ޕްރޮފެސަރ އުގެއިލް
ޕްރޮފެސަރ އުގެއިލް
ސޮފްޓްވެއާ އުފެއްދުމަކީ އަކީ ރާއްޖޭގައި ފުޅާކުރެވިދާނެ މަސައްކަތެއް ކަމަށް ޕްރޮފެސަރ ޙަސަން ޢުގެއިލް ވިދާޅުވެއްޖެއެވެ.

ސޮފްޓްވެއާ އުފައްދާ ދިވެހި ބަޔަކު އުފައްދާފައިވާ ލޮޓީފައިލްސް ޕްލެޓްފޯމްގެ ބޭނުންތެރިކަމާއި މަގްބޫލުކަން ބޮޑުވެ ލޮޓީފައިލްސް ކުންފުނީގައި މައިކްރޮސޮފްޓުން ވަނީ އިންވެސްޓްކޮށްފައެވެ. މިމަހުގެ 27 ވަނަ ދުވަހު ލޮޓީ ފައިލްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މައިކްރޮސޮފްޓްގެ ވެންޗާ ފަންޑު އެމް12 އިން ބޮޑުބައި ލިބިގެން ލޮޓީފައިލްސް އިން ނުވަ މިލިއަން ޑޮލަރުގެ ފަންޑިން ކަށަވަރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާއިން މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ދިވެއްސެއް ކަމަށްވާ ޕްރޮފެސަރ ޙަސަން އުގެއިލް ވަނީ، ލޮޓީފައިލްސްގެ ދިވެހި ޑިވެލޮޕަރުން ދުނިޔޭގެ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކަށް އައްސަރިބަހާއި ސާބަސް ދެއްވާފައެވެ. އަދި ޑިވެލޮޕަރުންގެ މަސައްކަތްތަކަކީ ދުރުވިސްނުމެއްގެ ތެރެއިން ހިކުމަތްތެރިކަމާއެކު ދިވެހި ފަސްގަނޑުގައި އިތުރަށް ފުޅާކުރެވިދާނެ މަސައްކަތެއް ކަމަށް ޕްރޮފެސަރ އުގެއިލް ވިދާޅުވިއެވެ.

ދިވެހި ޑިވެލޮޕަރުންގެ މޭސްތިރިކަމުގައި 2017 ވަނަ އަހަރު ލޯންޗް ކޮށްފައިވާ ލޮޓީފައިލްސް ޕްލެޓްފޯމް މިހާރު ދުނިޔޭގެ 65,000 އަށް ވުރެ ގިނަ ކުންފުނިން ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ގޫގްލް, ޓިކްޓޮކް, ޑިޒްނީ, އޫބާ, އެމެޒޮން, ބީބީސީ އަދި ނެޓްފްލިކްސް ހިމެނެ އެވެ. އެ ކުންފުނިތަކުގައި ލޮޓީފައިލްސް ޕްލެޓްފޯމް ބޭނުންކުރާ މީހުން މިލިއަނަކަށް ވުރެ ގިނަ އެވެ.

ދިވެހި ޑިވެލޮޕަރުންމި ޕްލެޓްފޯމް އުފަންކުރީ ލޮޓީ ފޯމެޓް ބޭނުންކޮށްގެން ތައްޔާރުކުރާ އެނިމޭޝަންތައް ޓެސްޓުކޮށް، ފުރިހަމަކޮށްލަން ބޭނުންކުރެވޭނެ މުޅިން އާ ހިދުމަތެއްގެ ގޮތުގަ އެވެ. މެލޭޝިއާ އާއި ރާއްޖޭގައި ތިބެގެން ލޮޓީފައިލްސް ކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން