ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން
ރައީސް ޔާމީންގެ ވެރިކަމުގައި ބޭއިންސާފާއި ދެކޮޅަށް އިސްނަގައި، އިސްލާޙަށް މަސައްކަތް ކުރުމުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ފާރިސް މައުމޫނަށް ނުޙައްޤުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ ކަމަށް ދައިތާފުޅު، ތާރީޚާއި ތަރިކައާއި ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ 5 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެއްބަފާ ބޭބޭފުޅު ރައީސް މައުމޫންގެ ދަރިކަލުން، އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަަށް ހައިކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ބާތިލު ކަމަށް ހައިކޯޓުން މިއަދު ނިންމުމާ ގުޅިގެން ޔުމްނާ ވިދާޅުވީ، ބޭއިންސާފާއި ދެކޮޅަށް އިސްނަގައި އިސްލާޙަށް މަސައްކަތް ކުރުމުން ނުޙައްޤުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ ކަމަށެވެ. އަދި 18 ޖުލައި 2017 ގައި ޝަރީޢަތް ނިމެންދެން ފާރިސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަމަށް ހައިކޯޓުން މިއަދު ނިންމާފައިވާކަމަށް ޔުމްނާ ވިދާޅުވިއެވެ.



ފާރިސް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ހައިކޯޓަށް ހުށައެޅީ އޭނާގެ ފަރާތުންނެވެ. ފާރިސް ވަނީ އިސްތިއުނާފުގައި 11 ނުކުތާއެއް ފާހަގަކޮށްފައެވެ. މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގެ އަމުރު ބާތިލް ކަމަށެވެ. ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ބެއްލެވި މި މައްސަލާގައި ދަށު ކޯޓްގެ އަމުރު ބާތިލު ކަމަަށް ނިންމުމުގައި ވަރަށް ގިނަ ސަބަބުތައް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އެ އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފާރިސްގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކޯޓް އަމުރުގައި ފާހަގަކޮށްފައިވަނީ، ފުލުހުންގެ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި، ސިއްރު ހެއްކެއްގެ ހެކި ބަހާއި، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލްގެ އިތުރުން މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ވީޑިއޯއެއްގައި ހިމެނޭ އޯޑިއޯގެ ސްކްރިޕްޓެވެ.

ފާރިސް ބަންދުން ދޫކޮށްލާފައިވަނީ ސެޕްޓެމްބަރު 30، 2018 ގައި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ރައީސް ޔާމީން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންކަން ޔަގީންވުމުން ކަފާލާތުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޖަލީލް

02-Feb-2021

ފާރިސް އުޅުނީ ބަޣާވާތްކުރަން އޭނާ ޖަލައްލީ ނުހައްގުންކަމަށް ބެލެވޭކަށްނެތް.މަގާމްގެ ދަހިވެތިކަމުގަ ކޮންމެފަދަ ްެއްޗެއްވެސް ބުނެވިދާނެ



ޓްރެންޑިން