ސަރުކާރުން ދަނީ ދިވެހިންނަށް ހުރި ފުރުސަތުތަކަށް ހުރަސް އަޅަމުން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސައިރިކްސް ޝަރީފް މިހެން ވިދާޅުވީ ސަރުކާރުން ގެންގުޅޭ ތަރައްޤީގެ ސިޔާސަތު ބަދަލުކޮށް ޖަޒީރާވަންތަ ތަރައްޤީ ގެނެސްދިނުމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަ ކުރަށްވާ ޢަލީ ނިޒާރު ގޮވާލައްވައި ދައްކަވާފައިވާ ވާހަކަތަކަށް ތާއީދު ކުރަށްވަމުންނެވެ.
ޢަލީ ނިޒާރު ވިދާޅުވެފައިވަނީ، އަތޮޅުތަކަށް އޮތް ސިޔާސަތުތައް ބަދަލު ނުކޮށްފިނަމަ ކުރިއަށްއޮތް 50 އަހަރުތެރޭގައި ރާއްޖޭގެ 50 އިންސައްތަ ރަށް ފަޅުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ޢާމްދަނީގެ 75 އިންސައްތަ މާލޭ ސަރަޙައްދަށް ޚަރަދުކޮށް އަތޮޅު ތަކުގެ އިޤްތިޞާދަށް ޕްލޭންތަކެއް ނެތި ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރުގެ މި ވާހަކަތަކަށް ތާޢީދު ކުރައްވައި ސައިރިކްސް ޝަރީފް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ބަދަލު ނުކުރާނަމަ ރާއްޖޭގެ މުޅި އިޤްތިޞާދު ބޭރުގެ އިންވެސްޓަރުންގެ އަތްމައްޗަށް އެއްކޮށް ހިނގައިދާނެ ކަމަށެވެ. އަދި ދިވެހިންގެ ވަޒީފާތައް އެއްކޮށް ގެއްލި ތަރައްޤީ އާއި ގުޅިގެން ހިންގި ހުރިހާ ޕްރޮޖެކްޓްތަކެއް ނެތިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އަތޮޅުތެރެ ފަޅުވަމުން ދަނީ ސަރުކާރުން ރާއްޖޭގެ މުޅި އިޤްތިޞާދު ދިވެހިންގެ އަތްމަތިން ނަގައި ކޮންޓްރޯލްކޮށް ބޭރު މީހުންނަށް ފަހިވާގޮތަށް ޤާނޫނުތަކާއި ޤަވާއިދު ހަދައި އޭގެ ތެރެއިން ސިޔާސީ މީހުންނަށް ބައި އެޅޭ ގޮތަށް އުސޫލު ހަމަޖެހިފައި އޮތުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު މުޅި ދުނިޔެއަށް ހުޅުވާލަ ދިނީ ދިވެހިންގެ މަސައްކަތުން. ސަރުކާރަށް އެ ކުކުޅުގެ ފައިދާ ފެނުމުން ބޭރު މީހުންގެ އަތުގައި ހިފައިގެން އެމީހުންނަށް ބަހާލީ. އަދިވެސް ދިވެހިންނަށް އޮތް ހުރިހާ ފުރުސަތެއްގައި ސަރުކާރުން ވަނީ ހުރަސް އަޅާފައި." ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ މިފަދަ ބޮޑެތި މައްސަލަތަކުގައި ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ކުރުމަށް ވަރަށް ފާޅުގައި ޚިޔާލުފާޅު ކުރަށްވަމުން ގެންދަވާ ސައިރިކްސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ދިވެހިން ނިކަމެތިވާ ވަރަކަށް ރަށްތައް ފަޅުވެ ބޭރު މީހުންގެ ކޮންޓްރޯލް ބޮޑުވާނެ ކަމަށެވެ. އަދި ދިވެހިންގެ ރަށްތައް ފަޅުވާ މަންޒަރުގެ ހެއްކަކީ ދިވެހިންގެ ބިންތަކުގެ އަގު ވެއްޓުން ކަމަށާއި، އަދި އެއީ އެބިންތައް އިޤްތިޞާދީ ކަންކަމަށް ދޫނުކޮށް އެތަކެއް ޖީލުތަކަކަށް ކޮންޓްރޯލް ކުރުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުތަކުން ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރުމުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ޝަކުވާ އަކީ އަބަދުވެސް ހުރިހާ އަތޮޅެއްގެ ރައްޔިތުންވެސް ކުރާ ޝަކުވާއެކެެވެ. އަދި ޚާއްސަކޮށް ބަޖެޓުން ތަރައްޤީގެ ޕްރޮގްރާމްތައް ބަހާލާއިރު މާލެއަށް ނިސްބަތުން މާބޮޑު ޚަރަދެއް ކުރުމުން އަތޮޅުތައް ތަރައްޤީ ނުވެ މާލެއަށް ބަރޯސާވާން ޖެހި މާލެއަށް ތޮއްޖެހުމުގެ މައްސަލަ އިންތިހާއަށް ބޮޑުވަމުން އަންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު