35 ވަނަ ބައި
..................
ރަމްލާ މަލާމާތުގެ ނަޒަރަކުން ބަލާލުމުން ކާރުގައިއިން ޒުވާނާ އަވަސް އަވަހަށް ދޮރުހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. އަދި ވަރަށް މަޑުމައިތިރި އަޑަކުން ބުންޏެވެ.
[މާފުކުރައްވާށެވެ. ތިޔައީ އަޅުގަނޑުގެ ކުށެވެ. އަޅުގަނޑަށް ބަލާނުލާ އަލިފާންދަނޑި އެއްލާލެވުނީއެވެ. އެއީ ކޮށްގެންވާނެ ކަމެއްނޫނެވެ... މަގަކީ ހިނގާމީހުންނަށް ޚާއްޞަކުރެވިފައިވާ ތަނެކެވެ.... އަޅުގަނޑު... އަޅުގަނޑު ލަދުވެތިވަމެވެ...]
[ދެން އެންމެ ރަނގަޅު....!] ރަމްލާ ހިތުން ބުނެލިއެވެ. އޭނާ އުޅުނީ ދެއަތްޖޯޑުކޮށް މާފަށް އެދެންވެގެންނެވެ. ނުވަތަ އޭނާގެ ލަދުވެތިކަމުގެ އިޙްސާސް، ދެއަތްޖޯޑުކޮށް މާފަށް އެދުނީއެވެ.
ރަމްލާ، އޭނާގެ ލޮލުގެ ތެރެއަށް ގެއްލިފައި ހުރެއްޖެއެވެ.
ވިދާ ބަބުޅާ، ބިއްލޫރި ގޮޅިތަކެއް ފަދައިން ޙަރަކާތްތެރިވާ ކެތްމަދު ލޮލެކެވެ. ސާފުކަމުން ހީވަނީ ވައިމަޑު ދުވަހެއްގެ އުޑުމަތި ހެންނެވެ. ބައެއް ދިމަދިމާއިން ރަތްދަޅަވެސް ފެނެއެވެ.
ކިހާ ރީތި މީހެއް ހެއްޔެވެ؟..... ރަމްލާ ވިސްނާލިއެވެ.
[އަނެއްކާ ގަމީހެއް ނާދާތޯއެވެ....] އޭނާ ގުދުވެލާފައި ރަމްލާގެ ކުލަމަޑު ގަމީހަށް ބަލާލިއެވެ. ހީވީ ގަމީހުގެ ވަސް ބަލާލަން އުޅުނު ހެންނެވެ. ދެން ކޮޅަށް ތެދުވިގޮތުން ހީވީ ގަމީހުގެ މީރުވަހުން ބަނޑުފުރިގެން ތެދުވި ހެންނެވެ.
[ތިބާގެ ގައިގާ އަލިފާން ނުޖެހުނު ކަމަށްޓަކާ ޝުކުރު ކުރަމެވެ.]
[ގަސްތުކުރީ އަހަރެންގެ ގައިގާ އަލިފާން ޖަހަންވެގެންނެވެ....] ރަމްލާ ކަޅި އަޅާލިއެވެ.
[މާފު ކުރައްވާށެވެ....!]
އޭނާހުރީ ވަރަށް ކައިރީގައެވެ. މިއުފާވެރި ހެނދުނުގެ ވަގުތުގައި އޭނާ ފެންނަނީ ވަރަށް ތާޒާގޮތަކަށެވެ. އޭނާގެ ޞިއްޙަތު ރަނގަޅު މޫނުމަތީގައިވަނީ މަޑު ރަތްކުލައެކެވެ... އާދެ ރަމްލާގެ ލޯމަތީގައި އޭނާގެ މޫނު ހުރަސްވެއްޖެއެވެ. މިގޮތަށް އިރުކޮޅަކު ހުރެފައި ރަމްލާ ފިހާރައާއި ދިމާއަށް ހިނގައިގަތެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާއަށް އެއްޗެކޭބުނުމުގެ ހިތްވަރެއް ނުލިބުނީއެވެ. އޭނާ މަގުއޮޅިފައިވަނިކޮށް ކުއްލިއަކަށް އޭނާގެ ހުވަފެންތަކުގެ ޝަހެޒާދާ ފެނުނީއެވެ. އޭނާގެ ސިކުނޑީގައި ރަސްކަންކުރަމުން އައީ މިކަހަލަ މީހެކެވެ. ލޮލުގައި ހަމަ އެކަހަލަ ވިދުވަރެއްގައި ހުރި މީހެކެވެ.
ފިހާރައިގެ ތެރެއަށްވަދެ އެތައް އިރެއްވީއިރުވެސް އޭނާގެ ނޭވާ ހަމައަކަށް ނޭޅުނެވެ. އަވަސް އަވަހަށް އޭނާ ނުބައި ޝޯކޭހެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. އެވަގުތު މީހަކު އައިސް ސުވާލުކުރުމުން، އޭނާއައީ، ބަދިގެއަށް ބޭނުންވާ ސާމާނުގަންނަން ނޫން ކަމުގައި ހަނދާން ވެއްޖެއެވެ. އެއާއެކު އޭނާ އެނބުރިލާފައި ފިހާރައިގެ އަނެއް ބަޔަށް ހިނގައްޖެއެވެ.
އެވަގުތު ފިހާރައިގާ އެއްޗެހި ގަންނަން އައިސްތިބި އަންހެނުންތަކެއް ތިއްބެވެ. އޭނާ އެއްވެސް މީހަކާ، ދިމާއަކަށް ނުބަލައެވެ. އަދި އަވަސްއަވަހަށް ދަބަސް ހުޅުވާލާފައި ކަރުދާސްގަނޑެއް ނަގައިފިއެވެ. ދެން ތަކެތީގެ އޯޑަރުދޭން ފަށައިފިއެވެ.
ސޭޓަކަށް ހުރި މީހާ އެއްޗެތިތައް ނަގާ ކައުންޓަރު މަތީގައި ބަހައްޓަމުން ގެންދިޔައެވެ. ފުޅިއާއި ނެޕީއެވެ. ގިރިޕްވޯޓަރާއި ސައިބޯންޏެވެ. ލޯޝަނެވެ.
ރަމްލާ އޭނާއަށް ކަމުދާ އެއްޗެތި ވަކިކޮށްލިއެވެ. އަދި ސޭޓް ބިލްހަދަން ފަށައިފިއެވެ. ރަމްލާ އަނެއްކާވެސް ޝޯކޭސްއަށް ނަޒަރު ހިންގާލިއެވެ. ބޭނުން އެއްޗެއް ލޮލުގައި އަޅައިގަނެފިއްޔާ ގަނެލުމުގެ ބޭނުމުގައެވެ. އެވަގުތު އޭނާގެ ފަހަތުން ހިލަމެއް ވެލިހެން ހީވީއެވެ.
ރަމްލާ އެނބުރި ބަލާލިއެވެ. ހަމަ އޭނާއެވެ. ވަރަށް ކައިރީގައެވެ. ރަމްލާ ކުޑަކޮށްވެސް ފަރާތަކަށް ޖެހިލިނަމަ އޭނާގެ ގައިގާ ޖެހުނީހެވެ.
[އޭނާއަށް އޭނާގެ ރީތިކަމުގެ އިޙްސާސް ކުރެވުނީ ހެއްޔެވެ؟]
އޭނާ ކޮންމެވެސް އެއްޗަކާ ބެހޭގޮތުން ސޭޓްގާތުގައި ވާހަކަދައްކަން ހުރިއިރު ވަރަށް ފަރުވާތެރި ކަމާއިއެކު ރަމްލާ އޭނާއަށް ބަލާލިއެވެ. މެދުމިނުގެ އިސްކޮޅެއްގައި ހުރި ފަތިހަށި މީހެކެވެ. އިޓަލިއަން ފެޝަންގެ ފަޓްލޫނަކާއި ޓީޝާރޓެއްގައި ހުރިއިރު އޭނާގެ ޢުމުރުން ވަރަށް ޅަކަމުގައި ދައްކައެވެ. ތަންކޮޅެއް ބޮޑު ރީތި މަތިމަހެކެވެ. އެއިން އޭނާގެ ޝަޚްޞިއްޔަތު ހާމަކޮށްދެއެވެ. އޭނާގެ ކަރުދޮށުގައި ޚާއްޞަގޮތެއް ހުއްޓެވެ. އެވަގުތުވެސް އޭނާ ހުރީ ސުއްޓާއެއް ބޯލަ ބޯލައެވެ. ސުއްޓާގެ ދުންތައް ބޭރުކޮށްލާހިނދު ކުޑަކޮށް ލޯކުނާކޮށްލައެވެ. އޭނާ ވަރަށް މަޖަލާއެކު ބިލްދައްކާލާފައި ބޭރަށްނުކުމެގެން ހިނގައްޖެއެވެ. ވަށައިގެންހުރި ލޯބިލޯބި ކުޅޭ އެއްޗެހިތައް ރަމްލާއާ އެތައް މޭލެއްގެ ދުރަށް ހިނގައްޖެއެވެ. އޭނާވެސް ބިލް އަދާކޮށްލިއެވެ. ދެން އެއްޗެހިތައް އަޅާފައިހުރި ކޮތަޅު ހިފައިގެން އެނބުރިލިއެވެ. އެއާއެކު ޒަމާނީ ފެޝަންގެ އަންހެނަކާ މުޑިޖެހިއްޖެއެވެ.
[ރަމްލާ....؟]
މިއަންހެން މީހާގެ އަނގައިން އޭނާގެ ނަންބުނި އަޑުއިވުމުން އިސްއުފުލާލާފައި ފަރުވާތެރި ކަމާއިއެކު ބަލާލިއެވެ.
[ޖައްޔިދާ... ކަލޭ ހެއްޔެވެ؟]
ދެން އެކަކު އަނެކާ ހިފާ އޮޅުލައިގަތެވެ.
ޖައްޔިދާއަކީ ރަމްލާއާ އެއްގްރޭޑެއްގައި ކިޔަވާފައިވާ ކުއްޖެކެވެ. ދެކުދިން ސްކޫލުން ކޮލެޖަށް ބަދަލުވީ އެކުއެކީގައެވެ. އެހެން ނަމަވެސް ފުރަތަމަ އިމްތިޙާނުގައި ބައިވެރިވުމުގެ ބަދަލުގައި ޖައްޔިދާ މީހަކާ އިނީއެވެ. އެދުވަސްވަރު މުޅިކޮލެޖް ތެރޭގައި އޮތީީ އޭނާގެ މަޝްހޫރުކަމުގެ ވާހަކައެވެ. އެކި ފަހަރު އެކި މީހުން ލޯބީގެގޮތުން ގުޅެމުންދާ ވާހަކައެވެ. ދެންކުއްލިއަކަށް އިވުނީ އޭނާ މީހަކާ އިންވާހަކައެވެ. އަދި އޭގެ ކުޑަދުވަސްކޮޅެއްގެ ފަހުން އޭނާ ފިރިމީހާއާއިއެކު އިންގްލެންޑަށް ހިނގައްޖެއޭވެސް މީހަކު ބުނިއަޑު އިވުނެވެ.
މިހެންވެފައި ވަނިކޮށް އެތައް ޒަމާނެއްގެ ފަހުން އޭނާ ފެނިފައި އަޖައިބެއްފަދަ އުފާވެރިކަމެއް ރަމްލާއަށް އިޙްސާސް ކުރެވުނެވެ.
[ޖައްޔިދާއެވެ. އަހަރެމެން މިބައްދަލުވީ ކިހާދުވަހެއްގެ ފަހުން ހެއްޔެވެ. ދުވަހަކުވެސް ފެންނާނެކަމަކަށް އަހަރެން ހީއެއްވެސް ނުކުރަމެވެ.]
[އެންމެ ރަނގަޅެވެ. ބުނެބަލާށެވެ. ރަމްލާ މީހަކާއި އިނދެފީން ހެއްޔެވެ؟.... ފެންނަ ފެނުމުގައި ތިޔައީ ހަމަ ކުރީގެވެސް ރަމްލާއެވެ. އެކަމަކު ކުޑަކޮށް ފަލަވެއްޖެއެވެ.
ރަލްމާ ހީނލިއެވެ.... އެނާގެ ލޯމައްޗަށް މުޢާޒުގެ ހުތުރުމޫނު އަތުވެއްޖެއެވެ. އޭނާއަކަށް ޖަވާބެއް ނުދެވުނެވެ...
[ބުނެބަލާށެވެ.... ކުއްޖަކުވެސް އެބައޮތް ހެއްޔެވެ؟] ރަމްލާ ބުންޏެވެ.
[ނޫނެކެވެ.] ޖައްޔިދާ ހިތާމަވެރި ގޮތަކަށް ބުންޏެވެ.
[ޕާކިސްތާނަށް އައީ ކޮންއިރަކު ހެއްޔެވެ؟]
[މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު އަދިވެސް ރަމްލާއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނަމުއެވެ.]
ރަމްލާގެ އަތުގައި އޮތްކޮތަޅަށް ޖައްޔިދާ ބަލާލިއެވެ.... ދެން ކޮތަޅުގެ ތުންކުޑަކޮށް ހުޅުވާލާފައި ބަލާލިއެވެ.
މީގައި މިހިރީ ކުޑަކުދިންގެ ސާމާނެވެ... ބުނާށެވެ... ނުބުނާން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟ ކުއްޖަކު ލިބުނީ ހެއްޔެވެ.]
ރަމްލާ ހިތިގޮތަކަށް ހިނިތުންވެލިއެވެ. ދެން ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ.
[ކޮންއިރަކު ހެއްޔެވެ؟.... ކޮންތާކު ހެއްޔެވެ؟] މީހަކާއިނީ ކޮންއިރަކު ހެއްޔެވެ؟]
[ތިޔަހުރިހާ ސުވާލުކުރާނީ މިފިހާރައިގެ ތެރޭގައި ހެއްޔެވެ؟]
[ދެން އެހެން ކޮންތަނެއްގައި ހެއްޔެވެ؟]
[އެންމެ ރަނގަޅެވެ. ޖައްޔިދާ މިހާރު ތިޔައުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟] ރަމްލާ ސުވާލުކުރިއެވެ.
[ވަރަށް ކައިރީގައެވެ. މޮޑަން ޓައުންގައެވެ.]
[ނަމްބަރު ބުނާށެވެ.]
[ކުރިމަތިން މިއޮތް މަގުގެ ހުސްވާ ހިސާބުގައި އެހެރަ 776 ނަމްބަރު ގޭގެ އެއްބައެވެ.
[އެހާ ކައިރީގައި ހުރިއިރު އަހަންނަށް ހަމަ ހިލަމެއްވެސް ނުވެއެވެ.] ރަމްލާ ބުންޏެވެ.
[ކީކޭ ހެއްޔެވެ؟........]
[އެއީ އަހަރެންގެ ބައްޕަމެންގެ ގެއެވެ.]
[ހަމަ ތެދެއް ހެއްޔެވެ.] ޖައްޔިދާ އުފަލުން ފޮޅިފައި ބުންޏެވެ.]
[އެކަމަކު އެތަނަކުން ނުފެނެއެވެ. އެގޭގައި އިންނަތާ މިހާރު ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ؟......]
[ހަމަސް ދުވަސް ވެއްޖެއެވެ.]
[މިހާރު ހަންދާން ވެއްޖެއެވެ. ގޭގައި ކުއްޔަށްތިބޭ މީހުންނަކީ ވަރަށް ރަނގަޅު ބައެކޭ އެއްދުވަހަކު ބައްޕަ ބުނުއްވި ހަނދާން ވެއްޖެއެވެ.... އެކަމަކު އަހަރެން އެއަކަށް ފަރުވާއެއް ނުބަހައްޓަމެވެ. ތިޔަތިބޭ ބަޔަކީ، އަހަރެމެންގެ ދޮށީ ބޭބެ މިދިޔަ އަހަރު ހައްދަވާފައިވާ ތަނެކެވެ. އެދުވަސްކޮޅު ބޭބެ ގަސްތުކުރައްވާފައި އޮތީ ޕާކިސްތާނަށް ދުރުވުމަށެވެ. އެކަމަކު އަހަރެމެންގެ ފަހަރި ޤަބޫލުނުވެގެން އަދި ނާދެވިގެން އުޅެނީއެވެ. މިހެންވުމުން ބައްޕަ ބުނުއްވީ ތަން ހުހަށްހުރުމުގެ ބަދަލުގައި ކުއްޔަށް ދިނުމަށެވެ. ޖައްޔިދާމެންނަކީ، އެންމެ ފުރަތަމަ މިތަން ކުއްޔަށްހިފި މީހުންނެވެ.... އަހަންނަށް ހީވާގޮތުން ޖައްޔިދާއާއި ގެއިން ބައްދަލުނުވަނީ އަބަދު ބޭރުގައި އުޅޭތީއެވެ. ތިޔައީ ހިނގުމަށް އެހާފޯރި ހުންނަ މީހެއްކަން އަހަރެން ދަންނަމެވެ.]
[އެހެން ނޫނަސް އަހަރެމެން ތިބޭބައިގެ ދޮރާށި ހުންނަނީ އަނެއް ފަރާތުގައެވެ. ތިޔަބުނީ ހަމަ ތެދެކެވެ. އަހަރެމެން ދެމީހުންނަކީވެސް ބުރުއެޅުމަށް އެހާފޯރި ހުންނަ ދެމީހުންނެވެ. ކުޑަ ކުއްޖަކުވެސް އަހަރެމެންގެ ނެތެވެ.] އޭނާ މޮޅިވެފައި ބުންޏެވެ.
ޖަވާބުގައި ބުނާނީ ކީކޭކަމެއް ރަމްލާގެ ސިކުނޑިއަކަށް ނައެވެ.
ޖައްޔިދާ ބުންޏެވެ.
[އަންނާށެވެ. އަހަރެންގެ ފިރިމީހާއާއި ބައްދަލު ކުރުވާނަމެވެ. އެނާ މިތާ ބޭރުގައި ވެއްޖެއެވެ.]
ޖައްޔިދާ ބިލް އަދާކުރިއެވެ. ދެން ސާމާނުކޮތަޅުތައް ހިފައިގެން ދެމީހުން ބޭރަށް އަތުވެއްޖެއެވެ.
ޖައްޔިދާ ފެނުމާއިއެކު އެއްކަލަމީހާ ކާރުން ފައިބައިފިއެވެ.
އެވަގުތު ރަމްލާގެހިތަށް ކަށްޓެއް ހެރުނު ކަހަލައެވެ. އަދި އޭނާގެ މޫނުމައްޗަށް ރީނދޫކުލައެއް ވެރިވެއްޖެއެވެ.. އޭނާ ހަމަޖެހިލިއެވެ. އަދި ހިތުގެ މައްޗަށް ގަދަވެގަތެވެ.
[މިއީ........ މިއީ..... މިއީ.... އަހަރެންގެ ފިރިމީހާއެވެ..... ފިރިމީހާއެވެ.... ފިރިމީހާއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު