އިދިކޮޅުވެގެން ކޮންމެ ކަމަކަށް ދެކޮޅު ހަދާކަށް ނުޖެހޭ ކަމަށާއި، ޕީޕީއެމްގެ މެމްބަރުންނަށް އެޕާޓީން ޚާއްޞަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަން ފެންނަ ކަމަށް އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ، އިންޑިޔާ ސަރުކާރުން ދިވެހި ރާއްޖެއަށް ހިލޭ ފޯރުކޮށްދިން އެއްލައްކަ ޑޯޒްގެ ކޯވިޑް ވެކްސިނާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުން ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް އޮޅޭގޮތަށް ވެކްސިނާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދޭފަދަ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.
އެކަމާ ގުޅިގެން އަލްހާން ވިދާޅުވީ، އިންޑިއާއިން ގެނެސްގެން ހިލޭ ޖަހަން އުޅޭ ވެކްސިނަކީ މީދާ މަރަން ބޭނުންކުރާ އެއްޗެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސިފަވެގެން އުޅޭ ސަބަބު ސާފު ނުވާކަމަށެވެ. އަދި ކޮންމެކަމަކާ އިދިކޮޅު ހެދުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، އެއީ ޖާހިލީއްޔަ ޒަމާނުގެ ސިފައެއް ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ މެމްބަރުންނަށް ޚާއްޞަ ވެކްސިނެއް އެޕާޓީން އުފެއްދުމުގެ މަސައްކަތް ކުރަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ވެކްސިން ޖެހުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި ވެކްސިންގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ނޫސްތަކުން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަލްހާން ވިދާޅުވީ، އެފަދަ ބައެއް ނޫސްތަކަކީ އިދިކޮޅު ޕީޕީއެމްގެ ޕްރޮޕަގަންޑާ މެޝިންތަކެއް ކަމަށެވެ. އަދި އެފަދަ ނޫސްތަކުން ލިޔާ އަސްލެއްނެތް ކުރުވާހަކަ އެއްވެސް މީހަކު ޤަބޫލުކުރާން ނުވާނެ ކަމަށާއި، ތެދު ދޮގު ބަލަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އިންޑިއާއިން ފޯރުކޮށްދޭ ވެކްސިނަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތް ކަމަށާއި، ރައީސް ޞާލިޙްގެ ސަރުކާރުން ގޮތް ނޭނގޭ ވެކްސިނެއް ރައްޔިތުންގެ ގަޔަކަށް ނުޖަހާނެކަން ޔަޤީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިބާވަތުގެ ކަންކަމުގައި ސިޔާސީ ވާދަވެރިކަމާ ހަސަދަވެރިކަން އިސް ނުކުރެއްވުމަށް އިދިކޮޅު ސިޔާސީ ބޭފުޅުންނާ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް އަލްހާން ވަނީ އިލްތިމާސް ކޮށްފައެވެ.
ރައީސް ޔާމިންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ނައިބަކަށް ހުންނެވި އަޙްމަދު ސިއްދީޤްވަނީ، އިންޑިއާއިން ރާއްޖެ ގެނައި ވެކްސިންގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވެ ވެކްސިނާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި ދިވެހިން ގަޔަށް ޖަހައިގެން އެ ވެކްސިން ޓެސްޓް ކުރުމަށް އިންޑިއާ ގެ ސަރުކާރުން ކުރާ މަސައްކަތުގެ ބައިވެރިއަކަށް ދިވެހި ސަރުކާރު ވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރަށްވާފައިވެއެވެ. މީގެއިތިރުން ދިވެހިންނަކީ އިންޑިއާ ގެ ވެކްސިން ޓެސްޓް ކުރަން ގެންގުޅޭ މީދާތަކަކަށް ހަދާފައިވާ ކަމަށް އޭނާ ވަނީ ސިފަކުރަަށްވާފައެވެ.
ރައީސް ޔާމީންގެ ދައުރުގައި ސިޔާސީ އިސް މަޤާމުތަކެއް އަދާކުރެއްވި ޝިފާޤް މުފީދު (ހިސްޓޯ) ވެސް ވަނީ ދިވެހިންނަކީ އިންޑިއާގެ ލެބް ރެޓްސްތަކެއް ނޫން ކަމަށް ވިދާޅުވެ ވެކްސިނާމެދު ވަރަށް ބޮޑަށް ޝައްކު އުފައްދާފައެވެ. އޭނާ ކުރަށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެލިޑޭޓްނުކުރާ އެއްޗެއް ދިވެހިން ގަޔަށް ޖެހުމުގެ ބަދަލުގައި ރައީސް ޞާލިޙާއި ކެބިނެޓާއި މިތާތިބި "އެކަރައިގެ" މީހުންގަޔަށް ޖެހުން ރަނގަޅުވާނެ ކަމަށެވެ.
"ތިޔައެއްޗެއް މަގޭގަޔަކަށް ނުޖެހޭނެ. ތިޔަ ވިހަޔާ މަށާ މަގޭ ޢާއިލާ ވެސް ގައިކޮޅު ގައިގާދުރު." ޝިފާޤު ވިދާޅުވެފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނާ ޙަވާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެއް ކަމަށާއި، މި ވެކްސިން ވަނީ ޓެސްޓިން 3 ފަށަލަވެސް ފުރިހަމަ ކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އަކީ އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުކަމަށެވެ. އަދި މި ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

އިންޑިއާއިން ގެނެސްގެން ހިލޭ ޖަހަން މިއުޅޭ ވެކްސިނަކީ މީދާ މަރަން ބޭނުންކުރާ އެއްޗެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސިފަވެގެން މިއުޅެނީ ކިއްވެބާ؟
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 🇲🇻 (@AlhanFahmy) January 20, 2021
ކޮންމެކަމަކާ އިދިކޮޅު ހެދުމަކީ ޒިންމާދާރު ގޮތެއް ނޫން! ޖާހިލީއްޔަ ޒަމާނުގެ ސިފައެއް!
އަލްހާން ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ވެކްސިން ޖެހުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި ވެކްސިންގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ނޫސްތަކުން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަލްހާން ވިދާޅުވީ، އެފަދަ ބައެއް ނޫސްތަކަކީ އިދިކޮޅު ޕީޕީއެމްގެ ޕްރޮޕަގަންޑާ މެޝިންތަކެއް ކަމަށެވެ. އަދި އެފަދަ ނޫސްތަކުން ލިޔާ އަސްލެއްނެތް ކުރުވާހަކަ އެއްވެސް މީހަކު ޤަބޫލުކުރާން ނުވާނެ ކަމަށާއި، ތެދު ދޮގު ބަލަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އިންޑިއާއިން ފޯރުކޮށްދޭ ވެކްސިނަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތް ކަމަށާއި، ރައީސް ޞާލިޙްގެ ސަރުކާރުން ގޮތް ނޭނގޭ ވެކްސިނެއް ރައްޔިތުންގެ ގަޔަކަށް ނުޖަހާނެކަން ޔަޤީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިބާވަތުގެ ކަންކަމުގައި ސިޔާސީ ވާދަވެރިކަމާ ހަސަދަވެރިކަން އިސް ނުކުރެއްވުމަށް އިދިކޮޅު ސިޔާސީ ބޭފުޅުންނާ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް އަލްހާން ވަނީ އިލްތިމާސް ކޮށްފައެވެ.
ރައީސް ޔާމިންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ނައިބަކަށް ހުންނެވި އަޙްމަދު ސިއްދީޤްވަނީ، އިންޑިއާއިން ރާއްޖެ ގެނައި ވެކްސިންގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވެ ވެކްސިނާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި ދިވެހިން ގަޔަށް ޖަހައިގެން އެ ވެކްސިން ޓެސްޓް ކުރުމަށް އިންޑިއާ ގެ ސަރުކާރުން ކުރާ މަސައްކަތުގެ ބައިވެރިއަކަށް ދިވެހި ސަރުކާރު ވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރަށްވާފައިވެއެވެ. މީގެއިތިރުން ދިވެހިންނަކީ އިންޑިއާ ގެ ވެކްސިން ޓެސްޓް ކުރަން ގެންގުޅޭ މީދާތަކަކަށް ހަދާފައިވާ ކަމަށް އޭނާ ވަނީ ސިފަކުރަަށްވާފައެވެ.
ރައީސް ޔާމީންގެ ދައުރުގައި ސިޔާސީ އިސް މަޤާމުތަކެއް އަދާކުރެއްވި ޝިފާޤް މުފީދު (ހިސްޓޯ) ވެސް ވަނީ ދިވެހިންނަކީ އިންޑިއާގެ ލެބް ރެޓްސްތަކެއް ނޫން ކަމަށް ވިދާޅުވެ ވެކްސިނާމެދު ވަރަށް ބޮޑަށް ޝައްކު އުފައްދާފައެވެ. އޭނާ ކުރަށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެލިޑޭޓްނުކުރާ އެއްޗެއް ދިވެހިން ގަޔަށް ޖެހުމުގެ ބަދަލުގައި ރައީސް ޞާލިޙާއި ކެބިނެޓާއި މިތާތިބި "އެކަރައިގެ" މީހުންގަޔަށް ޖެހުން ރަނގަޅުވާނެ ކަމަށެވެ.
"ތިޔައެއްޗެއް މަގޭގަޔަކަށް ނުޖެހޭނެ. ތިޔަ ވިހަޔާ މަށާ މަގޭ ޢާއިލާ ވެސް ގައިކޮޅު ގައިގާދުރު." ޝިފާޤު ވިދާޅުވެފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނާ ޙަވާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެއް ކަމަށާއި، މި ވެކްސިން ވަނީ ޓެސްޓިން 3 ފަށަލަވެސް ފުރިހަމަ ކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އަކީ އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުކަމަށެވެ. އަދި މި ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު