކުރިއެވެ. އެއާއެކު މުޢާޒުއާމެދު ހިތްހަމަ ޖައްސާލުމަށްޓަކާ ޢަޒުން ކަނޑައެޅިއެވެ. އެހެން ނަމަވެސް އޭނާގެ ސިފަ ފެނުމާއެކު ރަމްލާގެ ހުރިހާ އުއްމީދެއް، ޢަޒުމެއް ފުށްގުޑިތަކެއް ފަދައިން ވައިތެރެއަށް އަރައިގެން ހިނގައްޖެއެވެ. އެތެރެ ހަށީގައި ހަމަ އެޠޫފާން އުފެދިގައެވެ. މުޢާޒު ލޯބިވެތިގޮތަކަށް އައިސް ކައިރީގައި އިށީނުމުން އޭނާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ..... ނާރުތަކުގައި ވޭނީ ރިހުމެއް އުފެދިގަތެވެ. އޭނާ ލޯމަރާލިއެވެ.
[ޙަޤީގަތުގައިވެސް ފަޔަށް މިހިރީ ވަރަށް ބޮޑުވަރުވެފައެވެ.]
އޭނާގެ ހޫނުއަތުން ރަމްލާގެ ފަޔަށް މަޑުމަޑުން ފިތާލިއެވެ.... މިފިތާލުން ރަމްލާއަށް ވަރަށް ކަމުދިޔައެވެ. މުޢާޒު ލޯތްބާއެކު ފައިމޮޑެދޭން ފެށުމުން އަޖައިބެއްފަދަ ހަމަޖެހުމެއް އޭނާއަށް ލިބުނެވެ.... މުޅި ހަށިގަނޑުގައި ހިތްހަމަ ޖެހުމުގެ ރާޅުބާނީތައް އުފެދިގަތެވެ.
މުޢާޒު ގާތުގައި ބުނެފާނަމޭ ރަމްލާގެ ހިތަށް އެރިއެވެ. އަހަރެންގެ ފައި މުޢާޒުގެ އުނގުގައި ބާއްވާލަދޭށެވެ. އަދި އަހަރެން ހުވަފެންތަކުގެ ދުނިޔެއަށް ގޮސްލަންދެން ތިޔަގޮތަށް އިންނާށެވެ.... ހަމައެއާއެކު އެއަތުގެ ފިރުމުން އޭނާގެ ވަރުބަލިވެފައިވާ ނާރުތަކަށް އައުދިރުމެއް ގެނެސްދެމުން ގެންދާ ކަމުގައި އިޙްސާސް ކުރެވުނެވެ.
ލޯމަތީގައި ފޮތިގަނޑެއް އަޅައިގެން ފީކޯތް ނުކުޅޭށެވެ.... އޭނާގެ ހިތް ބުންޏެވެ.... ލޯ ހުޅުވައިގެން އުޅޭށެވެ. ލޯ ހުޅުވައިގެން އުޅުމުން ވެއްޓިދާނެކަމުގެ ބިރެއް ނޯންނާނެއެވެ.
ރަމްލާ ރަނގަޅަށް ލޯހުޅުވާލާފައި މުޢާޒަށް ބަލާލިއެވެ.... ކޮންމެވެސް އެއްޗެއް އޭނާގެ ކަރުގައި ތާށިވެއްޖެއެވެ.
[އަރާމު ކޮށްލާށެވެ. ރަމޫއެވެ.] މުޢާޒު ކުއްލިއަކަށް ތެދުވެއްޖެއެވެ.
[އޮށޯންނާށެވެ.]
[ނިދާލާށެވެ.]
ރަމްލާ ޙައިރާން ކަމާއެކު މުޢާޒުގެ މޫނަށްބަލަން ފަށައިފިއެވެ. އޭނާގެ މޫނަކީ ހިތުގެ ޖަޒުބާތު ބޭރަށް ނުފެންނަ ފާޑުގެ މޫނެކެވެ.
މުޢާޒު އެއްފަރާތެއްގައި އޮތް ރަޖާގަނޑެއް ނަގަމުން ބުންޏެވެ.
[އޮށޯންނާނެށެވެ. އަހަރެން ރަޖާއަޅައި ދޭނަމެވެ.]
ވަރުބަލިވެފައިވާ ރަމްލާ އެއިންގޮތަށް އިނދެފައި އުޑުތިލަމަތިން އެނދުގައި އޮށޯވެލިއެވެ. އެއާއެކު މުޢާޒު މަޑުމަޑުން އޭނާގެ ގައިމަތީގައި ރަޖާގަނޑު އަޅާލިއެވެ.... އެނދާ ދިމާއަށްހުރި ބޮކި ނިވާލިއެވެ.... އޭނާ ރަމްލާގެ ޙައިރާންކަން އެކުލެވިފައިވާ މޫނަށް ބަލާލަމުން ބުންޏެވެ.
[މިރޭ އޮފީހުގެ ބައެއް ފައިލް ބަލާލަންވެފައި އެބައޮތެވެ. އަހަރެން ޓޭބަލް ލޭމްޕް ދިއްލާލައިގެން ކުޑަކޮށް މަސައްކަތް ކޮށްލާނަމެވެ. ރަމްލާ ތިޔައީ ދިގުދަތުރެއް ކޮށްލާފައެވެ.... އަރާމު ކުރާށެވެ.]
ރަމްލާއަކަށް ޔަޤީނެއް ނުކުރެވުނެވެ. އޭނާ ދެލޯ ބޮޑުކޮށްގެން އޮވެ މުޢާޒަށް ބަލަމުން ގެންދިޔައެވެ. ޓެލެފޯނުން ތިމާގެ ކެތްމަދުކަން ފާޅުކުރިމީހާ.... އާދޭސްކޮށްގެން ތިމާގެ އަނބިމީހާ ގެނުވިމީހާ.... އެ ކެތްމަދު ފިރިހެނާ މިއަދު އޭނާގެ އަނބިމީހާ ގާތުގައި އެބުނަނީ އަރާމު ކުރުމަށެވެ. ނިދުމަށެވެ. ކިހާ އަޖާއިބު ފިރިއެއް ހެއްޔެވެ.... ރަމްލާ ވިސްނާލިއެވެ.
މުޢާޒު ޖެހިގެންހުރި ކޮޓަރިއަށް ހިނގައްޖެއެވެ..... ރަމްލާ ވަރަށް މަޑުމަޑުން ކަންތާ ފަރާތަށް ފުރޮޅިލިއެވެ.
ރަމްލާގެ ކޮޓަރިއާ ޖެހިގެން ކުޑަވަރެއްގެ އެހެން ކޮޓަރިއެއް ހުރެއެވެ. އެކޮޓަރިއަށް ވަދެވެނީ ރަމްލާގެ ކޮޓަރި ތެރެއިން ލާފައެވެ. މުޢާޒު، އޮފީހުގެ މަސައްކަތް ގޭގައިކުރަންޏާ ކޮޓަރީގެ ހަތަރުފަރާތުގައިވާ ސްޕީކަރުތަކުން މަޑުމަޑުރާގެއް ކުޅެންފަށައެވެ. އަދި އެވަގުތު އޭނާ ދުނިޔޭގެ އޮއިވަރުން ނުކުމެ މަސައްކަތުގެ ތެރެއަށް ގެނބިފައި އިނދެއެވެ. މި މިޔުޒިކް ހުއްޓުމާއެކު މުޢާޒުގެ މަސައްކަތްވެސް ހުއްޓުނީ ކަމުގައި ރަމްލާއަށް ހީވެދެއެވެ.
މިސިފަ ހުތުރު އިންސާނާގެ ގައިގާ ކިހާ މާތް، ތަފާތު ޝައުޤުތަކެއް އެކުލެވިފައިވޭ ހެއްޔެވެ؟ ރަމްލާގެ ހިތަށް ބައެއް ފަހަރު އަރައެވެ.... އޭނާ ތަފާތު ކަންތައްތައް އިޚްތިޔާރު ކޮށްގެން އެއުޅެނީ އޭނާގެ ހިތުގައިވާ ހަމަނުޖެހުމެއް ދުރުކޮށްލަން ނޫންކަމެއްވެސް ނޭނގެއެވެ.
މިރޭވެސް މުޢާޒު އެކުޑަކޮޓަރިއަށް ހިނގައްޖެއެވެ. ދެން މިޔުޒިކް ފެށިއްޖެއެވެ... ހިމޭންކޮށެވެ... މަޑުންނެވެ... ފުރާނައާއި ކުޅެމުންނެވެ.... ހީވަނީ މުޅި ކޮޓަރި ތެރޭގައި ނާނާއެއް އަޅުވާލެވިފައިވާ ހެންނެވެ.... މުޅި ކޮޓަރި އުނދޯޔެއްހެން ހެއްލެމުންދާ ހެންނެވެ.... ވައިއަޑުން ހެމުންދާ ހެންނެވެ.
ރޭގަނޑުގައި، ހިމޭން ވަގުތުގައި، މިޔުޒިކްގެ މަޑުރާގުން ހިތަށްފިނިކަމާއި އަރާމު ލިއްބައިދެއެވެ. އެއްވެސް ހުރަހެއްނެތި ތާޒާ ޚިޔާލުތައް އާދެއެވެ.
އެދުވަހު ހެނދުނު ރަމްލާ ތެދުވިއިރު ފިކްރީ ހަމަނުޖެހުމާއެކު ހަށިގަނޑުގެ ބުރަކަން އިޙްސާސް ކުރެވުނެވެ. މުޢާޒު އޮފީހަށް ދަންވަންދެން އޭނާ އިށީނދެލާފައި ތެދުވެލާފައި ގޭތެރޭގެ ކުދިކުދިކަންތައް ކޮށްލަ ކޮށްލާ އުޅުނެވެ. އަދި މުޢާޒު ހަމަދިއުމާއެކު ގޮސް އެނދުގައި އޮށޯވެއްޖެއެވެ.
އެނދުގައި އޮށޯތުމާއިއެކު އެނދުގެ އެތަން މިތަނުގާ ކަށިތަކެއް އަތުރާލެވިފައި ހުރިހެން ހީވިއެވެ. އޭނާގެ މުޅި ވުޖޫދު އޭނާ ދެކެ ނަފްރަތުވެފައިވާ ކަމުގައި ހީކުރެވުނެވެ.
ކުޑައިރުކޮޅަކު އޭނާ މިގޮތަށް ރޯލަރޯލާ އޮތެވެ. ދެން އަނެއްކާވެސް ތެދުވެގެން ބޭރަށް އަތުވެއްޖެއެވެ. މައިދައިތަ އޭނާގެ އާދައިގެ މަތިން މެންދުރަށް ތަރުކާރީ ތައްޔާރު ކުރަނީއެވެ. އެވަގުތު މަންމަ ކައިރީގައި އަވަށްޓެރި އަންހެނަކު ވާހަކަ ދައްކަން އިނެވެ. ރަމްލާ ސަލާމްކޮށްލާފައި އެތާނގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
[ދައްތަ ނިކަން އިންސާފު ކޮށްދެއްވަ ބައްލަވާށެވެ.] އެއަންހެން މީހާ ބުންޏެވެ. [މިއީ ކިހާބޮޑު އަނިޔާއެއް ހެއްޔެވެ.] އަޅުގަނޑު އޮފީހުގައިވެސް މަސައްކަތް ކުރަންވީއެވެ. ކުދިން ގެންގުޅެންވީވެސް އަޅުގަނޑެވެ. ގޭތެރޭގެ ކަންތައް ބަލަހައްޓަންވީވެސް އަޅުގަނޑެވެ. ކޮންމެވެސް ވަރަކަށް ފިރިމީހާވެސް ގޭތެރޭގެ ކަންތަކާ އުޅެން ޖެހޭނެ ނޫންތޯއެވެ؟]
މަންމަ ހިނިތުންވެލިއެވެ.
[ތިޔަ އޮފީހުގެ ވަޒީފާ ދޫކޮށްލާފައި ނިކަން ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭތޯ ބަލާށެވެ.]
[ދައްތާއެވެ! ގޭގެޚަރަދުތައް ހިންގުމުގައި އަޅުގަނޑުގެ މުސާރައިން ވަރަށްބޮޑުތަނެއް ފޫބެދޭކަން ދައްތައަށްވެސް އެނގިލައްވާނެއެވެ. އަޅުގަނޑު ވަޒީފާއަކަށް ދިޔައީވެސް ފިރިމީހާގެ ހުއްދައާއި ލައިގެންނެވެ.]
[އަހަންނަށް ތިޔަކަން އެނގެއެވެ.] މަންމަ ބުނުއްވިއެވެ. [ތިޔަ ދެކަމުންކުރެ އެންމެ އުނދަގޫ މަސައްކަތަކުން އަތް ދޮވެލުމަކީ އަހަންނަށް ފެންނަ ކަމެކެވެ.]
[ދައްތާއެވެ! އަޅުގަނޑު ޖާގަހޯދީ ކިހާ މަސައްކަތަކުން ތޯއެވެ؟ ވަޒީފާއަކީ އިރުއިރުކޮޅާ ލިބޭނެ އެއްޗެއް ނޫނެއް ނޫންތޯއެވެ؟ އަޅުގަނޑުމެން ކަހަލަ އަންހެނުންނަށް ކިހާ މަސައްކަތެއް ކުރަން ޖެހޭނެތޯއެވެ.... ހެނދުނު ފަތިހާ ތެދުވެ ސައިތައްޔާރު ކުރަމެވެ. ދެން ކުދިން ތައްޔާރު ކުރުވުމަށްފަހު އަޅުގަނޑު ކާރުގައި ކުދިން ގޮވައިގެން ފުރަތަމަ ދަނީ ސްކޫލަށެވެ. އަވަސް އަވަހަށް ސައިބޯލައިގެން ޝަބީރު އޮފީހަށް ހިނގައިދެއެވެ. ކުދިން ސްކޫލަށް ގެންގޮސްފައި ދެންދަނީ އޮފީހަށެވެ. މެންދުރު އެންމެ ފުރަތަމަ ދަނީ ކުދިން ބަލައެވެ. އޭގެ ފަހުގައި ބާޒާރުކުރަން ދަނީއެވެ. ކަރަންޓް ބިލް އަދާކުރަނީ އަޅުގަނޑެވެ. ޓީވީގެ ފީދައްކަނީވެސް އަޅުގަނޑެވެ. މީގެއިތުރުން ގެއަށްއަންނަހާ ބިލަކަށް ފައިސާ ދައްކަނީވެސް އަޅުގަނޑެވެ. ކުދިންގެ ފީދައްކަންދަނީ އަޅުގަނޑު އަމިއްލައަށެވެ. ޝަބީރުގެކަމަކީ އޮފީހުން އައުމަށްފަހު، ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޮށޯވެ އޮތުމެވެ. ކުއްޖަކު ބަލިވެއްޖިއްޔާވެސް އެއީ އަޅުގަނޑުގެ ޑިއުޓީއެވެ. ޑޮކްޓަރަށް ދައްކަން ދިއުމަކީ އަޅުގަނޑުގެ ކަމެކެވެ.... މިއީ ޙާލު ހުރިގޮތެވެ. ފުރިހަމައަށް އަރާމު ކޮށްލާނެ ފުރުޞަތެއް އެއްގޮތަކަށްވެސް ނުލިބެއެވެ. އަޅުގަނޑުގެ ނަޞީބުގައި އުފާކުރުން ނެތީއެވެ. މިކަންތައްތަކާހުރެ ކޮންމެ ދުވަހަކު ޖެހެނީ އަރާރުންވާށެވެ. އަޅުގަނޑު މިހާރު ޝަބީރު ގާތުގައި އަހަރެމެން ދެން ވަކިވާންވީ ނޫންހެއްޔޭވެސް އަހައިފީމެވެ.]
[މޮޔަޔާއެވެ.] މަންމަ އޭނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ. [ކޮންމެ މައްސަލައެއް ޙައްލުކުރުމުގައި [ވަރި] މި ލަފްޒު ބޭނުން ނުކުރާށެވެ. ތިޔައީ ކުޑަކުދިންގެ ކަމެކެވެ. ދެމީހުން ވަކިވުމަށްފަހު އިތުރު އެތައްހާސް މައްސަލައެއް ކުރިމަތި ވާނެއެވެ. ނިކަން ވިސްނަބަލާށެވެ. އޭރުންވެސް އުޅެންޖެހޭނީ ތިޔަފަދަ ޙާލެއްގައެވެ. އަރާމުގައި އުޅޭ ކޮންމެ އަންހެނަކު އުޅޭނީ ގޭތެރޭގައެވެ. އެވަރުންވެސް ހިތްހަމަ ނުޖެހިގެން ކަލޭމެން ތިޔައުޅެނީ ބޭރުތެރެއަށް ނުކުމެގެންނެވެ. ބޮޑެތި ކަންތައްތަކާ ކުރިމަތި ލައިގެންނެވެ. ވީއިރު ދެން ހިތްވަރުގަދަ ކުރާށެވެ.]
[އެކަމަކު ކޮންމެ ކަމެއްގެވެސް ކޮންމެވެސް ކަހަލަ އުޖޫރައެއްވާނެ ނޫންތޯއެވެ.]
[ބޭރުތެރޭގައި މަސައްކަތްކޮށްފާ އަޔަކަސް އެކަމުގެ އުޖޫރަ ފިރިމީހާއެއް ނުދޭނެއެވެ. ތިމާ މަސައްކަތް ކޮށްފާ އައިސް ތިމާ އަމިއްލައަށް އެކަމުގެ އަގުވެސް އަދާކުރާށެވެ. އަންހެނުން ގާތުގައި ގޭތެރޭގައި ތިބުމަށް ފިރިމީހާ ބުނެފިއްޔާ ގިނަފަހަރަށް އަންނާނީ ރުޅިއެވެ. އެމީހުން ހީކުރާގޮތުގައި އެއީ އެމީހުންގެ ތަރައްޤީއަށް އެޅޭ ހުރަހެކެވެ. ނޫނެކެވެ. އެއީ ގޯހެކެވެ. އަހަންނަކީވެސް މާބޮޑަށް ކިޔަވައިގެން އިން މީހެއްނޫނެވެ. އެކަމަކު އަހަންނަށް އެނގޭކަމަކީ އަންހެނުންނަކީ ލޫޅާފަތި ބައެއްކަމެވެ. ސާފު ބައެއްކަމެވެ. ރީތި ބައެއްކަމެވެ. އެމީހުން ކުރަންވާނީ މަޑުމައިތިރި ސާފު ރީތިކަންތައްތަކެވެ. ތިމާގެ ދިރިއުޅުން އަރާމާ ހަމަޖެހުމުގެ ތެރޭގައި ވޭތުކޮށްލުން ބޭނުމެވެ. ކުދިން ބަލާ ބޮޑުކުރުމާ ގޭތެރޭގެ ކަންތައްތަކީ ވަރަށްބުރަ މަސައްކަތެކެވެ. މިގޮތަށް ފުރިހަމަ ގެވެހި އަންބަކަށް ވެވިއްޖިއްޔާ ފިރިމީހާ ރަނގަޅު ވެދާނެއެވެ.]
[ދައްތާއެވެ. ދައްތަ އަބަދުވެސް ވާހަކަ ދައްކަވަނީ ފިރިހެން ވެރިންނާ އެއްކޮޅަށެވެ.] އެއަންހެން މީހާ ގާތަށް ރުޅި އަންނަގޮތް ވެއްޖެއެވެ. މަންމަ ހޭން ފަށައިފިއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު