ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
އިދިކޮޅު ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފައިވަނީ، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިއަދު މެންދުރު ހެލްތު މިނިސްޓްރީ ދޮށުގައި ކުރި މުޒާހަރާގެ ތެރެއިން ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް އާއި، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއުވެސް ވަނީ ހައްޔަރު ކޮށްފައެވެ. ޝިޔާމާއި އަދުރޭ މިހާރު ވަނީ ދޫނިދޫ އަށް ގެންގޮސްފައެވެ.



މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަގުމަތީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވާ ނިންމުމާ ގުޅިގެން އެ ކޯލިޝަނުން ދަނީ މާލޭގެ މަގުތަކުގައި އެއްވުންތައް ބާއްވަމުންނެވެ. ނަމަވެސް މި އެއްވުންތަކަށް ލިބިފައިވަނީ ނިސްބަތުން ފިނި ތަރުޙީބެކެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން ދޫކޮށްލާފައިވަނީ އެރޭގެ ވަގުތެއްގައެވެ. މިސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން