ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (ކ.) އާއި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވ)
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (ކ.) އާއި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު މަގުމަތިން ވައްޓާލުމަށް ދެކެމުން އަންނަ ހުވަފެން ދޫކޮށްލައި ޚިޔާލީ ދުނިޔެއިން ނިކުތުމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ދަންނަވައިފިއެވެ.

ޖެނެރަލް ޑީޑީ މިމޭރުމުން ޑރ. ޖަމީލަށް ރައްދު ދެެއްވާފައިވަނީ، ޕީޕީއެމްގެ ފަރާތުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އިއްޔެ ބޭއްވި އެއްވުމުގައި މާސްކް ނާޅައި ބައިވެރިވުމުގެ ސަބަބުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ހައްޔަރުކޮށްފައިވަނީ ޣައިރު ޤާނޫނީކޮށް ކަމަށް ޑރ. ޖަމީލް ވިދާޅުވުމާ ގުޅިގެންނެވެ. ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ކުރިން ވެސް އެމްޑީޕީ ސަރުކާރު ނިމުނީ މިގޮތަށް ޗާޓުން ބޭރުން ކަންތައް ކުރުމުން ކަމަށެވެ.

އެކަމާ ގުޅިގެން ޖެނެރަލް ޑީޑީ ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވައްޓާލުމަށް ޑރ. ޖަމީލްމެން ކުރައްވާ އުންމީދު ދޫކޮށްލައްވަން ޖެހޭ ކަމަށެވެ. އަދި އެއީ ވާނެކަމެއް ނޫންކަމަށްވެސް ޛެނެރަލް ޑީޑީ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙްގެ 5 އަހަރުގެ ދައުރު ނިމެންދެން މަޑުކުރުމަށް ޖެނެރަލް ޑީޑީ ވަނީ ޑރ. ޖަމީލަށް ދަންނަވާފައެވެ. މީގެ އިތުރުން ޖެނެރަލް ޑީޑީ ވަނީ ޑރ. ޖަމީލަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމުން ދާޚިލީ ވަޒީރުކަމާ ޙަވާލުވި ބޭފުޅާކަން ޑރ. ޖަމީލަށް ހަނދާންކޮށްދީފައެވެ.

"ހައިރާން އެބަވޭ ޑރ. ޖަމީލް 7 ފެބްރުއަރީގައި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ހޯމް މިނިސްޓަރ ކަމާއި ޙަވާލުވެ ވަޑައިގަން ބޭފުޅާއަށް މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ނުދެއްވާނެ ކަމާއި، މިހާރު ގެ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރ ހަރާންކޯރުވެ ވަޑައިނުގަންނަވާނެކަން އެނގިވަޑައި ނުގަންނަވާތީ." ޖެނެރަލް ޑީޑީ ވިދާޅުވެފައިވެއެވެ.



ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ގާނޫނާ ހިލާފަށް މުޒާހަރާތަކަށް ފުރުސަތު ނުދީ، މީހުން ހައްޔަރު ކުރުން ފަދަ އަމަލުތައް ހިންގުމުން ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ވެސް ކަންތައް ކުރަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ވެސް ކަންތައް ކުރި ގޮތަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެ ކުރިން ފުލުހުން ނުވަތަ ސިފައިން އަދިވެސް ސަރުކާރާއި ދެކޮޅަށް ނުނުކުންނާކަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޖެނެރަލް ޑީޑީ ވަނީ އެކަމަށްވެސް އެއްބަސްވެ ވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ. އެފަހަރު ޖެނެރަލް ޑީޑީ ވިދާޅުވީ، ފެބްރުއަރީ 7 ގައި އެ ޙާލަތަށް ޤައުމު ދިޔައީ އޭރުގެ ހޯމް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރގެ ދޯދިޔާ ކަމުން ކަމަށާއި މިހާރު އެކަން ތަކުރާރު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރު މަގުމަތިން ވައްޓާނުލެވޭނެ ކަމަށްވެސް ޖެނެރަލް ޑީޑީ އެފަހަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޜާމީ

28-Jan-2021

ވައްޓާލަން ތާރީޚް ކަނޑައަޅާ ޕީޕީއެމް ނުކުމެއްޖެނަމަ ގެޔަށް ވަންނާނީ ވައްޓާލާފަ. ގިނަ ތާރީޚްތަކެއް ކަނޑައަޅާކަށް ނުޖެހޭނެ އިންޝާ އަﷲ! ބިރުން ތިތިބަ ވިރެނީނު ބްރިގޭޑިޔާމެން.



ޓްރެންޑިން