ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދިން ވަގުންނާ ދައުލަތުން ޑީލު ހެދިކަން ސާބިތުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ 5 އަހަރުގެ ޖަލު ޙުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކުރުމުން ހައިކޯޓުން މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗްގެ 2 ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ދަމަހައްޓަން ނިންމާފައި ވަނިކޮށެވެ. އެ މައްސަލާގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ބައެއް ރައުޔު ތަފާތުވެފައިވާއިރު އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީޢަތަށް ބަލައިގަނެފައިވުން ހިމެނެއެވެ.
އެކަމާގުޅިގެން އަލްހާން ވިދާޅުވީ، ޢަދާވާތްތެރި ދެ ވަގުންގެ ހެކި ބަހުހެ މައްޗަށް ރައީސް ޔާމީން ޖަލަށް ހުކުން ކުރުމަކީ، ފަނޑިޔާރުން ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި ހެކިބަސްދިން ވަގުންނާ ދައުލަތުން ޑީލު ހެދިކަން ޝަތީޢަތަށް ސާބިތުވެއްޖެ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
އަލްހާން ވިދާޅުވީ، އެމްއެމްޕީއާރުސީ ކޮރަޕްޝަން ތަހުޤީގުކުރަން އެންމެ ފުރަތަމަ އަމުރު ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން ހައިކޯޓުން މިއަދު ރައީސް ޔާމީންގެ ޙުކުމް ދެމެހެއްޓުމުން ސަރުކާރުން ޝަރީޢަތަށް އަތްބާނާ ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަން ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވިއެވެ.
ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އިސްތިޢުނާފީ މައްސަލައިގެ ޙުކުމް ކުރުމުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެއް ދޭ ހެކިބަހެއް ކަމުގައިވާތީ ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކި ބަސް ބޭނުންނުކުރެވޭނެ ކަމަށެވެ. އަދި އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔާތަކީ ފާސިޤުން ކަމުގައި ބެލެވޭނެ ކަމަށާއި، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމުގައި ޝަހީދުގެ ރައުޔަ އިއްވަމުން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ފަނޑިޔާރު ޝަހީދު ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އެކަށީގެންވާ ބައްޔިނާއެއް ނުވަތަ އިތުރު ހެއްކެއް މި މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ޙުކުމް ދަމަހައްޓާނެ ތަނެއް ނެތްކަމަށް ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރަކީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައެވެ. އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރުން ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައެވެ.

ޢަދާވާތްތެރި ދެ ވަގުންގެ ހެކި ބަހުހެ މައްޗަށް ރައީސް ޔާމީން ޖަލަށް ހުކުން ކުރުމަކި ، ފަނޑިޔާރުން ލަދުގަންނަންޖެހޭ ކަމެއް! pic.twitter.com/A7ZixZU40E
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 🇲🇻 (@AlhanFahmy) January 21, 2021
އަލްހާން ވިދާޅުވީ، އެމްއެމްޕީއާރުސީ ކޮރަޕްޝަން ތަހުޤީގުކުރަން އެންމެ ފުރަތަމަ އަމުރު ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން ހައިކޯޓުން މިއަދު ރައީސް ޔާމީންގެ ޙުކުމް ދެމެހެއްޓުމުން ސަރުކާރުން ޝަރީޢަތަށް އަތްބާނާ ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަން ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވިއެވެ.
ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އިސްތިޢުނާފީ މައްސަލައިގެ ޙުކުމް ކުރުމުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެއް ދޭ ހެކިބަހެއް ކަމުގައިވާތީ ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކި ބަސް ބޭނުންނުކުރެވޭނެ ކަމަށެވެ. އަދި އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔާތަކީ ފާސިޤުން ކަމުގައި ބެލެވޭނެ ކަމަށާއި، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމުގައި ޝަހީދުގެ ރައުޔަ އިއްވަމުން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ފަނޑިޔާރު ޝަހީދު ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އެކަށީގެންވާ ބައްޔިނާއެއް ނުވަތަ އިތުރު ހެއްކެއް މި މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ޙުކުމް ދަމަހައްޓާނެ ތަނެއް ނެތްކަމަށް ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރަކީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައެވެ. އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރުން ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު