އެއްވުމުގެ ތެރެއިން އަބްދުއްރަޙީމް ހައްޔަރު ކުރަނީ
އެއްވުމުގެ ތެރެއިން އަބްދުއްރަޙީމް ހައްޔަރު ކުރަނީ
ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް ހެލްތް މިނިސްޓްރީ ކައިރިއަށް އެއްވުމަށް މަސައްކަތް ކުރެއްވުމުން އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއް ރަހީމް ޢަބްދުﷲ ހައްޔަރުކޮށްފިއެވެ.

މިއަދު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަދު ބަޔަކު މާލޭގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީސް ކުރިމަތީގައި ވަނީ އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް އެއްވުމަށް މަސައްކަތް ކޮށްފައެވެ. މި އެއްވުމުގެ ބައިވެރިން ގޮވާލާފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިން ނުޖަހާނެ ކަމަށާއި، ސިއްހީ ހިދުމަތްތެރިން ލައްވައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހެލްތު މިނިސްްޓްރީން ކުރަމުން ދާ މަސައްކަތް ވަގުތުން ވަގުތައް ހުއްޓާލުމަށެވެ.

ފުލުހުން ވަނީ މި އެއްވުމުގެ ތެރެއިން އަބްދުއްރަހީމާއި، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ހައްޔަރުކޮށްފައެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ ހެލްތު މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ރައްކާތެރިކަން ކަށަވަރުވެފައި ނުވާ ވެކްސިނެއް ނުޖެހުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ދޫކޮށްލާފައިވަނީ އެރޭގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން