އެއްވެސް ބަޔަކަށް އަނިޔާއެއް ނުވާ ސަރުކާރެއް ދުނިޔޭގައި އުފެދިފައި ވެދާނެތޯއޭ ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބުރައީސް އަޙްމަދު ސަޢުދު ސުވާލު އުފައްދަވައިފިއެވެ.
ސަޢުދު މިފަދަ ސުވާލެއް އުފައްދަވާފައި މިވަނީ މިހާރު ހިނގަމުންދާ ރައީސް ޞާލިޙްގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މަގުމަތީގެ ޙަރަކާތްތައް ފަށާފައި ވަނިކޮށެވެ. ސަޢުދު ވިދާޅުވީ، ކޮންމެސް ބަޔަކަށް އަނިޔާއެއް ނުލިބޭ ސަރުކާރެއް ދުނިޔޭގައި ނުވާނެ ކަމަށާއި، ހުރިހާކަމެއް ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތަށް ނުވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކަށާއި، ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢުދު ވިދާޅުވީ މިހާރު ގޮވަމުންދަނީ އަނިޔާގެ ހިތި ބަޔަކު ދެކޭނެ ކަމަށް ކަމަށެވެ. އަދި ބަދަލު ހިފުމުގެ ނާތަހުޒީބު ރޫޙު ދޫކޮށްލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ސަރުކާރަކާމެދުވެސް ހިތްހަމަ ނުޖެހޭ ބަޔަކު ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންއިރަކުންބާ ބަދަލު ހިފުމުގެ ރޫޙު ނިމުމަކަށް އަންނާނީ. ރައްޔިތުން ގޮވައިގެން އުޅޭ ގާބިލު ވެރިޔަކަށް ފުރުސަތު ދޭނީ ކޮންއިރަކުންބާ؟" ސަޢުދު ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތުގެ ނަމުގައި މިހާރު ދަނީ މާލޭގެ އެކި ސަރަޙައްދުތަކަށް އެއްވަމުންނެވެ. މީގެ އިތުރުން ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.

Mihaaru govamun dhanee aniyaage hithi bayaku dhekeyne vaahaka. Konmeves bayakah aniyaa eh nuvaa sarukaareh duniyeyga vaanebaa.
— Ahmed Saud (@ammadaysaud) January 27, 2021
Kon irakunbaa badhalu hifumuge naathahuzeebu roohu nimumakah annanee. Rai’yyithun govaigen ulhey gaabilu veriyakan furushathu dheynee kon irakunbaa!!!
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތުގެ ނަމުގައި މިހާރު ދަނީ މާލޭގެ އެކި ސަރަޙައްދުތަކަށް އެއްވަމުންނެވެ. މީގެ އިތުރުން ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު