ކުރީގެ ނައިޑރ. ޖަމީލް އެޖައްސަވަނީ ރައީސް ޔާމީންގެ ސިޔާސީ ސަންދޯކުގައި މޮހޮރު ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ އަލްއުސްތާޛު މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިޢުނާފް ކުރުމުން އެޙުކުމް ހައިކޯޓުން މިއަދު ދެމެހެއްޓުމަށް ނިންމެވުމުންނެވެ. ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުގެ އިސް ވަކީލެވެ. ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލް އެ މަޤާމުން ދުރުކޮށްފައިވަނީ، އަޙްމަދު އަދީބަށް ނައިބު ރައީސްކަން ދެއްވުމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. ޖަމީލް ނާއިބު ރައީސްކަމުން ވަކިކުރި މައްސަލަ ޑރ. ޖަމީލްވަނީ ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ. އެ މައްސަލަާގައި ޑރ. ޖަމީލްގެ ވަކީލުން ވަނީ ޑރ. ޖަމީލް މަޤާމުން ވަކިކޮށްފައިވަނީ ދިފާޢު ވުމުގެ އެއްވެސް ފުރުސަތެއް ނުދީކަމަށް ކޯޓުގައި ބުނެފައެވެ. އެ މައްސަލަ އަދި ނިމިފައެއް ނުވެއެވެ.
މޫކޭ މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ނައިބު ރައީސް ކަމުން ދުރުކުރުމުން ޤައުމުން ބޭރަށް އަރުވާލެވިގެން ހުންނަވާ ތަހައްމަލު ކުރެއްވި އަނިޔާގެ ބަދަލު ހިއްޕަވާގޮތް ވަރަށް ތަފާތު ކަމަށެވެ.
"އެންމެ ގާތުގައި އިންނަވައިގެން އެ ޖައްސަވަނީ ޔާމީންގެ ސިޔާސީ ސަންދޯކުގައި ނުޖެއްސެވި ހުރި ފަހު މޮހޮރުކޮޅު." މޫކޭ ވިދާޅުވިއެވެ.
ޑރ. ޖަމީލްގެ މީގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ ޤައުމު ނުދެކޭފަދަ ކޮރަޕްޝަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގައިގެން ކަމަށެވެ. އަދި އެއީ އިކޮނޮމިކް ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ތަނެއް ކަމަށާއި، އިކޮނޮމިކް ކައުންސިލްގެ ރައީސް އަކީ ރައީސް ޔާމީން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މި ޚިޔާނާތުގެ ސީދާ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހޭކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ދިފާޢީ ވަކީލަކަށް ވުމަށްފަހު ޑރ. ޖަމީލް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށާއި، ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތާ ގުޅިގެން ކޮށްފައިވަނީ ސިޔާސީ ޙުކުމެއް ކަމަށެވެ. އަދި ޚިޔާނާތުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ ޑރ. ޖަމީލަށް ފަހު ރައީސް ޔާމީންގެ ނައިބުރައީސްކަމަށް އައްޔަން ކުރެއްވި އަޙްމަދު އަދީބުކަމަށް ޖަމީލް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް ޔާމިން 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ފައިސާ އިން އެމަނިކުފާނު މަނީލޯންޑަރ ކުރެއްވި ކަން ސާބިތުވުމާ ގުޅިގެންނެވެ. މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފްގެ ޙުކުމް އިއްވުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާޢީދު ކޮށްފައެވެ.
މި މައްސަލާގައި ރައީސް ޔާމީންގެ ވަކީލުން ވަނީ، 75 ނުކުތާއެއް އިސްތިއުނާފް ކުރަށްވާފައެވެ. އިސްތިއުނާފުކުރުމުގައި 75 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް ގިނަ ނުކުތާތަކެއް ތަކުރާރުވެފައިވުމުގެ ސަބަބުން، މައްސަލަ ދިރާސާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް @MJameelAhmed އަރުވާލެވިގެން ހުންނަވާ ތަހައްމަލު ކުރެއްވި އަނިޔާގެ ބަދަލު ހިއްޕަވާގޮތް ވަރަށް ތަފާތު. އެންމެ ގާތުގައި އިންނަވައިގެން އެ ޖައްސަވަނީ ޔާމީންގެ ސިޔާސީ ސަންދޯކުގައި ނުޖެއްސެވި ހުރި ފަހު މޮހޮރުކޮޅު. pic.twitter.com/gBZxCTq22u
— Moosa Ali Manik 🇲🇻 (@VMookey) January 21, 2021
ޑރ. ޖަމީލްގެ މީގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ ޤައުމު ނުދެކޭފަދަ ކޮރަޕްޝަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގައިގެން ކަމަށެވެ. އަދި އެއީ އިކޮނޮމިކް ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ތަނެއް ކަމަށާއި، އިކޮނޮމިކް ކައުންސިލްގެ ރައީސް އަކީ ރައީސް ޔާމީން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މި ޚިޔާނާތުގެ ސީދާ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހޭކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ދިފާޢީ ވަކީލަކަށް ވުމަށްފަހު ޑރ. ޖަމީލް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށާއި، ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތާ ގުޅިގެން ކޮށްފައިވަނީ ސިޔާސީ ޙުކުމެއް ކަމަށެވެ. އަދި ޚިޔާނާތުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ ޑރ. ޖަމީލަށް ފަހު ރައީސް ޔާމީންގެ ނައިބުރައީސްކަމަށް އައްޔަން ކުރެއްވި އަޙްމަދު އަދީބުކަމަށް ޖަމީލް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް ޔާމިން 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ފައިސާ އިން އެމަނިކުފާނު މަނީލޯންޑަރ ކުރެއްވި ކަން ސާބިތުވުމާ ގުޅިގެންނެވެ. މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފްގެ ޙުކުމް އިއްވުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާޢީދު ކޮށްފައެވެ.
މި މައްސަލާގައި ރައީސް ޔާމީންގެ ވަކީލުން ވަނީ، 75 ނުކުތާއެއް އިސްތިއުނާފް ކުރަށްވާފައެވެ. އިސްތިއުނާފުކުރުމުގައި 75 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް ގިނަ ނުކުތާތަކެއް ތަކުރާރުވެފައިވުމުގެ ސަބަބުން، މައްސަލަ ދިރާސާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު