ސަރުކާރުގެ ވާހަކަ ޑރ. މުޢިއްޒު ނުދެއްކެވުމަށް އަމިއްލަގޮތުން މާލޭސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އަލްހާން ޑރ. މުޢިއްޒަށް އަމާޒު ކުރަށްވައި މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ޕޮއިންޓްދޭއިރު ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓް ދިނުމުގައި އިހުމާލު ވެފައިވާކަމަށް ގިނަ ޢާއްމުން މީސް މީޑިއާގައި ބުނަމުން ދިއުމާ ގުޅިގެންނެވެ. އަދި ޑރ. މުޢިއްޒު ވަނީ ފިލާ ފޮށްޓެއްގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކަމަށް ސަރުކާރުން ބުނާ ކަމަށް ބުނެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައެވެ.

އެކަމާ ގުޅިގެން އަލްހާން ވިދާޅުވީ، "ތިޔަ ފޮޓޯއަކީ މަނިކުފާނު 8 އަހަރު ވަންދެން ސިޓީ ކައުންސިލުގެ ބާރުވެސް ނަންގަވައިގެން ހައުސިން މިނިސްޓަރުކަން ކުރެއްވި އިރުވެސް ނެގެން އޮތް ފޮޓޯއެއް" ކަމަށެވެ.



ރައީސް ޔާމީންގެ ވެރިކަމުގައި ޢިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބިފައިވާ ބައެއް ފަރާތްތަކަށް މީގެ ކުރިން ލިބިފައިވާ ފްލެޓްތައް ޝަރުތު ހަމަނުވާކަމަށް ބުނެ މި ސަރުކާރުގެ ފްލެޓް ކޮމިޓީން ވަނީ ބާތިލް ކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު