ރައީސް ޔާމީނަށް އަނިޔާވެރިވަމުންދަނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ އޯޑަރަށް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިމޭރުމުން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމް ހައިކޯޓުން ދެމެހެއްޓުމުން އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށާއި، މަގުމަތީ ޙަރަކާތްތައް އިތުރުކުރާނެކަމަށެވެ. އަދި ސަރުކާރަށް ޖެހޭނީ ރައީސް ޔާމީނަށް އިންސާފު ދޭން ކަމަށް އަދުރޭ ވިދާޅުވިއެވެ.
މިއަދު މިއޮތް ސަރުކާރަކީ އެއްވެސް ޙާލެއްގައި ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ޤާނޫނުވެސް ތަންފީޛު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޚުދު މުހުތާރު ސަރުކާރެއް ކަމަށާއި، މިއީ ބައެއްގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް އަނިޔާވެރިވުމުގައި އިސްވެ މިއޮތީ އަވަށްޓެރި އިންޑިއާ. އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ ސީދާ އޯޑަރަށް ރައީސް ޔާމީނަށް އަނިޔާވެރިވަމުން ގެންދަނީ. އެއީ އަޅުގަނޑުމެން ޤަބޫލުކުރާގޮތް." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި މިއަދު އެނގިގެން މި ދިޔައީ ދިވެހި ރާއްޖޭގައި އެއްވެސް އިންސާފެއް ނެތްކަން ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އެކަން ރައީސް ޔާމީން ތަޙައްމަލް ކުރެއްވި ނަމަވެސް އެއްވެސް ރައްޔިތަކަށް ސަލާމަތެއް ރައްކާތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤާނޫނު ތަންފީޛުވާން ބޭނުންވާ އެއްވެސް ރައްޔިތަކަށް މިއަދުމީ އުފާވެރި ދުވަހެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމިން 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ފައިސާ އިން އެމަނިކުފާނު މަނީލޯންޑަރ ކުރެއްވިކަން ސާބިތުވުމާ ގުޅިގެންނެވެ. މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފްގެ ޙުކުމް އިއްވުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާޢީދު ކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު