ޑރ. މުޢިއްޒު (ކ). މެންބަރު ނިހާދު (މ). ލަތީފް (ވ)
ޑރ. މުޢިއްޒު (ކ). މެންބަރު ނިހާދު (މ). ލަތީފް (ވ)
ޕީޕީއެމުން އަބަދުވެސް ދޭނީ ދޯކާއާއި އަނިޔާ ކަމަށް އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ސިޓީތަކުގެ މޭޔަރުންނަށް ވާދަކުރާ ކެނޑިޑޭޓުން ބަދަލު ކުރުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މެންބަރު ނިހާދު މިއަދު ވިދާޅުވީ، ޕީޕީއެމުން އެ މަސައްކަތް ފެށުމުން ޙައިރާން ނުވާ ކަމަށެވެ. އަދި ޕީޕީއެމް އަކީ އަބަދުވެސް އަނިޔާވެރިވާ ޕާޓީއެއް ކަމަށާއި، މާލޭ ސިޓީ އާއި އައްޑޫ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ބަދަލު ކުރެވޭތޯ ޕީޕީއެމުން މަސައްކަތް ފަށާފައިވާކަމަށް ނިހާދު ވިދާޅުވިއެވެ.

" އަބަދުވެސް ދޭނީ ދޯކާ އާއި އަނިޔާ! މިހާރު އެ އުޅެނީ މުއިއްޒު އާއި ލަތީބެ ކަމުނުގޮސްގެން އެހެން ބަޔަކު ލައްވަން! ކަޑަ މީހުންނަށް ޓިކެޓް ދިނީ ކީއްކުރަން؟" މެންބަރު ނިހާދު ވިދާޅުވެފައިވެއެވެ.



މެމްބަރު ނިހާދު އިދިކޮޅު ކޯލިޝަނަށް އަމާޒުކޮށް މިފަދަ ވާހަކަ ތަކެއް ވިދާޅުވެފައިވާއިރު އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. އަދި މި ކަމާގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުންވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

މި ބިލު ފާސްކޮށްފައި ވަނީ އެކަމަށް ހާއްސަ ކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި 38 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިބިލް ފާސްކުރުމަށް އިދިކޮޅު ކޯލިޝަނުން ވޯޓު ދެއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރެވެ. އަދި މިއަދުގެ ޖަލްސާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިވެފައެއް ނުވެއެވެ.

މިހާރު ފާސްކޮށްފައިވާ ޚާއްސަ ގާނޫނުގައި ވާ ގޮތުން މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެއެވެ. އަދި އެ މުއްދަތުގައި އިންތިހާބު ބޭއްވުމަށް ހުރަސް އެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް މަޖިލީހަށް އީސީއިން އަންގަން ވާނެ ކަމަށް ވެސް ޤާނޫނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޢަސްދަނޑި/ މާލެ

21-Jan-2021

ވަކިތަކުގެ ދަށުލައިގެން 15 އަހަރުވީ?މިނިކާވަގުގެ ދަންތުރައިން އައްޑޫ ސަލާމަތް ވާންޖެ?



ޓްރެންޑިން